ދިވެހިރާއްޖެ
`
މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
އުނގޫފާރު، ދިވެހިރާއްޖެ ނަންބަރު: IUL/303-AS/2020/23
އިޢުލާން
މިކައުންސިލްގެ ނަމްބަރ IUL/303-AS/2020/18 އިޢުލާނާއި ގުޅިގެން 10 އަހަރު ދުވަހުގެ މުއްދަތަށް 19 ބިން ބިޑްއުޞޫލުން ބިޑަށް ހުޅުވާލައި ބިޑް ވިއްކުމަށް ދެވުނު މުއްދަތު ހަމަވުމުގެ ކުރިން ކޮވިޑް 19 އާއި ގުޅިގެން ސަރުކާރުގެ ހުރިހާ އޮފީސްތައް ދެހަފްތާއަށް ބަންދުކުރުމަށް ނިންމުމާއި ގުޅޭ
މިކައުންސިލްގެ ނަމްބަރ IUL/303-AS/2020/18 އިޢުލާނާއި ގުޅިގެން ބިޑް ވިއްކުމަށް ދެވުނު މުއްދަތު ހަމަވުމުގެ ކުރިން ކޮވިޑް 19 އާއި ގުޅިގެން ސަރުކާރުގެ ހުރިހާ އޮފީސްތައް ދެހަފްތާއަށް ބަންދުކުރުމަށް ސަރުކާރުން ނިންމުމާއި ގުޅިގެން ބިޑު ގަންނަށް ބޭނުންވާ ފަރާތްތަކަށް ބިޑު ގަތުމުގެ އެންމެ ފަހު ތާރީޚަކީ 05 އޭޕްރީލް 2020 ކަމުގައި ކައުންސިލުންވަނީ ނިންމާފައެވެ. ވީމާ ބިޑް ގަންނަށް ބޭނުންވާ ފަރާތްތަކަށް ބިޑު ގަތުމުގެ ފުރުޞަތު 05 އޭޕްރީލް 2020، އާދިއްތަ ދުވަހުގެ ހެނދުނު 9:00 އިން 12:00 އަށް އުނގޫފާރު ކައުންސިލް އިދާރާގައި އޮންނާނެ ވާހަކަ ދަންނަވަމެވެ. އަދި ކޮވިޑް 19 އާއި ގުޅިގެން އެއްވެއުޅުމަކީ ރައްކާތެރިކަމެއްކަމުގައި ނުވާތީ ބިޑް ހުށަހެޅުމާއި ބިޑް ކެނޑުން 16 އޭޕްރީލް 2020، ބުރާސްފަތި ދުވަހުގެ 13:00 އަށް ލަސްކުރެވިފައިވާކަން މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
އިތުރު މަޢުލޫމާތު ސާފްކުރެއްވުމަށް ކައުންސިލްގެ ރައީސް އަބްދުއްނާޞިރު ޢަލީ 9755327 ނަންބަރ ފޯނާއި ގުޅުއްވުން އެދެމެވެ.
07 ޝަޢުބާން 1441
31 މާރިޗް 2020