ދިވެހިރާއްޖެ
އިޢުލާން
މި ކުންފުނީގެ މި ދަންނަވާ ތަކެތި ސިޓީލާ ނީލަމުގައި ވިއްކާލަން ބޭނުންވެއެވެ.
- ވޭން (1)
މި ވޭންގެ ނީލަން ފެށޭ އަގަކީ 40,000.00ރ (ސާޅީސް ހާސް) ރުފިޔާ އެވެ. މި ވޭންގެ ނީލަމަށް އިތުރު ކުރެވޭނީ މަދުވެގެން 1,000.00ރ (އެއްހާސް) ރުފިޔާ އެވެ.
ވީމާ، މި ނީލަމުގައި ބައިވެރިވެވަޑައިގަތުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 02 މާރިޗު 2020 ވާ ހޯމަ ދުވަހުގެ 10:00 ށް މި ކުންފުންޏަށް ވަޑައިގެން މި ތަކެތި ބައްލަވާ، މައުލޫމާތު ސާފު ކުރެއްވުމަށްފަހު ނީލަން ފެށޭ އަގުގެ %25 އަށް ވާ 10,000.00ރ (ދިހަ ހާސް) ރުފިޔާ، ޑިޕޮޒިޓު ދެއްކެވުން އެދެމެވެ. އަދި ފައިސާ ދެއްކެވި ރަސީދުގެ ކޮޕީއާއެކު ހުށަހަޅުއްވާ އެންމެ މަތީ އަގު (އައި.ޑީ ކާޑުގެ ކޮޕީއާއެކު) ސިޓީ އުރައެއްގައި ބަންދުކޮށް 03 މާރިޗު 2020 ވާ އަންގާރަ ދުވަހުގެ 10:30 އަށް މިކުންފުންޏަށް ވަޑައިގެން ހުށަހެޅުއްވުން އެދެމެވެ.
މި ނީލަމުގައި ބައިވެރިވެވަޑައިގަތުމަށް ވަޑައިގަންނަވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިއުންތައް ފުރިހަމަ ނުވާނަމަ ނީލަމުގައި ބައިވެރިއެއް ނުވެ ވޭނެއެވެ. އަދި މި ތަކެތީގެ ނީލަން ނިމޭތާ 2 ދުވަސް ތެރޭގައި ނީލަން ކާމިޔާބު ކުރެއްވި ފަރާތުން، ފައިސާ ދެއްކެވުމަށް ފަހު ތަކެތި ގެންދަވަން ވާނެއެވެ. މި މުއްދަތުގައި ތަކެތި ނުގެންދަވައިފިނަމަ ނީލަން ބާތިލްކޮށް އެ ތަކެތި އަލުން ނީލަމަށް ލެވޭނެ ކަމަށާއި، ދެވަނަ ފަހަރަށް ކިޔާ ނީލަމުގައި، ކުރިންކީ ނީލަން ކާމިޔާބު ކުރި ފަރާތަށް ބައިވެރި ނުވެވޭނެ ކަމުގައި ދެންނެވީމެވެ.
މި ތަކެތި ބައްލަވައިލައްވަން ބޭނުންފުޅުވެވަޑައިގަންނަވާ ފަރާތްތަކުން ނަންބަރު: 7772572 ފޯނާ ގުޅުވުން އެދެމެވެ.
02 ރަޖަބު 1441
26 ފެބުރުވަރީ 2020