ދިވެހިރާއްޖެ
މި ކުންފުންޏަށް ބޭނުންވާ އެކިއެކި ކަންކަމުގައި ރިޓެއިނަރ އުޞޫލުން ޤާނޫނީ މަސައްކަތްކޮށްދޭނެ ލޯޔަރެއް ނުވަތަ ލޯފާރމެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި ލިސްޓްކޮށްފައިވާ މަޢުލޫމާތު 1 ސެޕްޓެމްބަރ 2020 ވާ އަންގާރަ ދުވަހުގެ 13:00 އަށް މިކުންފުންޏަށް އީމެއިލް ކޮށް ދެއްވުން އެދެމެވެ. އީމެއިލް ފޮނުއްވާނީ ތިރީގައި އެވާ މިކުންފުނީގެ އީމެއިލް އެޑްރެހަށެވެ.
އީމެއިލް އެޑްރެސް: |
univiya.holdings@univiya.com.mv |
އީމެއިލް އިން ހުށަހަޅުއްވަންވީ މަޢުލޫމާތު:
ލޯޔަރ / ލޯފާރމްގެ
- ނަން
- ކުރު ތަޢާރަފެއް. (ތަޢާރަފްގެ ތެރޭގައި ޤާނޫނީ ލަފާ ދެއްވުމުގެ ތަޖުރިބާ މައިގަނޑު ގޮތެއްގައި ހުރި ދާއިރާތައް، ގިނަވެގެން 3 ދާއިރާއެއް، ލިސްޓްކުރެއްވުން.)
- ޕޯސްޓަލް އެޑްރެސް
- އީމެއިލް
- ފޯނު ނަންބަރު
މަތީގައި ލިސްޓް ކުރެވިފައިވާ މަޢުލޫމާތު ކަނޑައެޅިފައިވާ ސުންގަޑިއަށް ހުށަހަޅުއްވާ ފަރާތްތަކަށް، މިއިޢުލާންގައި ބަޔާންކޮށްފައިވާ މަސައްކަތުގެ އިތުރު ތަފްސީލާއި، އަންދާސީ ހިސާބު ހުށަހަޅުއްވަންވީ ސުންގަޑި އަދި މިފަދަ އިތުރު މަޢުލޫމާތު ފޯރުކޮށް ދެވެނޭއެވެ. އަދި އިސްވެ ދެންނެވި މަޢުލޫމާތު ކަނޑައެޅިފައިވާ ސުންގަޑިއަށް ހުށަނާޅުއްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެވާހަކަ ދަންނަވަމެވެ.
އިތުރު މައުލޫމާތު ހޯއްދެވުމަށް މި އޮފީހުގެ ނަންބަރު 3013860 އަށް ގުޅުއްވުން އެދެމެވެ.