ދިވެހިރާއްޖެ
އެމްޓީސީސީގެ އާންމު ފެރީ ނިޒާމްގައި ށ. އަތޮޅުގައި ބޭނުންކުރުމަށް ފެރީއުޅަނދު ކުއްޔަށްހިފުމަށް ކުރެވުނު ނަންބަރު MTCC-PD/IU/2020/0025 ( 05 ފެބްރުއަރީ 2020 ) އިޢުލާން ބާޠިލްކޮށް މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހަޅާލުމުގެ ފުރުސަތު އަލުން ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 20 ޖުލައި 2020 ވަނަ ދުވަހުގެ 11:00 އަށް، ޒޮނެއިރިޔާ ބިލްޑިންގ 3 ވަނަ ފަންގިފިލާ (މީޓިން ރޫމް) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 28 ޖުލައި 2020 ވަނަ ދުވަހުގެ 11:00 އަށް ޒޮނެއިރިޔާ ބިލްޑިންގ 3 ވަނަ ފަންގިފިލާ (މީޓިން ރޫމް) އަށް، ބަންދުކުރެވިފައިވާ ސިޓީއުރައިގައި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް އެކަނިކަމުގައި ދަންނަވަމެވެ.