ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު: އެޑްމިނިސްޓްރޭޓިވް އޮފިސަރ

މި އިޢުލާންވަނީ 17 އޮގަސްޓް 2020 22:19 ގައި ބާތިލް ކުރެވިފައެވެ.


ވަޒީފާގެ ފުރުޞަތު

މަޤާމު:                   

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމު ނަންބަރު :

J-271229

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:           

ދާއިމީ

މަޤާމުގެ ރޭންކް:            

ޖީ އެސް 4

މަޤާމުގެ ކްލެސިޕިކޭޝަން:     

އޮފިސަރ ގުރޭޑް 2

ވަޒީފާ އަދާކުރަން ޖެހޭ ތަން:     

ހދ. ކުޅުދުއްފުށި ކައުންސިލް އިދާރާ

މުސާރަ:                 

-/5020 ރުފިޔާ

ސާރވިސް އެލަވެންސް:       

-/1500 ރުފިޔާ

އެހެނިހެން އެލަވެންސް:       

ސަޕޯޓިންގ ކޯ އެލެވެންސްގެ ގޮތުގައި -/700 ރުފިޔާ
ސިވިލްސާރވިސް މުއައްޒަފުނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި

ވާޖިބުތައް:

  1. ކައުންސިލްއަށް އަންނަ ލިޔުންތައް ބަލައިގަނެ އެންޓްރީ ކުރުމާއި ފޯނުކޯލްތަކަށް ޖަވާބުދިނުން
  2. ކައުންސިލުން ހިންގާ އެކިއެކި ހަރަކާތްތައް ހިންގުމުގެ މަސައްކަތުގައި އެހީތެރިވެދިނުން
  3. ކައުންސިލްއަށް ބޭނުންވާ މުދަލާއި ޙިދުމަތް ލިބިގަތުމަށް ކުރަންޖެހޭ އެންމެހާ ކަންތައް ކުރުމުގައި ޕްރޮކިއުމަންޓް އޮފިސަރަށް އެހީތެރިވުން
  4. އެކިފަރާތްތަކަށް އަނބުރާ ދައްކާގޮތަށް ތަކެތި ދޫކުރުމާއި ބަލައިގަތުމުގެ އެންމެހައި މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުން
  5. ކައުންސިލްގެ ބެލެމުގެ ދަށުގައިވާ އިމާރާތްތަކުގެ ހާލަތު ދެނެގަނެ މަރާމާތު ބޭނުންވާނަމަ އެކަމުގެ އިންތިޒާމް ހަމަޖެއްސުން
  6. ރަށަށް ޒިޔާރަތްކުރާ އިއްޒަތްތެރިންނާއި ވަފުދުތަކަށް ބޭނުންވާ އިންތިޒާމްތައް ހަމަޖެއްސުން
  7. ކައުންސިލް އިދާރާގެ ދުވަހު ޔައުމިއްޔާ އަދި ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔުން
  8. ކައުންސިލްއިން ތައްޔާރު ކުރަންޖެހޭ އެކި ރިޕޯޓްތަކަށް ބޭނުންވާ މަޢުލޫމާތު އެއްކޮށް ރިޕޯޓްތައް އެކުލަވާލައި ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން
  9. ކައުންސިލް އިދާރާ ހުޅުވާ ލެއްޕުމުގެ ކަންތައްތައް ބެލެހެއްޓުން.
  10. މުވައްޒަފުންނާއި ގުޅުންހުރި ކަންތައްތަކުގައި އެޗް.އާރު. ފޯކަލް ޕޮއިންޓަށް އެހީތެރިވެދިނުން
  11. ކައުންސިލްގެ ސޯސަލް މީޑިއާ އެކައުންޓްތައް ހިންގުމަށް އެހީތެރިވެދިނުން
  12. ކައުންސިލްއަށް އެކި ފަރާތްތަކުން ފޮނުވާ ސިޓީ، މެސެޖް, އީމެއިލް ތަކުގެ ޖަވާބު ތައްޔާރު ކުރުން

މަޤާމުގެ ޝަރުތުތައް: 

  1. 'ސާނަވީ' ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކެންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

ނުވަތަ

  1. 2.  'މަތީ ސާނަވީ' ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކެންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން

ނުވަތަ

  1. 3.  މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން

ހުށައަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓު ނުވަތަ ޑްރައިވިންގ ލައިސަންސް.  
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

 

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓް؛ ނުވަތަ ސެޓްފިކެޓް ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި، ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކއު.އޭ ކޮލިފިކޭޝަން އެސިސްމަންޓް ރިޕޯރޓުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާ ނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:   

(ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

(ނ)  ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އުވާލާފައިވާ ތަންތަނުގައި މަސައްކަތްކޮށްފައިވާ ނަމަ،  އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން އަދި އެ ޖަމްޢިއްޔާ/ޖަމާޢަތަކީ ހިނގަމުންދާ ޖަމްޢިއްޔާ/ޖަމާޢަތެއްކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން.

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ

ކަންތައްތައް:           

  • ތަޢުލީމާއި ތަމްރީނު ލިބިފައިވާ މިންވަރު
  • މަސައްކަތު ތަޖުރިބާ ލިބިފައިވާ މިންވަރު
  • މަސައްކަތު ހުނަރާއި ފެންވަރާއި ޤާބިލްކަމާއި، ސިފަތައް އިންޓަވިއު ޕެނަލްއަށް ސާބިތުކޮށްދޭ މިންވަރު   

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:            

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 12 އޮގަސްޓް 2020 ވާ ބުދަ ދުވަހުގެ13:30  ގެ ކުރިން، ކުޅުދުއްފުށީ ކައުންސިލް އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް info@kulhudhuffushicity.gov.mv މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ.

ކޮވިޑް-19 ރޯގާއާއި ގުޅިގެން ސަރުކާރު އޮފީސްތައް ނުހުޅުވާ ދުވަސްތަކުގައި ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ އީ-މެއިލް މެދުވެރިކޮށް އެކަންޏެވެ. އިދާރާގެ އީ-މެއިލްއަށް ފޯމު ލިބުމުން އެކަން ފޯމު ހުށައެޅުއްވި ފަރާތަށް އީ-މެއިލް މެދުވެރިކޮށް އެންގޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރު އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓު ލިސްޓް ކުރުން:    

މިވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެތެރެއިން ތައުލީމީ ފެންވަރާ ތަޖުރިބާއަށްބަލައި، އެންމެމަތީ މާކްސް ލިބޭފަރާތަށް ޝޯޓު ލިސްޓް ކުރެވޭނެވެ.

އިންޓަވިއު އޮންނާނެތަނާއި މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، (13 އޮގަސްޓް 2020) އާއި (13 ސެޕްޓެންބަރ 2020) އާ ދެމެދު، ކުޅުދުއްފުށި ކައުންސިލް އިދާރާ ގައެވެ.

ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް

ޕޮއިންޓް ލިބުނުގޮތުގެ ސީޓު

(A2 ފޯމް) އާއްމުކުރުން:          

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 7 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ސީޓް A2 ފޯމް" އާއްމުކޮށް ފެންނާނެހެން މިއިދާރާގެ ނޯޓިސް ބޯޑު އަދި އިދާރާގެ ވެބްސައިޓް (https://kulhudhuffushicity.gov.mv/) ގައި އާއްމުކުރެވޭނެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާއިމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމް އާއްމުކުރާ ދުވަހުން  ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެޝަކުވާއެއް މިއިދާރާއަށް ހުށަހެޅުވުއްއެދެމެވެ.

 

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ކުޅުދުއްފުށީ ކައުންސިލްގެ ފޯނު ނަންބަރު 6527181 އަށް ގުޅުއްވާ ނުވަތަ ކުޅުދުއްފުށީ ކައުންސިލްގެ އީމެއިލް އެޑްރެސް info@kulhudhuffushicity.gov.mvއަށް އީމެއިލް ކުރެއްވުން އެދެމެވެ.

04 އޮގަސްޓް 2020
ހޯދާ