ދިވެހިރާއްޖެ
Thai International Postgraduate Program 2020 |
|||
ތައިލެންޑް |
ޤައުމު: |
މާސްޓަރސް ޑިގްރީ |
ކޯހުގެ ފެންވަރު: |
ކޮންމެ ކޯހަކުން 5 ފުރުޞަތު |
ކޯހުގެ ޢަދަދު |
||
މާސްޓަރ އޮފް ސައިންސް ޕްރޮގްރާމް އިން ބަޔޮސައިންސް ފޮރ ސަސްޓެއިނަބަލް އެގްރިކަލްޗަރ (2އަހަރު) މާސްޓަރ އޮފް ރޫރަލް ޑިވެލޮޕްމަންޓް މެނޭޖްމަންޓް (15 މަސް) މާސްޓަރ އޮފް ސައިންސް ޕްރޮގްރާމް އިން އެންވަޔަރމަންޓަލް ސައިންސް (2 އަހަރު) މާސްޓަރ އޮފް ސައިންސް/ މާސްޓަރ އޮފް އިންޖިނިއަރިންގ އިން އެނަރޖީ ޓެކްނޮލޮޖީ އެންޑް މެނޭޖްމަންޓް (2 އަހަރު) މާސްޓަރ އޮފް ސައިންސް އިން ޖިއޮގްރަފިކް އިންފޮމޭޝަން ސައިންސް (2 އަހަރު) މާސްޓަރ އޮފް ސައިންސް ޕްރޮގްރާމް އިން އަރތް ސިސްޓަމް ސައިންސް (2 އަހަރު) މާސްޓަރ އޮފް ސައިންސް އިން ފުޑް ސައިންސް އެންޑް ޓެކްނޮލޮޖީ (2 އަހަރު) މާސްޓަރ އޮފް ސައިންސް އިން އެގްރިކަލްޗަރ ބަޔޮޓެކްނޮލޮޖީ (2 އަހަރު) މާސްޓަރ އޮފް ސައިންސް ޕްރޮގްރާމް އިން ޕޯސްޓްހާވެސްޓް ޓެކްނޮލޮޖީ އެންޑް އިނޮވޭޝަން (2 އަހަރު) މާސްޓަރ އޮފް ސައިންސް ޕްރޮގްރާމް އިން ވެޓެނަރީ ޕަބްލިކް ހެލްތް (2 އަހަރު) މާސްޓަރ އޮފް ޕަބްލިކް ހެލްތް (2 އަހަރު) މާސްޓަރ އޮފް ޕަބްލިކް ހެލްތް (2 އަހަރު) މާސްޓަރ އޮފް ނާރސިންގ ސައިންސް (2 އަހަރު) މާސްޓާރ އޮފް ސައިންސް ޕްރޮގްރާމް އިން އޮކިޔުޕޭޝަނަލް މެޑިސިން އެންޑް އޮކިޔުޕޭޝަނަލް ހެލްތް (2 އަހަރު) މާސްޓަރ އޮފް ސައިންސް ޕްރޮގްރާމް އިން ފައިޓޯފާމަސޫޓިކަލް ސައިންސް (2 އަހަރު) މާސްޓަރ އޮފް ސައިންސް އިން ފާމަކޮލޮޖީ އެންޑް ބަޔޮމޮލެކިޔުލަރ ސައިންސް (2 އަހަރު) މާސްޓަރ އޮފް ސައިންސް ޕްރޮގްރާމް އިން އެންވަޔަރމަންޓަލް، ސޭފްޓީ ޓެކްނޮލޮޖީ އެންޑް ހެލްތް (2 އަހަރު) މާސްޓަރ އޮފް ސައިންސް ޕްރޮގްރާމް އިން އިންޖިނިއަރިންގ އެންޑް ޓެކްނޮލޮޖީ (2 އަހަރު) މާސްޓަރ އޮފް ސައިންސް ޕްރޮގްރާމް އިން ބަޔޮފާމަސޫޓިކަލް ސައިންސަސް (2 އަހަރު) މާސްޓަރ އޮފް އާރޓްސް ޕްރޮގްރާމް އިން އޭޝިޔާ ޕެސިފިކް ސްޓަޑީޒް (18 މަސްދުވަސް) މާސްޓަރ އޮފް އާރޓްސް ޕްރޮގްރާމް އިން ޑިޕްލޮމަސީ އެންޑް އިންޓަރނޭޝަނަލް ސްޓަޑީޒް (2 އަހަރު) މާސްޓަރ އޮފޮ އާރޓްސް ޕްރޮގްރާމް އިން ސޯޝަލް ޑިވެލޮޕްމަންޓް (2 އަހަރު) މާސްޓަރ އޮފް އާރޓްސް އިން ޕަބްލިކް ޕޮލިސީ (1 އަހަރު) |
ކޯހުގެ ދާއިރާ އަދި މުއްދަތު |
||
1. ކޯހާއި ގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީ ހާސިލްކޮށްފައިވުން. 2. 31 މާރޗް 2020 އަށް އުމުރުން 50 އަހަރު ފުރިފައި ނުވުން. 3. TOEFL އިން 570 އިން މަތި ލިބިފައިވުން ނުވަތަ IELTS އިން އޯވަރއޯލް ސްކޯ މަދުވެގެން 6.0 ލިބިފައިވުން.
އެދިވަޑައިގަންނަވާ ކޯހަކާގުޅޭ ޝަރުތުތަކުގެ އިތުރުން ފުރިހަމަވާންޖެހޭ ޝަރުތުތައް: 1. ތަޢުލީމު ހާސިލުކުރެއްވުމަށް ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން އެހީ ލިބިވަޑައިގެންފައިވާނަމަ އެންމެ ފަހުގެ އެހީއަށްފަހު، މި އިޢުލާނުގެ ސުންގަޑިއަށް، ތިރީގައިވާ މުއްދަތަށް ދިވެހިރާއްޖެއަށް ޚިދުމަތްކުރައްވާފައިވުން. ހ. ފުލް ސްކޮލަރޝިޕެއްނަމަ މަދުވެގެން 2 އަހަރު ށ. ޕާޝަލް ސްކޮލަރޝިޕެއްނަމަ މަދުވެގެން 1.5 އަހަރު ނ. ލޯނު އެހީއެއްނަމަ މަދުވެގެން 1 އަހަރު 2. މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން ނުވަތަ މި މިނިސްޓްރީ މެދުވެރިވެގެން ކިޔެވުމަށް ލޯނެއް ނަންގަވާފައިވާނަމަ އެ ލޯނެއް އަނބުރާ ދައްކަވައި ޚަލާސްކުރައްވާފައިވުން. 3. އެދިވަޑައިގަންނަވާ ކޯހަކީ މިހާރު ފުރިހަމަކުރައްވާފައިވާ ކޯހަކަށްވުރެ މަތީ ފެންވަރުގެ ކޯހަކަށްވުން. އަދި އެދިވަޑައިގަންނަވާ ކޯހާއި އެއް ފެންވަރެއްގެ ކޯހެއް ދައުލަތުގެ ޚަރަދުގައި މިހާރު ފުރިހަމަ ކުރައްވަމުންދާ ދަރިވަރެއް ކަމުގައިވެސް ނުވުން. |
ކޯހުގެ ޝަރުތު: |
||
ފުރިހަމަކުރައްވާފައިވާ އެޕްލިކޭޝަން ފޯމާއެކު ހުށަހަޅުއްވަން ޖެހޭތަކެތި. 1. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ. 2. ފުލް ޓްރާންސްކްރިޕްޓްގެ ކޮޕީ (ގްރޭޑިންގ ކްރައިޓީރިއާ އެނގޭގޮތަށް) 3. މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ 4. މުއްދަތު ހަމަނުވާ ޕާސްޕޯޓް ޑޭޓާ ޕޭޖްގެ ކޮޕީ 5. 3 ރިކޮމެންޑޭޝަން ލެޓަރ. (އެކަޑެމިކް އަދި ޕްރޮފެޝަނަލް އެކްސްޕީރިއަންސްގެ) 6. ތަޢުލީމް ހާސިލުކުރައްވަން ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން އެހީ ލިބިވަޑައިގަތްނަމަ، އެންމެފަހުގެ އެހީއަށްފަހު، އެއެހީއަކާ ގުޅޭގޮތުން ޚިދުމަތް ކުރެއްވުމަށް މި އިޢުލާންގައި ބަޔާންކޮށްފައިވާ މުއްދަތަށް ޚިދުމަތް ކުރައްވާފައިވާކަން އަންގައިދޭ ރަސްމީ ލިޔުން. 7. މިހާރު ހާސިލް ކުރައްވާފައިވާ އެންމެ މަތީ ސެޓްފިކެޓް ހާސިލް ކުރެއްވިފަހުން ދިވެހިރާއްޖެއަށް ޚިދުމަތް ކޮށްފައިވާ މުއްދަތު އެނގޭނެ ރަސްމީ ލިޔުމެއް. 8. ޚިދުމަތްކުރުމަށް ބޮންޑެއް އޮތްނަމަ، ބޮންޑުކުރި ތަނަކުން އެބޭފުޅަކު މި ކޯހަށް ދޫކުރާނެކަމުގެ ލިޔުން. |
ހުށަހަޅަންޖެހޭ ތަކެތި: |
||
* މިކޯސްތަކާއިބެހޭ ގައިޑްލައިނާއި ކޯސް ހިންގާ ޔުނިވަރސިޓީތައް ހިމެނޭ މަޢުލޫމާތު ޝީޓް މި އިޢުލާނާއެކު މި މިނިސްޓްރީގެ ވެބްސައިޓަށް އަޕްލޯޑު ކުރެވިފައި ވާނެއެވެ. އަދި ޓައިކާގެ ވެބްސައިޓް http://www.tica.thaigov.net/main/en/home އިން ލިބިވަޑައިގަންނަވާނެއެވެ. * މިމިނިސްޓްރީ ކޮންމެ ކޯހަކަށް ނޮމިނޭޓް ކުރުމަށް ހަމަޖެހިފައިވަނީ 5 ކެންޑިޑޭޓުންނެވެ. ނަމަވެސް މިސްކޮލަރޝިޕްގެ ފައިނަލް ސިލެކްޝަން ހެދުމަށް ހަމަޖެހިފައިވަނީ ތައިލޭންޑް އިންޓަރނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޓައިކާ) އިންނެވެ. އަދި މިސްކޮލަރޝިޕަށް ހޮވުނުކަން ނުވަތަ ނޫންކަން އެނގޭނީ 2020 ވަނަ އަހަރުގެ މެއި މަހުގައެވެ. * މިސްކޮލަރޝިޕްގެ ހުރިހާ ޚަރަދެއް (ދެކޮޅު ޓިކެޓް، އެކޮމޮޑޭޝަން އެލަވަންސް، ލިވިންގ އެލަވަންސް، ބުކް އެލަވަންސް، ތީސިސް އެލަވަންސް، ސެޓެލްމަންޓް އެލަވަންސް އަދި އިންޝުއަރެންސް) މި ކޯސް އިންތިޒާމް ކުރައްވާ ފަރާތުން ހަމަޖައްސައިދޭނެއެވެ. * މިމިނިސްޓްރީއަށް އެޕްލިކޭޝަން ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން މިސްކޮލަރޝިޕަށް ނޮމިނޭޓް ކުރެވޭ ކެންޑިޑޭޓުން މިމިނިސްޓްރީން އެންގުމުން، ޓައިކާގެ އެޕްލިކޭޝަން ފުރަން ޖެހިވަޑައިގަންނަވާނެއެވެ. ޓައިކާގެ އެޕްލިކޭޝަންއާއިއެކު ހުށަހަޅުއްވަން ޖެހިވަޑައިގަންނަވާނެ ލިޔުންތަކުގެ ތަފްސީލް މިއިޢުލާނާއިއެކު އަޕްލޯޑު ކުރެވިފައިވާ ގައިޑްލައިން ގައި ބަޔާން ކުރެވިފައިވާނެއެވެ. އެހެންކަމުން، އެޕްލިކޭޝަނާއި އެހެނިހެން ލިޔުންތަކުގެ އެޓެސްޓަޑް އަސްލު މިމިނިސްޓްރީއަށް ފޮނުއްވެވޭ ގޮތަށް ތައްޔާރުކޮށްފައި ބެހެއްޓުން އެދެމެވެ. * މި އިޢުލާނާއި ގުޅިގެން ކޯހަށް އެދިވަޑައިގަންނަވާ ކޮންމެ ކެންޑިޑޭޓަކުވެސް ހުށަހަޅުއްވަންވާނީ އެންމެ ކޯހަކަށެވެ. * ކޯހަށް އެދި ހުށަހަޅާ ދަރިވަރަކީ، އިޢުލާން ކުރެވިފައިވާ ކޯހާއި އެއްފެންވަރެއްގެ ނުވަތަ އެއަށްވުރެ މަތީ ފެންވަރެއްގެ ކޯހެއް މީގެކުރިން ފުރިހަމަކޮށްފައިވާ ދަރިވަރެއްކަމުގައި ވެގެން ނުވާނެއެވެ. އަދި އެއާއި އެއްފެންވަރެއްގެ ކޯހެއް މިހާރު ފުރިހަމަ ކުރަމުންދާ ދަރިވަރެއް ކަމުގައިވެސް ވެގެން ނުވާނެއެވެ. * މިމިނިސްޓްރީން ކެންޑިޑޭޓުން ނޮމިނޭޓް ކުރާނީ އެކަޑަމިކް މެރިޓަށް ޕޮއިންޓްދީގެން އެންމެމަތިން ޕޮއިންޓް ލިބޭ ތަރުތީބުންނެވެ. މިގޮތަށް ޕޮއިންޓްދޭގޮތުގެ ތަފްޞީލު މި މިނިސްޓްރީގެ ވެބްސައިޓްގައި ހުންނާނެއެވެ. * ޕޯސްޓްގްރެޖުއޭޓް ފެންވަރުގެ ކޯހަކަށް އެދިވަޑައިގަންނަވާ އެއް ބޭފުޅަކަށްވުރެ ގިނަ ބޭފުޅުން ޕޮއިންޓްގެ ގޮތުން އެއްވަރުވާނަމަ، އެޕްލިކޭޝަންތަކުގެ ނަތީޖާ ލިސްޓް ތަރުތީބުކުރުމަށް ދެން ބަލާނީ އެބޭފުޅުން އެންމެފަހުން ހާސިލުކުރެއްވި ޑިގްރީއަށްފަހު، ދިވެހިރާއްޖެއަށް ޚިދުމަތް ކުރައްވާފައިވާ މުއްދަތަށެވެ. * ހުށަހަޅުއްވާ ޓްރާންސްކްރިޕްޓްގެ ގްރޭޑިންގ ކުރައިޓީރިއާ މިމިނިސްޓްރީން ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ އުސޫލާ ތަފާތުނަމަ، އެތަނެއްގެ ގްރޭޑިންގ ކްރައިޓީރިއާ ހުށަހަޅުއްވަންވާނެއެވެ. ނޫންނަމަ، ޕޮއިންޓް ދޭނީ މި މިނިސްޓްރީން ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ އާންމު އުސޫލުންނެވެ. * އެދިވަޑައިގަންނަވާ ކޯހުގެ ޝަރުތު ފުރިހަމަވުމަށް ބޭނުންވަނީ އެހެން ކޯހަކުން ކުރެޑިޓް ލިބިގެން ހޯއްދަވާފައިވާ ސަނަދެއްނަމަ، އެ ހުރިހާ ކޯހެއްގެ ޓްރާންސްކްރިޕްޓް ހުށަހަޅުއްވަންވާނެއެވެ. * ހުށަހަޅުއްވާ މަތީ ތަޢުލީމުގެ އެއްވެސް ސެޓުފިކެޓަކީ ރާއްޖޭން ބޭރުގެ ސެޓްފިކެޓެއް ނަމަ، އޮންނަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ވެލިޑޭޓް ކުރައްވާފައެވެ. އަދި ކިޔެވި ޔުނިވަރސިޓީން ސެޓްފިކެޓް ދޭ ދުވަސް ޖެހުމުގެ ކުރިން ބޭނުން ކުރެއްވުމަށް ދޫކޮށްފައިވާ ޕްރޮވިޝަނަލް ސެޓްފިކެޓެއް/ ލިޔުމެއް ނަމަ، އެއާއެކު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ އެސެސްމަންޓް ރިޕޯޓެއް ހުށަހަޅުއްވަންވާނެއެވެ. * އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ އެއްވެސް ލިޔުމެއްގެ އަސްލުގައި ދެފުށް ޗާޕްކޮށްފައިވާނަމަ، އަސްލާއެއްގޮތަށް ދެފުށުގެ ކޮޕީވެސް ހުށަހަޅުއްވަންވާނެއެވެ. * މި މިނިސްޓްރީން ކެންޑިޑޭޓުން ނޮމިނޭޓް ކުރި ނަމަވެސް ސްކޮލަރޝިޕް ދެއްވާ ފަރާތުން ސްކޮލަރޝިޕް ކެންސަލްކޮށްފިނަމަ އޭގެ ބަދަލުގައި އެހެން ފުރުޞަތެއް އެ ދަރިވަރަކަށް ހޯދައެއް ނުދެވޭނެއެވެ. * ކޯހަށް ހޮވޭ ފަރާތްތަކާއި މި މިނިސްޓްރީއާއިމެދު ވެވޭ އިގުރާރާއި އެއްގޮތަށް ދިވެހިރާއްޖެއަށް ޚިދުމަތްކުރަންވާނެއެވެ. * ކޯހަކަށް އެދިހުށަހެޅުއްވުމަށްފަހު، މަދުވެގެން 6 މަސްދުވަސް ވަންދެން މި މިނިސްޓްރީން ގުޅަން ބޭނުންވެއްޖެ ހިނދެއްގައި ގުޅޭނެގޮތް ހަމަޖައްސަވާފައި އޮންނަންވާނެއެވެ. * ކޯހަށް ނޮމިނޭޓްވެއްޖެކަން މި މިނިސްޓްރީން އަންގާފަހުން ކޯސް ދޫކޮށްލައިފިނަމަ، "މަތީ ތަޢުލީމާއި ތަމްރީނު ހާސިލުކުރުމަށް ލިބޭ ފުރުޞަތުގެ ބޭނުން ނުހިފައި ދޫކޮށްލާ ފަރާތްތަކާ މެދުގައްޔާއި ޚިދުމަތް ނުކުރާ ފަރާތްތަކާމެދު ޢަމަލުކުރާނެ ގޮތުގެ އުސޫލު" ގައިވާ ގޮތުގެ މަތިން ފިޔަވަޅު އެޅޭނެއެވެ. * "މައިއެޑިޔު" ޕޯޓަލް މެދުވެރިކޮށް އޮންލައިން އެޕްލިކޭޝަން ހުށަހަޅުއްވާ ކެންޑިޑޭޓުންގެ ތެރެއިން ނޮމިނޭޓްވާ ކެންޑިޑޭޓުން އޮންލައިން އެޕްލިކޭޝަންއާއިއެކު ހުށަހެޅުއްވި ލިޔުންތަކުގެ އަސްލު ނުވަތަ އެޓެސްޓެޑް އަސްލު ހުށަހަޅުއްވަން މި މިނިސްޓްރީން ފަހުން ދެންނެވުމުން އަވަހަށް ފޮނުއްވެވޭގޮތަށް ތައްޔާރު ކުރައްވާފައި ބެހެއްޓެވުން އެދެމެވެ. * އެޕްލިކޭޝަންތަކުގެ ނަތީޖާ ލިސްޓު، މި މިނިސްޓްރީގެ ވެބްސައިޓަށް އަޕްލޯޑް ކުރެވޭނެއެވެ. * ސްކޮލަރޝިޕްތަކަށް އެދިވަޑައިގަންނަވާ ކެންޑިޑޭޓުންނަށް މުހިއްމު މަޢުލޫމާތު ކަމުގައިވާ ކޯސްތަކަށް ކެންޑިޑޭޓުން ހޮވުމަށް ޕޮއިންޓްދޭ ގްރޭޑިން ކްރައިޓީރިއާއި، ސްކިލްޝޯޓޭޖް ލިސްޓާއި، ސްޓައިޕެންޑް ޝީޓާއި، އަދިވެސް އެފަދަ ލިޔުންތައް މި މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. |
އިތުރު މަޢުލޫމާތު |
||
2020 މާރިޗު 08 ވާ އާދިއްތަ ދުވަހުގެ 13.30 ގެ ކުރިން |
ސުންގަޑި: |
||
އެޕްލިކޭޝަން ހުށަހަޅުއްވާނީ: https://myedu.egov.mv ޕޯޓަލް މެދުވެރިކޮށެވެ. |
|||
އިތުރު މަޢުލޫމާތު މި މިނިސްޓްރީގެ ވެބްސައިޓުން http://www.mohe.gov.mvއަދި 3026966 / 3026941 ނަންބަރު ފޯނުން ލިބިވަޑައިގަންނަވާނެއެވެ. |