ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ރުއްގަސް ނީލަން ކިޔުން
ފުވައްމުލައް ދަޑިމަގުއަވަށު އެމް.ޓީ.ސީ.ސީ ސައިޓުތެރޭގައި ހުރި ރުއްގަހުގެ ތެރެއިން ނަންބަރު 03، ނަންބަރު 05، ނަންބަރު 07، ނަންބަރު 12، ނަންބަރު 16، ނަންބަރު 18، ނަންބަރު 24 އަދި ނަންބަރު 26 ޖަހާފައިވާ ރުއްގަހުގެ ނީލަން ކިޔުން 12 އޮގަސްޓް 2020 ވާ ބުދަ ދުވަހު 09:00 ގައި އެ ރުއްގަހުގެ ކައިރީގައި އޮންނާނެއެވެ.
ވީމާ މިނީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން 12 އޮގަސްޓް 2020 ވާ ބުދަ ދުވަހު 09:00 އަށް އެބިމަށް ވަޑައިގެން ނީލަމުގައި ބައިވެރިވުމަށް ދައުވަތު އަރުވަމެވެ. އަދި ނީލަމުން ތަކެތި ނަންގަވާ ފަރާތުން ނީލަން ނިމޭތާ 02 ދުވަހުގެ ތެރޭގައި ނީލަމުގެ ފައިސާ ދެއްކެވުމަށްފަހު 03 ދުވަހުގެ ތެރޭގައި އެގަސްތައް ނަގައި ތަންސާފުކުރަންވާނެއެވެ.
ވީމާ މިނީލަމުގައި ގިނަ ފަރާތްތަކުން ބައިވެރިވެ ދެއްވުމަކީ އެދެވިގެންވާ ކަމެކެވެ.
09 އޮގަސްޓް 2020
ހޯދާ