މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ރާއްޖެއަށް މުދާ އެތެރެކޮށް މާލޭ ވިޔަފާރި ބަނދަރުގައި ނުގެންގޮސް ގިނަދުވަހު ބެހެއްޓިފައިވާ، މުދާތައް ނީލަންކިއުމާއި ގުޅޭ
ރާއްޖެއަށް މުދާ އެތެރެކޮށް މާލޭ ވިޔަފާރި ބަނދަރުގައި ނުގެންގޮސް ގިނަދުވަހު ބެހެއްޓިފައިވާ، ތިރީގައި ދެންނެވުނު މުދާތައް ނީލަމުގައި ވިއްކާލަން ވަނީ ހަމަޖެހިފައެވެ.
- މުދަލުގެ އަދަދާއި ބާވަތް: ( ތަފްޞީލް އެޓޭޗް ލިސްޓްގައި )
- ނީލަން ކިޔާ މުދާ ބެލުމާއި ނަން ނޯޓް ކުރުން:
- މުދާ ބެލުން : 10 ސެޕްޓެމްބަރ 2020 ވާ ބުރާސްފަތި ދުވަހުގެ 16:30 ގައި
- މުދާ ބެލުމަށް ނަން ނޯޓް ކުރުން: މުދާ ބެއްލެވުމަށް ވަޑައިގަތުމުގެ 05 ގަޑިއިރު ( 01 ސެޕްޓެމްބަރ 2020 ، 11:30) ކުރިން ނީލަން މުދާބެލުމަށް އެދޭ ފޯމު https://rb.gy/ku8yy7ފުރިހަމަކުރައްވަން ވާނެއެވެ.
3.ނީލަމުގައި ބައިވެރިވުން: މި ނީލަމުގައި ބައިވެރިވެވޭނީ 12 ސެޕްޓެމްބަރ 2020 ވާ ހޮނިހިރު ދުވަހުގެ 14:00 ގެ ކުރިން، ނީލަމުގައި ބައިވެރިވުމަށް އެދި ނީލަމުގައި ރަޖިސްޓްރީ ކުރާ ފޯމު ފުރިހަމަކޮށް އެޑްވާންސް ޕޭމަންޓް ދައްކާ ފަރާތްތަކަށެވެ.
4.ނީލަން ކިޔުން: 14 ސެޕްޓެމްބަރ 2020 ވާ ހޯމަ ދުވަހު 14:00 ން ފެށިގެން.
5.ނީލަން ކިއުން އޮންނަ ތަން: ހެޑް އޮފީސް ގެ ބަނދަރު މާލަމު ގައި.
ސަމާލުކަމަށްޓަކައި :
- މުދާ ނީލަންކިޔުން ކުރިއަށް ގެންދެވޭނީ މިކުންފުނީގައި މުދާ ނީލަންކިޔުމަށް ހެދިފައިވާ ގަވާއިދު ( 27 ޖޫން 2018 ގައި ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިއު ކުރެވިފައި ) ގެ ދަށުންނެވެ. މިކުންފުނީގެ ވެބްސައިޓް (www.port.mv) ގެ ޑައުންލޯޑްސް ސެކްޝަން އިން ވެސް ދެންނެވުނު ގަވާއިދު ފެނިލައްވާނެއެވެ.
- ސެކިއުރިޓީ ޑިޕޮސިޓް ފައިސާ ދެއްކެވުމަށް ޗެކް ބޭނުންކުރެވޭނީ ބޭންކް ގެރެންޓީ ދެވިފައިވާ ޗެކެވެ.
- ނީލަމާއިބެހޭ އިތުރު މަޢުލޫމާތު މިކުންފުނީގެ ކާގޯ ކްލިއަރެންސް ޑިޕާރޓްމެންޓް އަދި ވެބްސައިޓް(www.port.mv) އިން ލިބިވަޑައިގަންނަވާނެއެވެ.
02 ސެޕްޓެންބަރު 2020
ހޯދާ