ހެނބަދޫ ސްކޫލް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ ( ވޭޖް )

މަޤާމް:                 އެޑްމިނިސްޓްރޭޓިވް އޮފިސަރ (ވޭޖް)

ބޭނުންވާ އަދަދު:             01 (އެކެއް)

މަޤާމުގެ ގިންތި:             ވޭޖް އެމްޕްލޯއިމަންޓް އުޞޫލުން ( 8 މަސް ދުވަސް) އެއްބަސްވުމުގެ މުއްދަތު އިތުރުކުރަން ޖެހިއްޖެނަމަ،

                     މަސައްކަތުގެ ފެންވަރު ވަޒަންކުރުމަށްފަހު، އެއްބަސްވުމުގެ މުއްދަތު އިތުރު ކުރެވޭނެއެވެ.

ސެކްޝަން :              އިދާރީ

ވަޒީފާ އޮތް އޮފީސް:          ހެނބަދޫ ސްކޫލް / ނ.ހެނބަދޫ

ވަޒީފާ އަދާކުރަންޖެހޭ ތަން:      ހެނބަދޫ ސްކޫލް / ނ.ހެނބަދޫ

މުސާރަ:                272.73 (ރަސްމީ ހަގަޑި އިރަށް) 6 ގަޑިއިރަށްވުރެ އިތުރުވާނަމަ މިރޭޓުން އިތުރުވަގުތަށް އުޖޫރަ ދެވޭނެއެވެ.

މަޤާމުގެ މައިގަޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ދަރިވަރުންގެ މަޢުލޫމާތުތަކާއި އެހެނިހެން ލިޔުންތައް ފަރުވާތެރިކަމާއި އެކު ބެލެހެއްޓުން.
  2. ސްކޫލަށް އަންނަ ލިޔެކިޔުންތައް ބަލައިގަނެ، އެތަކެތި ހުޅުވައި، އެންޓްރީ ސިސްޓަމްގައި ރަޖިސްޓްރީ ކުރުމާއި، އޮފީހުން ބޭރަށް ފޮނުވަންޖެހޭ ލިޔެކިޔުން ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  3. ސްކޫލަށް އަންނަ ލިޔެކިޔުންތައް ފައިލްކުރުމާއި، ސްކޫލުން ފޮނުވާ ލިޔެކިޔުންތައް ފައިލްކޮށް ފައިލިންގ ސިސްޓަމް ޤަވާޢިދުން ބެލެހެއްޓުމާއި، ފައިލިންގ ސިސްޓަމުން ހޯދަންޖެހޭ ލިޔުންތައް ބޭނުންވެއްޖެ ޙާލަތެއްގައި ބޭނުންވާ ފަރާތްތަކަށް ވެރިއެއްގެ ހުއްދައާއިއެކު، ފޮޓޯކޮޕީނަގައި ޙަވާލުކުރުން.
  4. އޮފީހަށް އަންނަ ފޯނުކޯލްތަކަށް ޖަވާބުދިނުމާއި، ރަގަޅު މަޢުލޫމާތު ދެވޭނެ ފަރާތްތަކަށް ފޯނުކޯލުތައް ޕާސްކުރުން އަދި ރަނގަޅު މަޢުލޫމާތު ދިނުން.
  5. ސިޓީ، މެސެޖު، އިޢުލާން ، އެންގުން ފަދަ ތަކެތި ލިޔެ ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން 
  6. ޖަލްސާތަކަށާއި، އެކިއެކި މުނާސަބަތުތަކަށް ދަޢުވަތު ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން 
  7. ޖަލްސާތަކަށާއި މުނާސަބާތުތަކުގައި ބައިވެރިވެ އެހީތެރިވުން.
  8. ދަރިވަރުންނާއި ގުޅުންހުރި މަޢުލޫމާތުތައް ލިޔެ  ( ފުރަންޖެހޭ ފޯމްތައް:- މީމިސް، އެޕިޕް، ދަސްވާރު / ބީޓެކް ) ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  9. އެކި ފަރާތްތަކައި ގުޅޭ ލިޔެކިޔުންތަކާއި މެއިލްތަކަށް ޖަވާބު ދިނުމަށްފަހު އެކަން އެކަމަކާއި ގުޅޭ ފަރާތަކާއި ހިއްސާކުރުން.
  10. ދަރިވަރުންގެ ކިޔެވުމާއި، އެހެނިހެން ހަރަކާތްތަކުގެ ތެރެއިންވިއަސް ސްކޫލްގެ އެއްވެސް ސިއްރެއް  ހާމަނުކުރުމާއި، ސްކޫލްގެ ކަރާމާތް ރައްކާތެރިކުރުމަށް މަސައްކަތްކުރުން. 
  11. ސްކޫލުގައި އިތުރު ޙަރަކާތްތައް ހިންގާ އިރުގައްޔާއި، ކުއްލިއަކަށް ދިމާވާ ކަންކަމުގައި އެހީތެރިވުމަށް އެދިއްޖެ ނަމަ އެކަންކަމުގައި ފުރިހަމައަށް އެހީތެރިވުން.
  12. ސްކޫލްގެ ހިންގުން ރަނގަޅުކޮށް ހަލުއިކުރުމަށް އެމުވައްޒަފެއްގެ ހައިޘިއްޔަތުން ކުރެވެންއޮތް ހުރިހާ ކަމެއްކޮށް ސްކޫލްގެ ވެރިންނާއި އެކުގައި މަސައްކަތްކުރާ ހުރިހާ މުވައްޒިފުންނާއި، ގުޅިގެން އެކުވެރިކަމާއެކު މަސައްކަތްކުރުން.
  13. ސްކޫލަށް އަންނަ މެޙްމާނުން ބަލައިގަނެ ބައްދަލުކުރަން އަންނަ ފަރާތްތަކާއި ބައްދަލުވާނޭ އިންތިޒާމް ހަމަޖެއްސުން.
  14. އިމްތިޙާނުތަކާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ދުވަހުން ދުވަހަށް ކުރިޔަށް ގެންދިއުން
  15. ދަރިވަރުން ސުކޫލަށް ވެއްދުމާއި ވަކިކުރުމުގެ އެންމެހާ މަސައްކަތްތައް ކުރަމުން ގެންދިއުން، އަދި ދަރިވަރުންނާއި ގުޅޭމަޢުލޫމާތުތަކުގެ ރިޕޯޓްތައް ފޮނުވަން ޖެހޭ ފަރާތްތަކަށް ފޮނުވުން
  16. ތިޖޫރީ ބެލެހެއްޓުމާއި މަހަކު އެއްފަހަރު ތިޖޫރި ރިޕޯރޓް ހެދުން
  17. ސްކޫލް ހަރުމުދަލުގެ ރަޖިސްޓްރީ ބެލެހެއްޓުން.

މާޤާމުގެ ޝަރުޠު:

  ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއިއެކު ، 'ސެކަންޑަރީ ސްކޫލު' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' އިމްތިހާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން  'ސީ' ގުރޭޑް ލިބިފައިވުން. 

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މިފޯމް ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުން އަދި މި ސްކޫލްގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު  (ގުޅޭނެ ފޯން ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ:

    (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ  ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓް؛ ނުވަތަ: ސެޓްފިކެޓް ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ  

    (ށ) މަތީ ތަޢުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ.

  7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ.

  8. މަސައްކަތުގެ ތަޖުރިބާ ގެ ލިޔުންތަކުގެ ކޮޕީ.

    (ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

    (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

    (ނ) ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އުވާލާފައިވާ ތަންތަނުގައި މަސައްކަތްކޮށްފައިވާ ނަމަ،  އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

    (ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން އަދި އެ ޖަމްޢިއްޔާ/ޖަމާޢަތަކީ ހިނގަމުންދާ ޖަމްޢިއްޔާ/ޖަމާޢަތެއްކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް:

  1. ހާސިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށްބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.  

 މަޤާމަށް އެދެންވީގޮތާއި ސުންގަޑީ

   މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 26 އޮގަސްޓް 2020 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން، ހެނބަދޫ ސްކޫލަށެވެ.  ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް admin@henbadhooschool.edu.mv  މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.

ޝޯޓު ލިސްޓްކުރުން:

   މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެމަތިން މާރކްސް ލިބޭ ފަރާތްތައް ޝޯޓުލިސްޓް ކުރެވޭނެއެވެ.

 އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު:

   މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވާ އިންޓަވިއު އޮންނާނީ އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން ރަސްމީ 5 ދުވަސް ތެރޭގައި ހެނބަދޫ ސްކޫލް ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލައްވާ ބޭފުޅުން، އެތާރީޚުގައި އިންޓަވިއު އަށް ހާޒިރުވެވަޑައިގަތުމަށް ތައްޔާރުވެވަޑައިގެން ތިއްބެވުން އެދެމެވެ.

ފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް ( A2 ފޯމް) އާންމުކުރުން

   އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު) އާންމުކޮށް ފެންނާނެހެން މިސްކޫލްގެ ނޯޓިސް ބޯޑުގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމް A2ފޯމު އާންމު ކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މިސްކޫލަށް ހުށަހަޅަންވާނެއެވެ.

   މިއިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6560571 އަށެވެ. އީ-މެއިލް ކުރާނީ admin@henbadhooschool.edu.mv އަށެވެ.

   ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަނުކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

16 އޮގަސްޓް 2020
ހޯދާ