ދިވެހިރާއްޖެ
ގދ. މަޑަވެލީ ޖެޓީ ސަރަޙައްދުން "ފިހާރަ ހެދުމަށް / ޢާންމު ވިޔަފާރި ކުރުމަށް" ބިޑް ހުށަހެޅުމަށް ކުރެވުނު މިއިދާރާގެ އިޢުލާންތަކާއި އަދި އެއިޢުލާންތަކާއި ގުޅިގެން މިހާތަނަށް މިއިދާރާއަށް ހުށަހަޅާފައިވާ އެންމެހާ އަންދާސީ ހިސާބުތައް ބާޠިލްކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.
ގދ.މަޑަވެލީ ޖެޓީ ސަރަޙައްދުން "ފިހާރަ ހެދުމަށް / ޢާންމު ވިޔަފާރި ކުރުމަށް" ބިން ކުއްޔަށް ދޫކުރުމަށް ފުރުޞަތު ހުޅުވާލުން
ގދ. މަޑަވެލީ ޖެޓީ ސަރަޙައްދުން، (ނަމިރާ އާއި ވެލިރެސް ގޯތީގެ އިރުމަތިން) "ފިހާރަ ހެދުމަށް / ޢާންމު ވިޔަފާރި ކުރުމަށް" 1000 (އެއްހާސް) އަކަފޫޓްގެ 06 (ހައެއް) ބިން ތިރީގައި ބަޔާންކުރެވިފައިވާ މަޢުލޫމާތާއި އެއްގޮތަށް، ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފީމެވެ.
1. ޢާންމު ވިޔަފާރި / ފިހާރަ ހެދުމަށް ވިޔަފާރި އުޞޫލުން ކުއްޔަށް ދޫކުރެވޭ ބިންތަކާއި ބެހޭ މަޢުލޫމާތު:
- މި އިޢުލާނުގައިވާ ކުރެހުމުގައި ފާހަގަކޮށްފައިވާ ހުސްބިން- 1 ން ހުސްބިން- 6 އަށް ނަމްބަރު ޖަހާފައިވާ، ބިންތަކަކީ ކުއްޔަށް ދޫކުރެވޭ ބިންތަކެވެ.
- ބިންތަކުގެ ބޮޑުމިން: 1000 އަކަފޫޓް
- ބިން ކުއްޔަށް ދޫކުރެވޭ ބޭނުން: ޢާންމު ވިޔަފާރި / ފިހާރަ ހެދުމަށް
- ކުލިފެށޭ އަގު: އަކަފޫޓަކަށް، -/1ރ. (އެއްރުފިޔާ)
- ކުއްޔަށް އަންނަ ބަދަލު: ކޮންމެ 05 (ފަހެއް) އަހަރަކުން ކުލީގެ %25 (ފަންސަވީސް އިންސައްތަ) ބޮޑުވުން
- ކުއްޔަށް ދޫކުރެވޭ މުއްދަތު: 10 (ދިހައެއް) އަހަރު
- ޢާންމު ވިޔަފާރި / ފިހާރަ ހިންގުމަށް ހަދާ ޢިމާރާތްތައް ހަދަން ފެށުމުގެ ކުރިން ކުރެހުން މަޑަވެލި ކައުންސިލްގެ އިދާރާއަށް ހުށަހަޅައި ފާސްކުރަންވާނެއެވެ.
- މި ބިން ކުއްޔަށް ހިފާ ފަރާތުން ބިމުގައި ހަދާ ވަގުތީ/ދާއިމީ ޢިމާރާތްތައް ހެދުމުގެ މަސައްކަތް ކުރަންވާނީ، ކަމާއިބެހޭ ފަރާތްތަކުން ހޯދަންޖެހޭ ހުއްދަތައް ލިބިގެންނެވެ.
- އެގްރިމެންޓުގައި ސޮއިކުރާ ތާރީޚުން ފެށިގެން 08 (އަށެއް) މަސްދުވަހުގެ ތެރޭގައި ޢާންމު ވިޔަފާރި / ފިހާރައިގެ ޚިދުމަތް ދޭން ފަށަންޖެހޭނެއެވެ.
- ބިން ކުއްޔަށް ހިފާފަރާތުން މިބިން ބޭނުންކުރަންވާނީ، ޢާންމު ވިޔަފާރި / ފިހާރައިގެ ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރުމަށެވެ. އަދި މިނޫން އެހެން އެއްވެސް ބޭނުމަކަށް ބިން ބޭނުންކޮށްގެން ނުވާނެއެވެ.
- ބިން ކުއްޔަށް ދޫކުރެވުނު މުއްދަތު ހަމަވަމުގެ ކުރިން ބިން ތައް ކުއްޔަށް ދޫކުރުމަށް އަލުން އިޢްލާން ކުރެވޭނެއެވެ.
- ބިން ކުއްޔަށް ދޫކުރެވޭނީ، ހުށަހެޅޭ ބިޑްތަކުގެ ތެރެއިން މަޑަވެލި ކައުންސިލް އިދާރާގެ ބިޑް އިވެލުއޭޓް ކޮމިޓީއިން އެންމެ ގިނަ ޕޮއިންޓް ލިބިގެން ބިޑް ކާމިޔާބު ކުރެވޭ ފަރާތްތަކަށެވެ.
- މި ބިމުގައި ކުރާ މަސައްކަތުގައި އުފެދޭ ކުނި ރައްކާތެރިގޮތުގައި ނައްތާލަންވާނެއެވެ. އެއްވެސް ޙާލަތެއްގައި ބިމުގައި ވަށައިގެންވާ ހުސް ބިމަށް ކުނިއަޅައިގެން ނުވާނެއެވެ. މީގެ އިތުރުން ޢިމާރާތުގެ މަގުމައްޗަށްވާ ސަރަޙައްދުގެ ކުނިކަހައި ސާފުތާހިރުކުރަންވާނެއެވެ.
- ކުއްޔަށް ދޫކުރެވޭ ބިމުގައި ދިވެހިރާއްޖޭގެ ގާނޫނާއި ގަވާއިދާއި ޚިލާފު އެއްވެސް ކަމެއް ނުވަތަ ޢަމަލެއްވިއަސް ކޮށްގެން ނުވާނެއެވެ.
- މިބިންތަކާއި ބެހޭގޮތުން މަޑަވެލި ކައުންސިލުން ތައްޔާރު ކޮށްފައިވާ ބިޑްހުށަހަޅާ ފޯމު 19 މާރޗް 2020 ވަނަ ދުވަހުން ފެށިގެން 26 މާރޗް 2020 ވަނަ ދުވަހުގެ ނިޔަލަށް ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން ފެށިގެން މެންދުރު 12:00 އަށް މަޑަވެލި ކައުންސިލްގެ އިދާރާގެ ފައިސާ ބަލައިގަންނަ ކައުންޓަރުން ލިބެން ހުންނާނެއެވެ.
-
ބިޑް ފޯމެއްގެ އަގަކީ -/100ރ (އެއްސަތޭކަ ރުފިޔާ) އެވެ.
2. ބިޑް ހުށަހެޅުން:
ތަން |
ވަގުތު |
ދުވަސް |
ތާރީޚް |
|
މަޑަވެލި ކައުންސިލްގެ މީޓިން ރޫމް |
13:00 |
ބުރާސްފަތި |
02 އެޕްރީލް 2020 |
ބިޑް ހުށަހެޅުން |
- އެއް ބިޑް ފޯމަކުން އެއް ބިމަށްވުރެ ގިނަ ބިމަށްވެސް ކުރިމަތިލައި އަގު ހުށަހެޅިދާނެއެވެ.
- ކަނޑައެޅިފައިވާ ތާރީޚާއި ވަގުތުގެ ފަހުން ހުށަހަޅާ އެއްވެސް ބީލަމެއް ބަލައެއް ނުގަނެވޭނެއެވެ. އެހެންކަމުން، ބީލަން ހުށަހަޅުއްވާ ހުރިހާ ފަރާތްތަކުންވެސް ގަޑި ޖެހުމުގެ 05 (ފަހެއް) މިނިޓް ކުރިން ބީލަން ހިފައިގެން ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލި ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމް އަށް ޙާޒިރު ވުމަކީ އެދެވިގެންވާ ކަމެކެވެ.
- ބީލަން ހުޅުވުން އޮންނާނީ، ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލި ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައި ޙާޟިރީންގެ މެދުގައި ބީލަން ހުށަހަޅާ ދުވަހުގެ 12:05 ގައެވެ.
- ބީލަން ހުށަހެޅި ޙާޟިރީންގެ މެދުގައި ބީލަން ހުޅުވުމަށްފަހު، ޕޮއިންޓް ދޭން ހަމަޖެހިފައިވާ އުޞޫލުގައިވާ ބައިތަކަށް ހުށަހަޅާފައިވާ ޑޮކިއުމެންޓުގައި ލިޔެފައިވާ ޞަފުޙާތަކުގެ ޢަދަދާއި، ހުށަހެޅި ކުލި ނޯޓް ކުރެވި، އަދި ޙާޟިރީންގެ ނަމާއި ސޮއި ހިމެނޭ ޝީޓެއް (ބިޑް ބަލައިގަތް ކަމުގެ ލިޔުން) ކޮންމެ ބޭފުޅަކަށްވެސް ދެވޭނެއެވެ.
- ބިޑް ފޯމުގައި، ބިމުގެ އަކަފޫޓެއް ކުއްޔަށް ހިފާނެ، -/1ރ. (އެކެއް ރުފިޔާ) އިން ފެށިގެން މަތީ އަގެއް، މުޠްލަޤުކޮށް ކަނޑައަޅައި ލިޔަންވާނެއެވެ.
- ބީލަން ހުށަހަޅާ ފޯމުގެ ހުރިހާ ބައެއް ފުރިހަމަ ކުރަންވާނެއެވެ.
- ބީލަމުގައި ކޮންމެ ކަމެއްވެސް ވަކިވަކިން ސާފުކޮށް އެނގޭނެހެން ބަޔާންކުރަންވާނެއެވެ.
- ބީލަން ހުށަހަޅުއްވާއިރު ޕްރޮޖެކްޓުގެ ކޮންސެޕްޓާއި ޑިޒައިނިންގ އަދި އެގްރިމެންޓުގައި ސޮއިކުރާ ތާރީޚުން ފެށިގެން ޚިދުމަތް ފޯރުކޮށްދިނުމާއި ހަމައަށް މަސައްކަތް ކުރިއަށް ގެންދާނެ ގޮތުގެ (މަސައްކަތް ކުރާނެ ގޮތުގެ ވޯރކް ޕްލޭން/ޝެޑިއުލް) ޓައިމްލައިންއެއް ހުށަހަޅަންޖެހޭނެއެވެ.
- ބިޑް ކާމިޔާބު ކުރި ފަރާތެއް ކަނޑައަޅާނީ، ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލި ކައުންސިލްގެ އިދާރާގެ ބިޑްތައް އިވެލުއޭޓް ކުރާ ކޮމިޓީ އިންނެވެ.
- ކުއްޔަށް ހިފުމަށް ހުށަހަޅަނީ ކުންފުންޏަކުންނަމަ އެކުންފުނީގެ ރަޖިސްޓްރީގެ ކޮޕީ އަދި އަހަރީ ފީ ދެއްކި ރަސީދުގެ ކޮޕީ ހުށަހަޅުއްވަންވާނެއެވެ. ލޯކަލް އިންވެސްޓްމެންޓަކުން ނަމަ ލޯކަލް އިންވެސްޓްމެންޓް ރެޖިސްޓްރީގެ ކޮޕީ ހުށަހަޅަން ވާނެއެވެ. ކޯޕަރޭޓިވް އަކުން ހުށަހަޅާނަމަވެސް އެކޯޕަރޭޓިވްގެ ރެޖިސްޓްރީގެ ކޮޕީ ހުށަހަޅަންވާނެއެވެ. އުވާލެވިފައިވާ ކުންފުންޏެއްގެ ނަމުގައި ހުށަހަޅައިފިކަން އެގިއްޖެނަމަ، އެ ހުށަހެޅުމެއް ބާތިލްކުރެވޭނެއެވެ.
- ކުއްޔަށް ހިފުމަށް ހުށަހަޅަނީ އަމިއްލަ ފަރުދަކު ނަމަ އެފަރުދެއްގެ އައިޑީކާޑުގެ ކޮޕީ އާއި އަސްލު ހުށަހަޅުއްވަންވާނެއެވެ. އަދި އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކޮށްފައި ނުވާނަމަ އެފަރާތަކަށް ބިން ލިބުނުކަން އަންގާ ދުވަހުން ފެށިގެން 30 ދުވަހުގެ މުއްދަތުގެ ތެރޭ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކޮށް ރަޖިސްޓްރީގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. (ހުށަހަޅާ ލިޔުންތަކުގެ އަޞްލު ބަލައިގަތުމަށްފަހު އަނބުރާ ރައްދުކުރެވޭނެއެވެ.)
- ބީލަން ހުށަހަޅަން ޖެހޭނީ މަޑަވެލި ކައުންސިލްގެ އިދާރާއިން ދޫކުރާ "ބިޑް ހުށަހަޅާ ފޯމު" ފުރައި، މާލީ ޤާބިލް ކަމާއި، ތަޖްރިބާ އާއިބެހޭ ރިލަވެންޓް ޑޮކިޔުމެންޓްސް އަދި ޕްރޮޖެކްޓުގެ ކޮންސެޕްޓާއި ޑިޒައިނިންގ (އެގްރިމެންޓުގައި ސޮއިކުރާ ތާރީޚުން ފެށިގެން ޚިދުމަތް ފޯރުކޮށްދިނުމާއި ހަމައަށް) މަސައްކަތް ކުރިއަށް ގެންދާނެ ގޮތުގެ (މަސައްކަތް ކުރާނެ ގޮތުގެ ވޯރކްޕްލޭން / ޝެޑިއުލް) ޓައިމްލައިންއެއް ހިމަނައި، ވަކިވަކިން ހީރަސް ކޮށް ޞަފުޙާ ނަމްބަރު ޖެހުމަށްފަހު، A4 ސައިޒުގެ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ.
- ސިޓީއުރައިގެ ބޭރުގައި "ފިހާރަ ހެދުމަށް / ޢާންމު ވިޔަފާރި ކުރުމަށް ބިން ކުއްޔަށް ދޫކުރާ ބިމާއިބެހޭ" ލިޔެ، އިޢުލާން ނަމްބަރާއި ހުށަހަޅާ ފަރާތުގެ (ޝަޚްސް) ނަން ހިމެނިފައި އޮންނަންވާނެއެވެ.
3. ޢާންމު ވިޔަފާރި / ފިހާރަ ހެދުމަށް ވިޔަފާރި އުޞޫލުން ކުއްޔަށް ދޫކުރެވޭ ބިންތައް:
4. ހުށަހަޅާ ބިޑްތަކަށް ޕޮއިންޓް ދިނުމުގައި ޢަމަލުކުރާނެގޮތް:
- ހުށަހަޅުއްވާ ބިޑްތަކަށް ޕޮއިންޓް ދިނުމުގައި ޢަމަލުކުރާނީ ތިރީގައިވާ ގޮތަށެވެ.
- އެއް ބިމަކަށް އެއްފަރާތަކަށްވުރެ ގިނަ ފަރާތްތަކުން އަގު ހުށަހަޅާފައިވާނަމަ، އިސްކަން ދެވޭނީ ހުށަހަޅާފައިވާ ބޮޑު އަގަށެވެ.
# |
ޕޮއިންޓް ދެވޭ ބައިތައް |
ތަފްޞީލް |
ދެވޭ މާކްސް |
ފޯމިއުލާ |
01) |
ކުލި |
ހުށަހަޅާ ބިމުކުލި (ބޮޑު ބިމު ކުއްޔަށް ގިނަ މާކްސް ލިބޭ އުޞޫލުން) |
%95 |
Submitted Rent / Benchmark Rent x Allocated Percentage |
02) |
މާލީ ޤާބިލްކަން |
އިޢުލާންކުރި ތާރީޚާއި ހަމައަށް ފާއިތުވެދިޔަ 03 (ތިނެއް) މަސްދުވަހުގެ ބެންކް ސްޓޭޓްމަންޓް (އިޢުލާންކުރި ތާރީޚް ގައި ބެންކް ބެލެންސްގައިހުރި ޢަދަދު) ބެންކް ބެލެންސް ގިނަނަމަ ގިނަ މާރކްސް ލިބޭ އުޞޫލުން) |
%05 |
Submitted Financial Capability / Benchmark Financial Capability x Allocated Percentage |
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މަތީގައި ބަޔާންކޮށްފައިވާ މަޢުލޫމާތާއި އެއްގޮތަށް ބިޑް ފޯމު ބައްލަވައިގަތުމަށްފަހު، ބިޑް ހުށަހެޅުއްވުން އެދެމެވެ. ބިޑް ހުށަހަޅަންޖެހޭ ވަގުތަށް ވަޑައިނުގެންނެވޭ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުޞަތެއް ނޯންނާނެއެވެ. ބިޑް ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެނގޭނެ ލިޔުމެއް ހުށަހަޅަންވާނެއެވެ.
ޢާންމު ވިޔަފާރި / ފިހާރައިގެ ޚިދުމަތް ދިނުމަށް ދޫކުރާ ބިމާއި ބެހޭ ގޮތުން އިތުރަށް ސާފުކުރަން ބޭނުންފުޅުވާ މަޢުލޫމާތެއްވާނަމަ، މަޑަވެލި ކައުންސިލްގެ އިދާރާއަށް ނުވަތަ މަޑަވެލި ކައުންސިލް އިދާރާގެ އީމެއިލް: madavelicouncil@ganmail.com އަށް 19 މާރޗް 2020 ވަނަ ދުވަހުން ފެށިގެން 26 މާރޗް 2020 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ލިޔުމުން ހުށަހެޅުމުން އެފަރާތަކަށް ޖަވާބު އެރުވޭނެ ވާހަކަ ދެންނެވީމެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.