ދިވެހިރާއްޖެ
ނަންބަރު:R-2020/37A
އިޢުލާން
މި ކުންފުނީގެ މި ދަންނަވާ ތަކެތި ސިޓީލާ ނީލަމުގައި ވިއްކާލަން ކުރެވުނު 37/2020-R އިޢުލާން ނަންބަރާ ގުޅިގެން އެކަށީގެންވާ އަގެއް ލިބިފައިނުވާތީ އެއިޢުލާން ބާތިލްކޮށް އަލުން ނީލަން ކިޔުމަށް ފުރުސަތު ހުޅުވާލެވިފައިވާކަމުގައި ދަންނަވަމެވެ.
މި ކުންފުނީގެ މި ދަންނަވާ ތަކެތި ވިއްކާލަން ބޭނުންވެއެވެ.
- 2 ލިފްޓް ( މިހާރުވެސް ބޭނުން ކުރަމުންދާ / ބްރޭންޑް: މިޓްސުބިޝީ / ކެޕޭސިޓީ: 450kg)
ވީމާ، މިތަކެތި ބައްލަވައިގަންނަވަން އެދިވަޑައިގަންނަވާ ފަރާތްތަކުން 22 ޖުލައި 2020 ވާ ބުދަ ދުވަހުގެ 11:00 ށް މި ކުންފުންޏަށް ވަޑައިގެން މި ލިފްޓް ބައްލަވާ، މައުލޫމާތު ސާފު ކުރެއްވުމަށް އެދެމެވެ. އަދި ހުށަހަޅުއްވާ އެންމެ މަތީ އަގު (އައި.ޑީ ކާޑުގެ ކޮޕީއާއެކު) ސިޓީ އުރައެއްގައި ބަންދުކޮށް 04 އޮގަސްޓް 2020 ވާ އަންގާރަ ދުވަހުގެ 11:30 އަށް މިކުންފުންޏަށް ވަޑައިގެން ހުށަހެޅުއްވުން އެދެމެވެ.
މި ތަކެތި ވިއްކާލެވޭނީ އެކަށީގެންވާ އަގެއް ހުށަހަޅާފައިވާނަމައެވެ. އަދި މިތަކެތި ބައްލަވައިގަންނަވަން ބޭނުންފުޅުވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތީއަގު ހުށަހަޅުއްވާ ފަރާތަކަށް އެކަން އަންގާތާ 2 ދުވަސް ތެރޭގައި ފައިސާ ދެއްކެވުމަށް ފަހު ތަކެތި ގެންދަވަން ވާނެއެވެ. މި މުއްދަތުގައި ތަކެތި ނުގެންދަވައިފިނަމަ ދެވަނައަށް އެންމެ މަތީ އަގު ހުށަހެޅި ފަރާތަށް ވިއްކާލުމުގެ އިޚްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.
މި 2 ލިފްޓް ބައްލަވައިލައްވަން ބޭނުންފުޅުވެވަޑައިގަންނަވާ ފަރާތްތަކުން ނަންބަރު: 7772572 ފޯނާ ގުޅުއްވުން އެދެމެވެ.
28 ޛުލްޤައިދާ 1441