މަޤާމު:
|
ޕްރޮކިއުމެންޓް މެނޭޖަރ
|
މުސާރައާއި އެލަވަންސް:
|
މުސާރަ އަދި އެލަވަންސް: 17,000 ރުފިޔާ
ހިޔުމަން ރިސޯސް ޕޮލިސީއާއި އެއްގޮތަށް އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
|
މަޤާމުގެ މަސްއޫލިއްޔަތުތައް:
|
- ކުންފުންޏަށް ބޭނުންވާ މުދަލާއި ޚިދުމަތްތައް ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުންފުނީގެ ޕްރޮކިއުމަންޓު ޕޮލިސީ އާއި އެއްގޮތަށް ކުރިއަށްގެންދިޔުން
- ކުންފުންޏަށް ހޯދަންޖެހޭ މުދަލާއި ޚިދުމަތްތަކަށް ބިޑްކުރުމާއި، އިވެލުއޭޝަންގެ މަސައްކަތާއި ބިޑް ހަވާލުކުރެވޭ ފަރާތްތަކާއި އެކު ކުރެވޭ އެންމެހާ މަސައްކަތްތަކެއް ރާވާ ހިންގުން
- އިންވެންޓްރީ ބެލެހެއްޓުމާއި އިންވެންޓްރީ ރަޖިސްޓްރީ ބެލެހެއްޓުމުގެ ނިޒާމެއް ގާއިމުކޮށް ތަންފީޒުކުރުން
- ކަނޑައެޅިފައިވާ ވަގުތުތަކަށް ކުންފުނީގެ ޕޭމެންޓްސްތައް އަދާކުރާކަން ކަށަވަރުކުރުން
- ކުންފުނީގެ ޕްރޮކިއުމެންޓް ޕޮލިސީގެ އެންމެހާ ކަމެއް ތަންފީޒުކުރުމުގެ ޒިންމާ އަދާކުރުން
|
މަޤާމުގެ ޝަރުތުތައް:
|
ތަޢުލީމު:
- ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް، ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން އެމް.އެން.ކިޔޫ.އެފް ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުން
- ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާއަކުން އެމް.އެން.ކިޔޫ.އެފް ލެވެލް 7 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން
މަސައްކަތު ތަޖުރިބާ:
- މަސައްކަތުގެ ދާއިރާގައި މެނޭޖިރިއަލް ލެވެލްގައި މަދުވެގެން 3 އަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން
- ދިވެހިރާއްޖޭގެ ވިޔަފާރީގެ ޤާނޫންތަކަށާއި ޤަވާއިދުތަކަށް އަހުލުވެރިވެފައިވުން
- ތެދުވެރިކަމާއި، ފަރުވާތެރިކަމާއެކު ރަނގަޅަށް މަސައްކަތްކުރުމުގެ ސިފައާއި މުޢާމަލާތް ކުރުމުގެ ހުނަރު ލިބިފައިވުން
|
މަޤާމަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
ތަޢުލީމާއި ތަޖުރިބާ
ޕްރެކްޓިކަލް/ޕްރެޒެންޓޭޝަން
އިންޓަރވިއު
|
އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ވަޒީފާއަށް އެދި ކުރިމަތިލާ ފަރާތުގެ ސިޓީ އަދި ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
- ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރެއްވި މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް އެނގޭނެފަދަ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެއޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދާއި، އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
- ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއަކުން ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، އެޕްލިކޭޝަނާއިއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
|
ޝޯޓް ލިސްޓްކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:
|
18 މާރޗު 2020 ވާ ބުދަ ދުވަހުގެ މެންދުރު 15:00 ގެ ކުރިން univiya.holdings@univiya.com.mv އަށް އީމެއިލް ފޮނުވުން
|
ނޯޓު :
- އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް ސިޓީއާއި އެކު ފޮނުވަންޖެހޭނެއެވެ.
- މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް އެންގޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
- އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3013860 ނަމްބަރު ފޯނަށެވެ.
|