ދިވެހިރާއްޖެ
ނަންބަރު: R-2020/48A
އިޢުލާން
މި ކުންފުނީގެ އުސޫލްތަކާއި އެއްގޮތްވާ ގޮތުގެ މަތިން ސްޓެލްކޯ ފެން ޑިސްޓްރިބިއުޓް ކުރަން ޝައުގުވެރިވެލައްވާ ފަރާތްތައް ހޯދުމަށް ކުރެވުނު އިޢުލާން R-2020/48 އިޢުލާން ނަންބަރާ ގުޅިގެން، ޕްރޮޕޯސަލް ހުށަހެޅުމުގެ މުއްދަތު ވަނީ އިތުރު ކުރެވިފައެވެ.
ވީމާ، 11 އޮގަސްޓު 2020 ވާ އަންގާރަ ދުވަހުގެ 1400ގެ ކުރިން ސްޓެލްކޯ އަށް ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. އަދި މައުލޫމާތު ތަކުގެ އިތުރުން ވިޔަފާރީގައި ބޭނުންކުރާނެ މައިގަނޑު ވަސީލަތްތަކާއި އަދި ޑިސްޓްރިބިއުޓް ކުރަން ރޭވިފައިވާ ގޮތާއި، މައިގަނޑު ކަސްޓަމަރުންނަކީ ކޮބައިކަމާއި، ކުރިއަށްއޮތް 06 މަސް ދުވަހަށް ލަފާކުރެވޭ ސޭލްސް ހިމަނައި، އަދި ތިފަރާތުން ފެން ޑިސްޓްރިބިއުޓަރުކަން ކުރުމުގެ ޤާބިލްކަން ހުރި މިންވަރު ޕްރޮޕޯސަލްގައި ބަޔާންކޮށް ދެއްވުން އެދެމެވެ.
މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3338354/3338359 ނަންބަރު ފޯނާއެވެ. އަދި އީމެއިލް ކުރައްވާނީ sales@stelco.com.mv މިއެޑްރެހަށެވެ.
15 ޛުލަޙިއްޖާ 1441