އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު - ލޭބަރަރ، ޖެނެރަލް ވޯކްސް

ނަންބަރު: AIA-HR/ADM/IL/2020/0009

(AIA-HR/ADM/IL/2020/0008 ނަންބަރ އިއުލާން އަށް އެކަށީގެންވާ ތަރުހީބު ނުލިބުމުގެ ސަބަބުން، ކުރިން ކުރެވިފައިވާ ޢިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ. އަދި ކުރިން މިގާމަށް ކުރިމަތި ލައްވާފައިވާ ފަރާތްތަކުން އަލުން ފޯމް ހުށަހަޅަން ނުޖެހޭނެ ވާހަކަ ދަންނަވަމެވެ.)

ވަޒީފާގެ ފުރުސަތު - ލޭބަރަރ، ޖެނެރަލް ވޯކްސް

ބޭނުންވާ އަދަދު:  05          

  •   މުސާރަ: މުސާރައާއި އިނާޔަތްތައް ކޮމްޕެނީ ޕޮލިސީގެ ދަށުން ދެވޭނެއެވެ.

މަޤާމުގެ ޝަރުޠު:

  • ލިޔަން ކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރާއި ޤާބިލުކަން ސާބިތުކޮށް ދިނުމާއެކު، އުމުރުން 65 އަހަރުން މަތީގެ މީހަކު ކަމުގައި ނުވުން.

މަގާމަށް މީހުން ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް:

  • މީހުންނާ މުއާމަލާތް ކުރުމުގެ ހުނަރާއި ތަޖުރިބާ ލިބިފައިވުން.
  • މުވައްޒަފުންނާއި ގުޅިގެން މަސައްކަތް ކުރުމުގެ ހުނަރު ލިބިފައިވުން.
  • ބުރަ މަސައްކަތް ކުރެވޭނެ ފަދަ ސިއްހަތެއް ހުރުމާއެކު ގިނަ ގަޑިތަކުގައި އަވީގަޔާއި ފިނީގައި މަސައްކަތް ކުރެވޭ ފަދަ މީހަކަށްވުން.
  • އެކަނި މަސައްކަތް ކުރެވޭ ފަދަ މީހަކަށްވުން.

އާއްމުކޮށް ކުރަންޖެހޭ މަސައްކަތް:

  • އެއަރޕޯޓް އިމާރާތްތަކާއި ވަޒީލަތްތައް ދަމަހަށްޓާ މަރާމަތުކުރުން.
  • ވިނަކޮށައި، ކުނިކަހައި ފަތް ނަގައި  ގަމުގެ އެކި ސަރަހަށްދުތައް ސާފުތާހިރުކޮށް ބެހެއްޓުމަށް ކުރަންޖެހޭ އިތުރު މަސައްކަތްތައް ކުރުން.
  • ސުޕަވައިޒަރގެ އިރުޝާދާ އެއްގޮތްވާ ގޮތުގެ މަތީން ގަމުގެ އިމާތާރްތަކާއި ވަސީލަތްތައް ދަމަހައްޓައި ސާފުކުރުން.

މަޤާމަށް ކުރިމަތިލައްވަން ބޭނުންފުޅުވާ ފަރާތްތަކުން 10 މާރޗް 2020 ވާ އަންގާރަ ދުވަހުގެ 15:00 ގެ ކުރިން އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓުގެ އެޑްމިން އޮފީހަށް ފުރިހަމަ ކުރެވިފައިވާ ވަޒީފާއަށް އެދޭ ފޯމް، ސީވީ އަދި އެހެނިހެން ލިޔުންތަކުގެ ކޮޕީ ހުށަހެޅުއްވުމަށް ދަންނަވަމެވެ. ވަޒީފާއަށް އެދޭ ފޯމް www.ganairport.com އިން ޑައުންލޯޑް ކުރެވޭނެއެވެ.

ނޯޓް: އިންޓަރވިއުއަށް ކިޔާނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

03 މާރިޗު 2020
ހޯދާ