މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ފިލާ ބިލްޑިންގ 1 ގެ ހުސްވެފައިވާ އޮފީސްބައިތައް ކުއްޔަށްދިނުން
ބީލަން ހުށަހެޅުމުގެ ދަޢުވަތު
- ތިރީގައި މިދަންނަވާ އޮފީސްބައިތައް ، އަކަފޫޓަކަށް -/30 (ތިރީސް) ރުފިޔާއަށް ވުރެ ކުޑަނުވާގޮތަށް 5 (ފަހެއް) އަހަރަށް ކުއްޔަށް ދޫކުރުމަށް ބޭނުންވެއެވެ.
- ފިލާ ބިލްޑިންގ 1 ގެ 1 ވަނަ ފަންގިފިލާ (ދެކުނުބައި) - 435 އަކަފޫޓް
- ފިލާ ބިލްޑިންގ 1 ގެ 6 ވަނަ ފަންގިފިލާ (އުތުރުބައި) - 525 އަކަފޫޓް
- ފިލާ ބިލްޑިންގ 1 ގެ 6 ވަނަ ފަންގިފިލާ (ދެކުނުބައި) - 435 އަކަފޫޓް
- ފިލާ ބިލްޑިންގ 1 ގެ 7 ވަނަ ފަންގިފިލާ (ދެކުނުބައި) - 435 އަކަފޫޓް
- މި ބައިތައް ކުއްޔަށްހިފުމަށް އެދޭ ފަރާތްތަކުން، 2020 އޮގަސްޓް 5 ން 2020 އޮގަސްޓް 13 ދުވަހުގެ 14:00 ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް ފޯމް ހުށަހެޅުއްވުމަށް ރަޖިސްޓްރީ ކޮށްދެވޭނެއެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ. ރަޖިސްޓްރޭޝަން ފޯމްގެ ލިންކު: https://forms.gle/Uh2QisaCfHaRM83p6
- މިކަމާ ބެހޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވާނަމަ 2020 އޮގަސްޓް 13 ވަނަ ދުވަހުގެ 14:00 ގެ ކުރިން މި އިޢުލާންގެ 7 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
- ކުއްޔަށްހިފުމަށް އެދޭ ފޯމް ހުށަހަޅުއްވާއިރު ބިޑު ސެކިއުރިޓީގެ ގޮތުގައި -/15،000 (ފަނަރަހާސް ރުފިޔާ) ހުށަހަޅަންވާނެއެވެ. ބިޑު ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 30 ދުވަހެވެ. ބިޑް ސެކިއުރިޓީގެ ގޮތުގައި ހުށަހަޅަންޖެހޭނީ ސަރުކާރުން ގަބޫލުކުރާ ރާއްޖޭގައިހުރި ބޭންކަކުން ނުވަތަ ދިވެހިރާއްޖޭގައި ގާއިމްކޮށްފައިވާ ފައިނޭންޝަލް އިންސްޓިޓިއުޓަކުން މި އިޢުލާންގެ 1 ވަނަ ނަންބަރުގައިއެވާ ތަންތަން ކުއްޔަށް ހިފުމުގެ ބޭނުމަށް ދޫކޮށްފައިޥާ ބިޑު ސެކިއުރިޓީ ނުވަތަ ގެރެންޓީއެކެވެ.
- ބިޑް ހުޅަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ، 2020 އޮގަސްޓް 18 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 ގައި އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ފަންޑުގެ އިދާރާ / މިނިސްޓްރީ އޮފް އެޑިޔުކޭޝަން ، އެދުރުހިޔާ ، 9 ވަނަ ފަންގިފިލާ ގައެވެ.
- ތަޢުލީމީ ފަންޑުގެ ޢިމާރާތް ކުއްޔަށް ހިފުމަށް އެދޭ ފޯމާއި އުޞޫލް މިއިޢުލާނާއެކު އެޓޭޗް ކޮށްފައިވާނެއެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ފަންޑުގެ އިދާރާ
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
އެދުރުހިޔާ ، 9 ވަނަ ފަންގިފިލާ
ފަޅުމަތީ މަގު، މާލެ، ދިވެހިރާއްޖެ.
ފޯން: , 3341193,3341194,98655599709000
އީ-މެއިލް: ibrahim.yasir@moe.gov.mv
ކޮޕީ-މެއިލްali.saamy@moe.gov.mv :
05 އޮގަސްޓް 2020
ހޯދާ