މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މާލޭ ވިޔަފާރި ބަނދަރުގައި ނުގެންގޮސް ގިނަދުވަހު ބެހެއްޓިފައިވާ މުދާތައް ނީލަމުގައި ވިއްކާލުމާއި ގުޅޭ
ރާއްޖެއަށް މުދާ އެތެރެކޮށް މާލޭ ވިޔަފާރި ބަނދަރުގައި ނުގެންގޮސް ގިނަދުވަހު ބެހެއްޓިފައިވާ، ތިރީގައި ދެންނެވުނު މުދާތައް ނީލަމުގައި ވިއްކާލަން ވަނީ ހަމަޖެހިފައެވެ.
- މުދަލުގެ އަދަދާއި ބާވަތް: ( ތަފްޞީލް އެޓޭޗް ލިސްޓްގައި )
- ނީލަން ކިޔާ މުދާ ބެލުމާއި ނަން ނޯޓް ކުރުން:
- މުދާ ބެލުން : 10 ޖޫން 2020 ވާ ބުދަ ދުވަހުގެ 12:00 ގައި
- މުދާ ބެލުމަށް ނަން ނޯޓް ކުރުން: މުދާ ބެއްލެވުމަށް ވަޑައިގަތުމުގެ 02 ގަޑިއިރު (10:00) ކުރިން 3039303 ނަންބަރު ފޯނަށް ގުޅުއްވައި ނުވަތަ cargoclaims@port.mv އަށް އައިޑީ ކާޑު ގެ ކޮޕީ އާއި ގުޅޭނެ ނަންބަރ ފޮނުއްވައި ނަން ނޯޓްކުރައްްވަން ވާނެއެވެ.
3.ނީލަމުގައި ބައިވެރިވުން: މި ނީލަމުގައި ބައިވެރިވެވޭނީ 10 ޖޫން 2020 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން، ނީލަމުގައި ބައިވެރިވުމަށް އެދި ނީލަމުގައި ރަޖިސްޓްރީ ކުރާ ފޯމު ފުރިހަމަކޮށް ހުށަހަޅާ ފަރާތްތަކަށެވެ.
4.ނީލަން ކިޔުން: 11 ޖޫން 2020 ވާ ބުރާސްފަތި ދުވަހު 14:00 ން ފެށިގެން.
5.ނީލަން ކިއުން އޮންނަ ތަން: ސަރވިސް ބިލްޑިންގ ގެ މީޓިންގ ރޫމް-2 ގައި.
ސަމާލުކަމަށްޓަކައި :
- މުދާ ނީލަންކިޔުން ކުރިއަށް ގެންދެވޭނީ މިކުންފުނީގައި މުދާ ނީލަންކިޔުމަށް ހެދިފައިވާ ގަވާއިދު ( 27 ޖޫން 2018 ގައި ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިއު ކުރެވިފައި ) ގެ ދަށުންނެވެ. މިކުންފުނީގެ ވެބްސައިޓް (www.port.mv) ގެ ޑައުންލޯޑްސް ސެކްޝަން އިން ވެސް ދެންނެވުނު ގަވާއިދު ފެނިލައްވާނެއެވެ.
- ސެކިއުރިޓީ ޑިޕޮސިޓް ފައިސާ ދެއްކެވުމަށް ޗެކް ބޭނުންކުރެވޭނީ ބޭންކް ގެރެންޓީ ދެވިފައިވާ ޗެކެވެ.
- ނީލަމާއިބެހޭ އިތުރު މަޢުލޫމާތު މިކުންފުނީގެ ކާގޯ ކްލިއަރެންސް ޑިޕާރޓްމެންޓް އަދި ވެބްސައިޓް(www.port.mv) އިން ލިބިވަޑައިގަންނަވާނެއެވެ.
02 ޖޫން 2020
ހޯދާ