ވިލުފުށީ ސްކޫލް
ދިވެހިރާއްޖެ
މަރާމާތު މަސައްކަތް

ސީލިންގ މަރާމާތު ކުރުން

ދެ އިމާރާތް ގުޅުވާފައިވާ ދިމާލުން ވާރޭވެހޭ ބައިގައި ފުރާޅެއް ހެދުން

1 ސްކޫލް އިމާރާތުގެ ބައެއް ސީލިންގ  މަރާމާތު ކުރުމާއި ސްކޫލްގެ މައި އިމާރާތް ގުޅުވާފައިވާ ދިމާލުން ގްރައުންްޑް ފްލޯއަށް ވާރޭ ވެހޭބައިގައި ފުރާޅެއް ހެދުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް

ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލެވޭނީ  ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި،

އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

2 މިޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2020 މާރިޗު 08 ން 2020 މާރިޗު 15 ށް ބަންދުނޫން ދުވަސްތަކުގެ 8:00 އިން 14:00 އަށް މިސްކޫލަށް ވަޑައިގެން ނަންނޯޓް ކުރެއްވުމަށް ދެންނެވީމެވެ.

ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.

3 މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2020 މާރިޗު 16 ވަނަ ދުވަހުގެ 9:30 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

4 މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2020 މާރިޗު 16 ވަނަ ދުވަހުގެ 9:30 ގައި  މިސްކޫލްގެ މީޓިންގރޫމްގައެވެ.

5 ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2020 މާރިޗު 23 ވަނަ ދުވަހުގެ 9:30 ގައި ވިލުފުށީ ސްކޫލްގެ މިޓީންގ ރޫމްގައެވެ

6 ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ވިލުފުށީ ސްކޫލް

ތ.ވިލުފުށި

ފޯން:  7940633, 7970633

އީ-މެއިލް: admin@vilufusheeschool.edu.mv

 

10 ރަޖަބު  1441

05 މާރިޗު 2020

05 މާރިޗު 2020
ހޯދާ