ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން
މާލެ، ދިވެހިރާއްޖެ
އިއުލާން ނަމްބަރު: IUL)475/475/2020/74)
އެކްސްޕުރެޝަން އޮފް އިންޓްރަސް ހުށަހެޅުމުގެ ދައުވަތު
"މޯލްޑިވްސް ޕޮލިޓެކްނިކަށް ޓްރެވަލް އެންޑް ޓުއަރިޒަމް ކޯސްތައް ހަދައިދޭނޭ ކޮންސަލްޓަންސީ ފާރމެއް ބޭނުންވެއްޖެ"
ދިވެހި ސަރުކާރުން ވަރލްޑްބޭންކުގެ އެހީއާއެކު ތަންފީޒުކުރަން ހަމަޖެހިފައިވާ 'މޯލްޑިވްސް: އެންހޭންސިންގ އެމްޕްލޯއިބިލިޓީ އެންޑް ރެޒިލިއަންސް އޮފް ޔޫތް' ޕްރޮޖެކްޓުގެ ފަރާތުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "ކޮންސަލްޓެންސީ ފޮރ ޑިވަލޮޕްމަންޓް އޮފް ކޯސަސް އޮން ޓްރެވަލް އެންޑް ޓުއަރިޒަމް އެޑިޔުކޭޝަން ފޮރ މޯލްޑިވްސް ޕޮލިޓެކްނިކް" ގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ކޮންސަލްޓެންސީ ފާރމެއް ހޯދުމަށް ކުރެވުނު (IUL)475/475/2020/34 ނަންބަރު އިއުލާނަށް ކުރިމަތިލައިފައިވާ ފަރާތުގެ ލިޔެކިޔުން ހަމަނުވާތީ އެއިއުލާން ބާތިލުކޮށް އަލުން އިއުލާނުކުރަމެވެ.
"ކޮންސަލްޓެންސީ ފޮރ ޑިވަލޮޕްމަންޓް އޮފް ކޯސަސް އޮން ޓްރެވަލް އެންޑް ޓުއަރިޒަމް އެޑިޔުކޭޝަން ފޮރ މޯލްޑިވްސް ޕޮލިޓެކްނިކް" ގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ކޮންސަލްޓެންސީ ފާރމެއްބޭނުންވެއްޖެއެވެ.
މައުލޫމާތު ސާފުކުރުން:
މި ކޮންސަލްޓެންސީއާއި ގުޅޭ މައުލޫމާތު ސާފުކުރުމަށް 26 މާރޗް 2020 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:00ގެ ކުރިން މި ސެކްޝަނަށް އީމެއިލް ކުރެއްވުން ނުވަތަ 3026975 އަށް ގުޅުއްވުން އެދެމެވެ.
ޓަރމްސް އޮފް ރެފަރަންސް:
މި ކޮންސަލްޓެންސީ ހިދުމަތް ދިނުމަށް ޝަޢުޤުވެރިވެލައްވާ ކުންފުނިތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަށް، މި މަސައްކަތަށް ހޮވޭ ފަރާތެއްގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް އަދި މަސައްކަތުގެ މުއްދަތު މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާ ޓަރމްސް އޮފް ރެފަރަންސްގައި ބަޔާން ކުރެވިފައިވާނެއެވެ. ޓަރމްސް އޮފް ރެފަރަންސްmohamed.manaan@mohe.gov.mv އަށް އީމެއިލް ކުރެއްވުމުންވެސް ލިބިވަޑައިގަންނަވާނެއެވެ.
އެޕްލިކޭޝަން ހުށައެޅުން:
ޝައުޤުވެރިވެލައްވާ ފަރާތްތަކުން 29 މާރޗް 2020 ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ފެން ބިލްޑިން، ދެވަނަ ފްލޯރގައި ހުންނަ ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓަ ޓަރމްސް އޮފް ރިފަރެންސްގައި ބަޔާން ކުރެވިފައިވާ ލިޔެކިޔުންތައް ހިމެނޭގޮތަށް އެކްސްޕްރެޝަން އޮފް އިންޓްރަސްޓް އީމެއިލްކުރެއްވުން އެދެމެވެ. ސުންގަޑީގެ ފަހުން ހުށަހެޅޭ އެޕްލިކޭޝަންތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
ހުށަހަޅުއްވާ އެޕްލިކޭޝަން އެޑްރެސް ކުރައްވާނީ ތިރީގައިވާ ފަރާތަށެވެ:
ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް (ޕީ.އެމް.ޔޫ)،
ފެން ބިލްޑިންގް، 2 ވަނަ ފަންގިފިލާ
އީމެއިލް : mohamed.manaan@mohe.gov.mv ފޯން: 3026975
ނޯޓް:މި ކޮންސަލްޓަންސީ އަށް ކުންފުންޏެއް ހޮވުމުގައި އަމަލުކުރެވޭނީ ވަރލްޑް ބޭންކުގެ އުސޫލް "ވޯލްޑް ބޭންކު ޕްރޮކިއަރމަންޓް ރެގިއުލޭޝަންސް ފޯރ އައި.ޕީ.އެފް ބޮރޯވާރސް ޕްރޮކިއުމަންޓް އިން އިންވެސްޓްމަންޓް ޕްރޮޖެކްޓް ފައިނޭންސިންގ: ގުޑްސް، ވޯކްސް، ނަން-ކޮންސަލްޓިންގ އެންޑް ކޮންސަލްޓިންގ ސާރވިސަސް، ޖުލައި 2016 " ގައި ވާ ގޮތުގެ މަތިންނެވެ.
16 މާރޗް 2020