ދިވެހިރާއްޖެ
ނަންބަރ:R-2020/53
އިޢުލާން
މި ކުންފުނީގެ މި ދަންނަވާ ތަކެތި ނީލަމުގައި ވިއްކާލަން ބޭނުންވެއެވެ.
- 45 ކަމިންސް ޖެން ސެޓުގެ ޕިސްޓަން
- 2 ކަނެކްޓިންގ ރޮޑް
- 35 ސިލިންޑަރ ލައިނަރ
- 75 ބެޓަރި
- 2 QSK50-G4 (ގެން ސެޓް 16،17) އިން ހަލާކުވި ރޭޑިއޭޓަރ
- 9 ދަގަނޑު ކޭބަލް ޑްރަމް
- ބާ ސާމާނު ލޮޓެއް
- 2 ސްޓީލް ލޮކަރ ކެބިނެޓް 4X3)12 ދޮރު)
- 4 އޮފީސް ގޮނޑި
މި ނީލަން ފެށޭ އަގަކީ 5,000.00ރ(ފަސްހާސް) ރުފިޔާ އެވެ. މި ތަކެތީގެ ނީލަމަށް އިތުރު ކުރެވޭނީ މަދުވެގެން 500.00ރ (ފަސްސަތޭކަ) ރުފިޔާ އެވެ.
ވީމާ، މި ނީލަމުގައި ބައިވެރިވެވަޑައިގަތުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 26 އޮގަސްޓް 2020 ވާ ބުދަ ދުވަހުގެ 10:00 ށް މި ކުންފުންޏަށް ވަޑައިގެން މި ތަކެތި ބެއްލެވުމަށްފަހު، ހުށަހަޅުއްވާ އެންމެ މަތީ އަގު އަދި އައި.ޑީ.ކާޑު ގެ ފޮޓޯ ކޮޕީއާއިއެކު ސިޓީ އުރައެއްގައި ބަންދު ކުރުމަށްފަހު 31 އޮގަސްޓް 2020 ވާ ހޯމަ ދުވަހުގެ 11:00 އަށް މި ކުންފުންޏަށް ވަޑައިގެން ހުށަހެޅުއްވުން އެދެމެވެ.
މި ނީލަމުގައި ބައިވެރިވެވަޑައިގަތުމަށް ވަޑައިގަންނަވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިއުންތައް ފުރިހަމަ ނުވާނަމަ ނީލަމުގައި ބައިވެރިއެއް ނުވެ ވޭނެއެވެ. އަދި މި ތަކެތީގެ ނީލަން ނިމޭތާ 02 ދުވަސް ތެރޭގައި ނީލަން ކާމިޔާބު ކުރެއްވި ފަރާތުން، ފައިސާދެއްކެވުމަށް ފަހު ތަކެތި ގެންދަވަން ވާނެއެވެ. މި މުއްދަތުގައި ތަކެތި ނުގެންދަވައިފިނަމަ ނީލަން ބާތިލްކޮށް އެ ތަކެތި އަލުން ނީލަމަށް ލެވޭނެ ކަމަށާއި، ދެވަނަ ފަހަރަށް ކިޔާ ނީލަމުގައި، ކުރީގެ ނީލަން ކާމިޔާބު ކުރި ފަރާތަށް ބައިވެރި ނުވެވޭނެ ކަމުގައި ދެންނެވީމެވެ.
މި ތަކެތި ބައްލަވައިލައްވަން ބޭނުންފުޅުވެވަޑައިގަންނަވާ ފަރާތްތަކުން ނަންބަރު: 3338365 ފޯނާ ގުޅުއްވުން އެދެމެވެ.
3 މުޙައްރަމް 1442