ދިވެހިރާއްޖެ
ފ.ނިލަންދޫ ކައުންސިލް އިދާރާއަށް އެކުސްކަވޭޓަރ ( HT100 ) ވިއްކާނޭ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
މިކައުންސިލުން ދޭ މައުލޫމާތާއި އެއްގޮތަށް އެކުސްކަވަރޭޓަރ ގެނެސްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް 2020 މާރިޗް 11 (އެގާރަ) ވަނަ ދުވަހުން ފެށިގެން 2020 މާރިޗް 26 ވަނަ ދުވަހުގެ ނިޔަލަށް، ރަސްމީ ކޮންމެ ދުވަހަކު 9:00 އިން 12:00 އާދެމެދު، މަޢުލޫމާތު ސާފުކޮށްދިނުން އޮންނާނެއެވެ.
ވީމާ، އެކުސްކަވަރޭޓަރ ވިއްކެވުމަށް ބޭނުންފުޅުވާ ބޭފުޅުން، " ކައުންސިލަށް ގަންނަން ބޭނުންވާ އެކުސްކަވޭޓަރ ވިއްކުމަށް އެދި ހުށަހަޅާ ފޯމު" ފުރިހަމަކުރައްވައި 2020 މާރިޗް 29 ވާ އާދީއްތަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ވަޑައިގެން ފޯމް ހުށަހެޅުއްވުން އެދެމެވެ. ގަޑިޖެހުމަށް ފަހު ހުށަހަޅާ ފޯމުތައް ބަލައެއްނުގަނެވޭނެއެވެ.
" ކައުންސިލަށް ގަންނަން ބޭނުންވާ އެކުސްކަވޭޓަރ ވިއްކުމަށް އެދި ހުށަހަޅާ ފޯމު" މިއިދާރާއިން ލިބެން ހުންނާނެއެވެ. އަދި މިއިދާރާގެ ވެބްސައިޓާއި ފޭސްބުކް ޕޭޖުންވެސް އެ ލިއުންތައް ނެގެން ހުންނާނެއެވެ. މިއިދާރާގެ ފޭސްބުކް ޕޭޖުގެ އެޑްރެހަކީ: (fb id: Faafu Nilandhoo Council Idhaaraa) އެވެ. ވެބްސައިޓް އެޑްރެސް މި ކަރުދާހުގެ ތިރީބައިގައި ލިޔެފައިވާނެއެވެ.
15 ރަޖަބު 1441
10 މާރިޗް 2020