ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ސިއްތިފަންނު ކުނިކަހައި ސާފުކުރުން
ނިލަންދޫ ސިއްތިފަންނު ކުނިކަހައި ސާފުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ކުނިކަހައި ސާފުކުރާ ފަރާތަކަށް އެތަނުގައި ހުރި ރުއްތަކުގެ ތަކެތި ބޭނުންކުރެވޭނެއެވެ.
ވީމާ، ނިލަންދޫ ސިއްތި ފަންނު 2020 ވަނަ އަހަރުގެ ނިޔަލަށް، ހަފުތާއަކު 2 ދުވަހު ކުނިކަހައި ސާފުކޮށްދޭން ބޭނުންފުޅުވާ ފަރާތްތަކުން މިއިދާރާއިން ދޫކުރާ "އަގު ހުށަހަޅާ ފޯމު" ފުރިހަމަކުރައްވައި 2020 އެޕްރީލް 07 ވަނަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ފޯމް ހުށަހެޅުއްވުން އެދެމެވެ. ގަޑިޖެހުމަށް ފަހު ހުށަހަޅާ ލިއުންތައް ބަލައެއްނުގަނެވޭނެއެވެ.
"އަގު ހުށަހަޅާ ފޯމު، މިއިދާރާއިން ލިބެން ހުންނާނެއެވެ. އަދި މިއިދާރާގެ ވެބްސައިޓާއި ފޭސްބުކް ޕޭޖުންވެސް އެ ލިއުންތައް ނެގެން ހުންނާނެއެވެ.
04 ޝަޢުބާން 1441
28 މާރިޗް 2020
28 މާރިޗު 2020
ހޯދާ