ދިވެހިރާއްޖެ
ނަންބަރ: (IUL)241-B/409/2020/12
އިއުލާން
ގއ. ދެއްވަދޫ ގައި ގާއިމްކުރާ އިންޑޯ ޖިމަށް ބޭނުންވާ ތަކެތި ހޯދުން
ގއ. ދެއްވަދޫ ކައުންސިލާއި މިއިދާރާ ގުޅިގެން ގއ. ދެއްވަދޫގައި ގާއިމްކުރަން ހަމަޖެހިފައިވާ އިންޑޯ ޖިމަށް ބޭނުންވާ ތަކެތި ގަންނަން ބޭނުންވެގެން ކުރެވުނު މިއިދާރާގެ ނަންބަރ: (IUL)241-B/241/2020/10 އިއުލާނާއި ގުޅިގެން އެކަށީގެންވާ އަދަދަށް ބިޑް ހުށަހަޅާފައިނުވާތީ އަލުން މިމަސައްކަތަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ވީމާ މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ބީލަންފޮތް ގަތުމަށްފަހު ތިރީގައިވާ ގަޑިއަށް ބިޑް ހުށަހެޅުއްވުން އެދެމެވެ. ބީލަން ފޮތެއްގެ އަގަކީ 100.00 ( އެއް ސަތޭކަ ) ރުފިޔާއެވެ. ބީލަން ފޮތް ގަންނަން ލިބޭނީ 27 ފެބްރުއަރީ 2020 ވަނަ ދުވަހުން ފެށިން 02 މާރޗް 2020 އާއި ހަމަޔަށް ގއ. އަތޮޅު ކައުންސިލް އިދާރާއިންނާއި ، ގއ. ދެއްވަދޫ ކައުންސިލްގެ އިދާރާއިންނެވެ.
ތަފްޞީލް |
ތަން |
ތާރީޚް |
ދުވަސް |
ވަގުތު |
ޕްރީބިޑް މީޓިންގ |
ގއ.އަތޮޅުކައުންސިލްގެ އިދާރާ ގއ.ދެއްވަދޫ ކައުންސިލްގެ އިދާރާ |
03 މާރޗް 2020 |
އަންގާރަ |
13.00 |
ބިޑް ހުށަހެޅުން |
ގއ.އަތޮޅުކައުންސިލްގެ އިދާރާ ގއ. ދެއްވަދޫ ކައުންސިލްގެ އިދާރާ |
08 މާރޗް 2020 |
އާދީއްތަ |
13.00 |
މައުލޫމާތު ދިނުމުގެ ސެޝަނަށާއި ( ޕްރީބިޑް މީޓިންގ ) ، ބިޑް ހުށަހެޅުއްވުމަށް ގަޑިޖެހިގެން ވަޑައިގަންނަވާ ފަރާތްތަކަށް އެބައްދަލުވުންތަކުގައި ބައިވެރިވުމުގެ ފުރުޞަތު ނުދެވޭނެއެވެ.
މިހެންވެ މިކަން އާންމުކޮށް އަންގާ އިއުލާންކުރީމެވެ.
02 ރަޖަބް 1441ހ.
26 ފެބްރުއަރީ 2020މ.