ދިވެހިރާއްޖެ
އުޅަނދުގެ ތަފްޞީލް:
ބާވަތް: |
ބޯޓު |
ނަން: |
އުފުލި 3 |
ރަޖިސްޓްރީ ނަންބަރު: |
G4107A-03 10-T |
މުދަލުގެ ތަފްޞީލް: |
ދިގުމިން: 26.000 މީޓަރު، ފުޅާމިން: 8.000 މީޓަރު، ފުންމިން: 2.010 މީޓަރު، ގްރޮސްޓަނޭޖް: 200,000 .މި ބޯޓަކީ ސްޓީލް (ދަނގަޑު) އިން ބަނދެފައި އޮތް ބޯޓެކެވެ. މި ބޯޓު ރަޖިސްޓްރީ ކޮށްފައިވަނީ 08 ފެބުރުވަރީ 1996 ގައެވެ. |
ނީލަމުގެ ތަފުޞީލު:
ނީލަން ފެށޭ އަގަކީ 30,000/- (ތިރީސް ހާސް ދިވެހި ރުފިޔާ)
ނީލަމަށް އިތުރުކުރެވޭނީ މަދުވެގެން 5,000/- (ފަސް ހާސް ދިވެހި ރުފިޔާ)
ސިޓީން އަގުހުށަހާޅާ ފޯމް ހުށަހަޅަންޖެހޭ ތާޜީޚް:17 މެއި 2020 ގެ 11:00 އަށް
ސިޓީން އަގުހުށައަޅާ ފޯމް ހުށަހަޅުއްވާ ފަރާތްތަކުން ހުށަހަޅާ އަގު ތަކުގެ ތެރެއިން އެންމެ މަތީ އަގު މި މިނިސްޓްރީގެ ވެބްސައިޓުގައި 17 މެއި ގެ މެންދުރު 02:00 ގެ ކުރިން ޝާއިރުކުރެވޭނެއެވެ.
ސިޓީން އަގު ހުށަހަޅާ ނީލަމެއްގައި ޖެހިޖެހިގެން 48 (ސާޅިސް އަށެއް) ގަޑިއިރު ވަންދެން އެއް އަގެއް އޮވެއްޖެނަމަ، އެ އަގު ހުށަހެޅި ފަރާތައް ނީލަން ކާމިޔާބުވީކަމަށް ނިންމޭނެއެވެ
އަގު ހުށަހެޅުން:
އަގު ހުށަހެޅުމަށްޓަކައި ތިރީގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް procurement@environment.gov.mv އަށް މެއިލްކުރެއްވުން އެދެމެވެ. މެއިލްކުރައްވާއިރު ސަބްޖެކްޓް ގައި "Auction of Ufuli-3" ލިޔެފައި އޮންނަން ވާނެއެވެ.
ހުށައަޅަންޖެހޭ ލިޔުންތައް:
އަމިއްލަ ފަރުދެއްނަމަ
- ސިޓީން އަގުހުށައަޅާ ފޯމް ( އިއުލާއެކު އެޓޭޗްކުރެވިފައި އަދި މިނިސްޓްރީގެ ވެބް ސައިޓް އިން ލިބިވަޑައިގަންނަވާނެ)
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (ބިދޭސީއެއްނަމަ ޕާސްޕޯރޓް ގެ ކޮޕީ) / ގުޅޭނެ ފޯނު ނަންބަރާއެކު ސާފުކޮށް
ކުންފުންޏަކުންނަމަ
- ސިޓީން އަގުހުށައަޅާ ފޯމް ( އިއުލާއެކު އެޓޭޗްކުރެވިފައި އަދި މިނިސްޓްރީގެ ވެބް ސައިޓް އިން ލިބިވަޑައިގަންނަވާނެ)
- ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީ
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް: procurement@environment.gov.mv އީމެއިލް ކުރެއްވުން އެދެމެވެ.
ނޯޓް: ބޯޓު "އުފުލި -3" އޮތީ ކ. ތިލަފުށީގެ ކުނިގޮޑު ސަރަހައްދުގައެވެ. މި ބޯޓު ބަލަން ބޭނުންވެއްޖަނަމަ، ކަމާބެހޭ ފަރާތްތަކުން ނަގަންޖެހޭ ހުއްދަތައް ނެގުމަށްފަހު އަމިއްލަ ޚަރަދުގައި ތިލަފުށްޓަށް ވަޑައިގެން ބޯޓު ބެލުމުގެ ފުރުސަތު އޮންނާނެއެވެ.