ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު
މިކޯޕަރޭޝަންގެ ނަންބަރު (IUL)RDC-HRM/RDC/2020/2 އިޢުލާންގައިވާ ޢަދަދަށް މީހުން ކުރިމަތިލާފައިނުވާތީ، އެމަޤާމްތަކަށް ބޭނުންވާ އިތުރު މުވައްޒަފުން ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.
މަޤާމް: |
ސަޕޯރޓް ސްޓާފް |
ބޭނުންވާ އަދަދު: |
11 (އެގާރަ) |
މަޤާމުގެ ގިންތި: |
ކޮންޓްރެކްޓް |
ކްލެސިފިކޭޝަން / ރޭންކް: |
ސަޕޯރޓް ސާވިސް - ގްރޭޑް 4 |
މުސާރަ: |
މަހަކު 5000ރ-7000ރ އާއި ދެމެދު |
އެހެނިހެން ޢިނާޔަތްތައް: |
އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. |
ވަޒީފާ އަދާކުރަންޖެހޭ ތަން: |
މާލެ ޕްރޮޑަކްޝަން ފެސިލިޓީ ނުވަތަ އާރުޑީސީގެ ޕްރޮޖެކްޓް އޮފީސްތައް. |
ފެންވަރު ނުވަތަ ޝަރުތު: |
- ޞިއްޙަތު ރަނގަޅު ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ އަސާސީ ތަޢުލީމް ފެންވަރުހުރި މީހަކު ކަމުގައިވުން. |
ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: |
- ޕްރޮޑަކްޝަން ފެސިލިޓީގެ އެންމެހާ ލޭބަރ މަސައްކަތްތައް ސުޕަވައިޒަރުގެ އިރުޝާދާއެކު ކުރުން. |
ސުންގަޑި: |
މިވަޒީފާއަށް އެދޭ ފަރާތްތަކުން، އެޕްލިކޭޝަން ފޯމް ފުރިހަމަކުރުމަށްފަހު، 22 މާރޗް 2020 ވާ އާދީއްތަ ދުވަހުގެ 12:00 ގެކުރިން، މި ކޯޕަރޭޝަންގެ ހެޑް އޮފީހަށް ނުވަތަ މެއިލް (info@rdc.com.mv) އަށް ފޮނުވަންވާނެއެވެ. އިޢުލާނުގެ ސުންގަޑިހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމައެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. |
ހުށަހަޅަންޖެހޭ ލިޔުންތައް: |
|
އިންޓަވިއު: |
- އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ. - މި މަޤާމަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމުތައް ބާޠިލްކުރެވޭނެއެވެ. - މި މަޤާމަށް މީހަކު ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ ފެބްރުއަރީ ނުވަތަ މަހުގެ ތާރީޚެއްގައިއެވެ. |
އިތުރު މަޢުލޫމާތު: |
އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ މިކޯޕަރޭޝަންގެ 3339060 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. |
09 ރަޖަބު 1441
04 މާރޗް 2020