ދިވެހިރާއްޖެ
މިކުންފުނީގެ ކ.ތިލަފުށި ސައިޓުގައިހުރި (ގާތްގަނޑަކަށް) 500 ޓަނުގެ ބައުދަގަނޑު ޚާއްޞަ ނީލަމުގައި ވިއްކާލުމަށް ވަނީ ނިންމާފައެވެ. އަދި މިނީލަމާގުޅޭ ތަފްޞީލް ތިރީގައި މިވަނީއެވެ.
1- ނީލަން ކިއުން އޮންނާނީ 16 ސެޕްޓެމްބަރ 2020 ވާ ބުދަ ދުވަހުގެ 14:00 ގައި އެމް.ޓީ.ސީ.ސީ ޓްރޭޑިންގ ޑިވިޜަންގެ، ފުރަތަމަ ފަންގިފިލާ ( ހެންވޭރު ސޯމިލް، ބޮޑުތަކުރުފާނު މަގު ) ގައެވެ.
2- މިތަކެތި ބައްލަވަން ބޭނުންވެލައްވާ ފަރާތްތަކުން 10 ސެޕްޓެމްބަރ 2020 ވާ ބުރާސްފަތި ދުވަހުގެ ހެދުނު 10:00 އިން 12:00 އަށް އެމް.ޓީ.ސީ.ސީ ޓްރޭޑިންގ ޑިވިޜަން ( ހެންވޭރު ސޯމިލް، ބޮޑުތަކުރުފާނު މަގު ) އަށް ވަޑައިގެން ނަންނޯޓު ކުރެއްވުމަށް ދަންނަވަމެވެ.
3- މިތަކެތި ބައްލަވަން ބޭނުންވެލައްވާ ފަރާތްތަކުން13 ސެޕްޓެމްބަރ 2020 ވާއާދިއްތަ ދުވަހުގެ ހެދުނު 9:00 އިން 11:30 އަށް ތިލަފުށިސައިޓަށް ވަޑައިގެން) 7781438 ގުޅުއްވުމުން) ނަންބަރު ފޯނާ ގުޅުއްވުމުން މިތަކެތި ބެލޭނެ އިންތިޒާމް ހަމަޖެހިފައިވާނެ ވާހަކަދެންނެވީމެވެ.
4- މި ނީލަމުގައި ބައިވެރިވެވޭނީ އެމް.ޓީ.ސީ.ސީ ޓްރޭޑިންގ ޑިވިޜަންގައި ރަޖިސްޓްރީވެ އަދި ޙާއްސަ ނީލަމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ފަހުގައެވެ.
5- މި ނީލަމުގައި ބައިވެރިވުމަށްއެދޭ ފަރާތްތަކުން ސެކިއުރިޓީ ޑިޕޮސިޓް 50,000/-ރ ފަންސާސް ހާސް ރުފިޔާ އެމް.ޓީ.ސީ.ސީގެ ބީއެމްއެލް ބޭންކް އެކައުންޓް ނަންބަރ 003-100668-7701 އަށް 14 ސެޕްޓެމްބަރ 2020 ވާހޯމަ ދުވަހުގެ ހެދުނު 9:00 އާއި 12:00 އާއި ދެމެދު ޖަމާކުރުމަށްފަހު ސްލިޕް 7417716 ނަންބަރު ފޯންއަށް ވައިބާރ ކުރުމަށް ދަންނަވަމެވެ. އަދި 12:00 ގެ ފަހުން ފައިސާ ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
6- ނީލަން ކިޔާނީ ހާޟިރީންގެ ކުރިމަތީގައި އަގަބަހުންނެވެ.އަދި ނީލަން އިތުރުކުރުމަށް ހުށައަޅާނީވެސް އަގަބަހުންނެވެ.
7- ނީލަން ފެށޭނީ ޓަނަކަށް -/1000 ( އެއްހާސް ރުފިޔާގެ ) ރޭޓުންނެވެ.
8- ނީލަމަށް އިތުރުކުރެވޭނީ ފަހަރަކު -/1000ރ (އެއްހާސް ރުފިޔާ) އަށްވުރެ ކުޑަނޫން އަދަދެކެވެ.
9- ނީލަންނިމޭތާ 24 ގަޑި އިރުގެތެރޭގައި ނީލަން ކާމިޔާބު ކުރިފަރާތުން ފައިސާ ދައްކާ ޙަލާސް ކުރަންވާނެއެވެ.
10- ނީލަންނިމޭތާ 7 ދުވަހުގެ ތެރޭގައި ބާދަގަނޑުތަށް މިކުންފުނީގެ ސައިޓުން ގެންގޮސް ނިންމަންވާނެއެވެ،އަދި އެއްވެސް ސަބަބަކާހުރެ ތަކެތި ނުގެންދަވާނަމަ، މިތަކެތި ނައްތާލުމުގެ އިޚްތިޔާރު މިކުންފުންޏަށް ލިބެގެންވެއެވެ.
11- ތަކެތި ދޫކުރެވޭނީ ރަސްމީދުވަސްތަކުގެ ހެނދުނު 08:00 އިން ހަވީރު 15:00 އަށެވެ.
12- ނީލަން ކިޔޭ ބާދަނގަޑުގެ ބަރުދަން 500 ޓަނަށްވުރެ އިތުރުވާކަމުގައި ވާނަމަ އިތުރުވާ ޓަނުގެ ފައިސާ ދައްކާ ޙަލާސް ކުރަންވާނެއެވެ. އަދި 500 ޓަނަށް ވުރެ މަދުވާނަމަ ރީފަންޑް ދެވޭނެއެވެ.
13- މިނީލަމާގުޅޭ ގޮތުން އިތުރުމަޢުލޫމާތު ހޯއްދެއްވުމަށް 3001251/3001477 ނަންބަރު ފޯނަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.