ނިލަންދެއަތޮޅު އުތުރުބުރީ ބިލެތްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
185 ދަޅުމަސްކޭސް ގެނެސްދޭނޭ ފަރާތެއް ހޯދުމަށް

1441 ވަނައަހަރުގެ ރަމަޟާން މަހުގެ މުނާސަބަތުގައި މިރަށުގައި މީހުންދިރިއުޅޭ ގޭބިސީތަކަށް ބެހުމަށް 185 ކޭސް ފެލިވަރު ދަޅުމަސް ( ޗަންކްސް އޮއިލް ) ގެނެސްދޭނޭ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، އަމިއްލަ ޚަރަދުގައި މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2020 މާރޗް 17  ވާ އަނގާރަ ދުވަހުގެ މެންދުރު 11.00 އަށް އަންދާސީ ހިސާބު ހުށަހެޅުމަށް ވަޑައިގެން ދެއްވުން އެދެމެވެ. އަންދާސީ ހިސާބުހުށަހަޅާ ފޯމް ރަސްމީ ކޮންމެދުވަހެއްގެ ހެނދުނު 08.00 ން 14.00 އާއިދެމެދު މިއިދާރާއިން ލިބިވަޑައިގަންނަވާނެއެވެ.

އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ސިޓީ އުރައެއްގައި ބަންދުކޮށް ސިޓީއުރައިގެ ބޭރުގައި " ބިލެތްދޫ މީހުންދިރިއުޅޭ ގޭބިސީ ތަކަށް ބަހަން 185 ކޭސްދަޅުމަސް ހޯދުމުގެ އަންދާސީ ހިސާބު" މިހެން ލިޔުމަށްފަހުގައެވެ. މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅޭނީ ވިޔަފާރި ރަޖިސްޓަރީކުރެވިފައިވާ ފަރާތްތަކަށެވެ. ބަދަލުގައި މީހަކު ޙާޟިރުވާނަމަ ވެރިފަރާތުގެ ސިޓީއަކާއި، ހުށަހަޅާ ފަރާތުގެ އައިޑީ ކާޑުގެ ކޮޕީއަކާއި، ވިޔަފާރި ރަޖިސްޓަރީގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ.

ތިރީގައިމިވާ ހާލަތްތަކުގައި އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަން:

  - ފެކްސް މެދުވެރިކޮށް ހުށަހަޅާ އަންދާސީ ހިސާބުތައް

   - ގަޑިޖެހުމަށްފަހު ގެންނަ އަންދާސީ ހިސާބުތައް

   - މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް

   - މަޢުލޫމާތު ފުރިހަމަކޮށް ސޮއިކޮށްފައިނުވާ އަންދާސީ ހިސާބުތައް

   - މިއިދާރާއިން އަންދާސީ ހިސާބު ހުށަހެޅުމަށް ދޫކުރާ ފޯމުގައި ނޫންގޮތަކަށް ހުށަހަޅާ އަންދާސީ ހިސާބު

08 މާރިޗު 2020
ހޯދާ