ދިވެހިރާއްޖެ
އިޢުލާން ނަންބަރު:FNK-I/IUL/2020/051
އިޢުލާން
ދ.މާއެނބޫދޫ ބްރާންޗުގެ އިދާރީ މަސައްކަތް ކުރުމަށްޓަކައި ޢިމާރާތެއް ކުއްޔަށް ހިފުމާއިގުޅޭ:
މިކުންފުނީގެ ދ.މާއެނބޫދޫ ބްރާންޗުގެ އިދާރީ މަސައްކަތް ކުރުމަށްޓަކައި ޢިމާރާތެއް ކުއްޔަށް ހިފުމަށް ބޭނުންވެއެވެ. މި އިޢުލާންއާއި ގުޅޭ މަޢުލޫމާތު ކަރުދާސް ދ.މާއެނބޫދޫ ބްރާންޗުން ލިބިވަޑައިގަންނަވާނެއެވެ. އަދި މަޢުލޫމާތު ކަރުދާސް މި ޢިޢުލާނާއި އެކު އެޓޭޗް ކުރެވިފައިވާނެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 16 މާރިޗް 2020 ވާ ހޯމަ ދުވަހުގެ 11:00 އަށް މި ކުންފުނީގެ ދ.މާއެނބޫދޫ ބްރާންޗަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީހިސާބުތަކާއި މި އިޢުލާނާއި ގުޅިގެން ދޫކުރެވޭ މަޢުލޫމާތު ކަރުދާހުގައި ހުށަހެޅުމަށް ބަޔާންކޮށްފައިވާ ލިޔުންތައް ހުށަނާޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި މި ބިޑް ކޮންމެ ވަގުތެއްގައި ބާތިލް ކުރުމުގެ ފުރިހަމަ އިޙްތިޔާރު މި ކުންފުންޏަށް ލިބިގެންވެއެެވެ.
05 މާރިޗް 2020