ހުވަދުއަތޮޅު އުތުރުބުރީ މާމެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

                                              

މިއިދާރާގެ ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަގާމް:

ޑްރައިވަރ

މަޤާމުގެނަންބަރު:

J-323905

ބޭނުންވާއަދަދު:

1 (އެކެއް)

މަޤާމުގެގިންތި:

ދާއިމީ

މަޤާމުގެރޭންކް:

އެސް.އެސް.2

މަޤާމުގެކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 2

ވަޒީފާއަދާކުރަންޖެހޭތަން

ހުވަދުއަތޮޅު އުތުރުބުރީ މާމެންދޫ ކައުންސިލްގެ އިދާރާ

މުސާރަ

މަހަކު -/3,470ރުފިޔާ

ސަރވިސްއެލަވަންސް

މަހަކު -/1,000ރުފިޔާ

އެހެނިހެންއެލަވެންސް

  1. ސަޕޯޓިންގ ކޯ އެލަވަންސް މަހަކު -/1,200 ރުފިޔާ
  2. ސިވިލްސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ
  3. ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

މަޤާމުގެމައިގަނޑުމަސްއޫލިއްޔަތުތަކާއިވާޖިބުތައް:

  1. ރަސްމީ ގަޑީގައާއި ނުރަސްމީ ގަޑީގައިވެސް ޕިކަޕުގައި ކުރަންޖެހޭ ދަތުރުތައް (ކައުންސިލްގެ އިދާރާއިން ހަމަޖައްސާ އިންތިޒާމެއްގެ ދަށުން) ކުރުން.
  2. ރަށުކައުންސިލްގެ ޕިކަޕުން ދަތުރު ކުރާއިރު ޕިކަޕަށް ގެއްލުމެއް ލިބިދާނޭ އެންމެހައި ކަންކަމުން ރައްކާތެރިކޮށް، އެ އުޅަނދު ބެލެހެއްޓުމުގެ އެންމެހައި ކަންތައްތައް ކުރުން.
  3. ދަތުރަށް ފެށުމުގެ ކުރިން، އިންޖީނުގެ އަޑީތެލާއި ޑީސަލް ހަމަޔަށް ހުރިތޯ ބަލައި ތެޔޮ މަދުނަމަ ތެޔޮ ހަމަކުރުން.
  4. ޕިކަޕަށް އެއްވެސް ގެއްލުމެއް ލިބިއްޖެނަމަ އެ ގެއްލުމެއްގެ މަރާމާތައް ބޭނުންވާ ތަކެތި ކަމާބެހޭ ސެކްޝަނާ ވާހަކަދައްކައިގެން ހޯދައި ކުރެވެން ހުންނަ ކުދިކުދި މަރާމާތުތައް ކުރުން. އަދި އަމިއްލައަށް ނުކުރެވޭ ވަރުގެ މަރާމާތެއް ކުރަން ވެއްޖެނަމަ ކަމާބެހޭ ސެކްޝަނަށް މައުލޫމާތުދިނުން.
  5. ކުނިކޮށްޓަށް ކުނި ގެންދިޔުމުގެ ދަތުރުތައް ކުރުން
  6. ޕިކަޕަށް ކުނި ނެގުމާއި ކުނި ހުސްކުރުން އަދި ކުނިކޮށި މެނޭޖްކުރުމުގައި ކުރަންޖެހޭ އެހެން މަސައްކަތްތައް ސުޕަވައިޒްކޮށް ބެލެހެއްޓުން
  7. ކައުންސިލްގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުންގެ މަސައްކަތް ކައުންސިލުން އަންގާ ގޮތެއްގެ މަތިން ސުޕަވައިޒްކޮށް ބެލެހެއްޓުން.
  8. ޕިކަޕުގެ މަސައްކަތް ނިންމާފައި ބޭއްވުމުގެކުރިން ކޮންމެ ދުވަހަކުވެސް ޕިކަޕު ރަނގަޅަށް ދޮވެ ސާފުކޮށް ޕިކަޕު ބާއްވަން ޚާއްޞަކުރެވިފައިވާ ތަނުގައި ބޭއްވުން.
  9. ކައުންސިލުން ކުރިއަށް ގެންދާ ޚާއްސަ މަސައްކަތްތަކުގައި ބައިވެރިވުމާއި ކައުންސިލްގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.
  10. ރަށުގެ ތަރައްޤީއަށްކުރެވޭ މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވުން.
  11. ކައުންސިލް އިދާރާއިން ފާހަގަކުރާ ދުވަސްތައް ފާހަގަ ކުރުމުގައި މުވައްޒަފުންނާއި ގުޅިގެން މަސައްކަތް ކުރުން.
  12. ކައުންސިލް އިދާރާއަށް ނުވަތަ ކައުންސިލް އިދާރާއާއި ގުޅިގެން ރަށަށް ޒިޔާރަތްކުރާ ޓީމުތަކާއި ދައުލަތުގެ ވެރިން ރަށަށް ޒިޔާރަތްކުރުމާއި ގުޅިގެން އެފަރާތްތަކަށް މަރުހަބާ ދެންނެވުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތް ކައުންސިލް އިދާރާގެ ވެރިން ނުވަތަ ސްޕަވައިޒަރ އަންގަވާ ގޮތެއްގެ މަތިން ކުރުން.
  13. ކައުންސިލުގެ އެކިއެކި ބޭނުންތަކަށާއި ރައްޔިތުންގެ ބޭނުންތަކަށް ހޯދާ މުދަލާއި، މިނޫން ތަކެތި ކަމާބެހޭ މުވައްޒަފަކު އަންގަވާ ގޮތެއްގެ މަތިން ގުދަންކޮށް ރައްކާކުރުމާއި ގުދަނުންމުދާ ނެރެންޖެހޭ ހާލަތްތަކުގައި މުދާ ނެރެ ހަވާލު ކުރަންޖެހޭ ފަރާތްތަކަށް ހަވާލު ކުރުމަށް ކުރަންޖެހޭ ދަތުރުތައް ކުރުން
  14. ރަށަށް ދިމާވާ ކުއްލި ނުރައްކަލުގެ ވަގުތު ތަކުގައި އަދި ކައުންސިލް އިދާރާއަށް ކުއްލިއަކަށް ދިމާވާ ނުރައްކާތެރި ހާލަތްތަކުގައި ކައުންސިލް އިދާރާގެ ހުރިހާ މުވައްޒަފުން ގުޅިގެން މަސައްކަތް ކުރުމަށް ކައުންސިލް އިދާރާއިން ނިންމަވާ އުސޫލެއްގެ މަތިން ސުޕަވައިޒަރުގެ ލަފަޔާ މަޝްވަރާއާއެކު އެ މަސައްކަތުގައި ބައިވެރިވުން.
  15. ކައުންސިލްގެ މަސައްކަތްތަކުގެ ތެރެއިން ޚާއްސަ ޙާލަތްތަކުގައި ހަވާލުކުރެވޭ މަސައްކަތްތައް ކުރުން.
  16. ކައުންސިލްގެ މަސައްކަތްތަކާއި ގުޅިގެން ހަވާލުކުރެވޭ މިނޫން މަސައްކަތްތަކާއި، އަދާކުރަންޖެހޭ އެހެނިހެން މަސްޢޫލިއްޔަތުތައް އަދާކުރުން.
  17. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒު ކުރުމަށް ފުރިހަމަޔަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައްތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސުޕަވައިޒަރުގެ ލަފަޔާއިރުޝާދުގެ މަތީން ކުރުން.
  18. ކައުންސިލުގެ އިދާރާގެ މަސައްކަތްތަކާއި ކައުންސިލުގެ ނިންމުންތައް ތަންފީޒުކުރުމާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ޖަވާބުދާރީ ވުން

މަޤާމުގެޝަރުތުތައް:

1        މަގާމަށް ބޭނުންވާ ތަމްރީނެއް / ލައިސަންސެއް/ ހުއްދައެއް ހާސިލްކޮށްފައިވުން.

ނޯޓް: މިމަޤާމަށް އެދި ހުށަހަޅުއްވާ ފަރާތްތަކުން މޯލްޑިވްސް ޓްރާންސްޕޯރޓް އޮތޯރިޓީއިން ގަބޫލުކުރާ C1 ކެޓަގަރީ ލައިސަންސް (މުއްދަތު ހަމަނުވާ) ހުށަހަޅުއްވަން ވާނެއެވެ.

ހުށަހަޅަންޖެހޭލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް ނުވަތަ އައި.ޑީ ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓު ނުވަތަ ޑްރައިވިންގ ލައިސަންސް
  4. މި މަޤާމަށް އެދި ހުށަހަޅުއްވާ ފަރާތްތަކުން މޯލްޑިވްސް ޓްރާންސްޕޯރޓް އޮތޯރިޓީއިން ގަބޫލުކުރާC1 ކެޓަގަރީ ލައިސަންސް (މުއްދަތު ހަމަނުވާ) ހުށަހަޅުއްވަން ވާނެއެވެ.
  5. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  6. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު / ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސްފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓު ވަކި ފެންވަރެއްގައި ޤަބޫލުކުރެވޭނެ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތަޢުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއު ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ އެ ސެޓްފިކެޓްގެ ކޮޕީ
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ވަޒީފާއަށްއެންމެޤާބިލުފަރާތެއްހޮވުމަށްބެލޭނެކަންތައްތައް:

  1. ތަޢުލީމާއި ތަމްރީން %26
  2. މަސައްކަތުގެ ތަޖުރިބާ %26
  3. ލިބިފައިވާ ހުނަރު / އިންޓަވިއު %48

މަޤާމަށްއެދެންވީގޮތާއިސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 24  ސެޕްޓެންބަރު2020ވާބުރާސްފަތިދުވަހުގެ 13:00ގެ ކުރިން، ހުވަދުއަތޮޅުއުތުރުބުރީމާމެންދޫކައުންސިލްގެއިދާރާއަށެވެ. ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓް ލިސްޓްކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ އިތުރުވެއްޖެނަމަ،  މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަވިއުއޮންނާނެތަނާއި،މުއްދަތު

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 01 އޮކްޓޫބަރު 2020 އާއި 08 އޮކްޓޫބަރު 2020 އާ ދެމެދު ހުވަދުއަތޮޅު އުތުރުބުރީ މާމެންދޫ ކައުންސިލްގެ އިދާރާގައެވެ.

"ވަޒީފާއަށްކުރިމަތިލީފަރާތްތަކަށްޕޮއިންޓްލިބުނުގޮތުގެޝީޓް (A2ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދުނޫން 5 ދުވަހުގެ ތެރޭގައި " ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)"އާންމުކޮށް ފެންނާނެހެން މި އިދާރާގެ ނޯޓިސް ބޯޑުގައި އާންމު ކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މިއިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6820007 އަަށެވެ. އީ-މެއިލް ކުރާނީ  info@maamendhoo.gov.mv  އަށެވެ. ސިވިލްސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަނު ކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލްސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ " އައްޔަނުކުރުމުގެ އުސޫލާ ގުޅޭ"( http://www.csc.gov.mv/dv/recruitment-usoolu) ( އިން ލިބެން ހުންނާނެއެވެ.

09 ސެޕްޓެންބަރު 2020
ހޯދާ