ދިވެހިރާއްޖެ
ފުވައްމުލަކު ފުނާޑު ކަނބުރާ މިސްކިތާއި އިންވެގެން ހުޅަނގު ފަރާތުގައިވާ ހުސްބިމުގައި 01 އިން ފެށިގެން 23 އާއި ހަމަޔަށް ނަންބަރު ޖަހާފައިވާ ރުއްތަކާއި ނަންބަރު 24 އަދި 25 ޖަހާފައިވާ ބަބުކެޔޮ ގަހުގެ ނީލަންކިޔުން 01 ޖުލައި 2020 (ބުދަ) ދުވަހު 10:00 ގައި އެބިމުގައި އޮންނާނެއެވެ.
ވީމާ މިނީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން 01 ޖުލައި 2020 ވަނަ ދުވަހު 10:00 އަށް އެބިމަށް ވަޑައިގެން ނީލަމުގައި ބައިވެރިވުމަށް ދައުވަތު އަރުވަމެވެ. ނީލަންނަންގަވާ ފަރާތްތަކުން 02 ޖުލައި 2020 ދުވަހު 12:00 ގެކުރިން ލޭންޑް އެންޑް އިންފްރާސްޓްރަކްޗަރ ޑިވަލޮޕްމަންޓް ސެކްޝަން )ކުރީގެ ފުވައްމުލަކު އޮފީސް)ގެ އިދާރާއަށް ފައިސާ ދައްކަވައި 03 ޖުލައި 2020 ވަނަ ދުވަހުގެ އިރުއޮއްސުމުގެ ކުރިން ރުއްތަކާއި ފުނަގަސްތަށް ކަނޑައި އެގަސްތަކުގެ ހުރިހާ ބައިތަކެއް އެތަނުން ނަންގަވަން ވާނެއެވެ. މުއްދަތު ހަމަވާއިރު ނުނަންގަވާ ހުންނަ ތަކެތި އެއީ ބޭނުންނެއްތަކެތި ކަމުގައި ބަލާ އުކާލެވޭނެއެވެ.
މިހެންވެމިކަން އަންގައި އިޢުލާން ކުރަމެވެ.