ދިވެހިރާއްޖެ
`
މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
އުނގޫފާރު، ދިވެހިރާއްޖެ ނަންބަރު: IUL/303-AS/2020/37
އިޢުލާން
މިކައުންސިލުން ދޭ ކުރެހުމާއި އެއްގޮތައް ރައްޔިތުންގެ ތެޔޮފިހާރަ އިމާރާތްކޮށްދޭ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
މިކައުންސިލުން ތަރައްޤީކުރުމަށް ނިންމާފައިވާ ރައްޔިތުންގެ ތެޔޮ ސެޑްގެ އިމާރާތްކުރުމަށް ދެވޭ ކުރެހުމާއި އެއްގޮތައް އަމިއްލަތަކެތީގައި މަސައްކަތް ކޮށްދިނުމަށް އެދޭފަރާތްތަކަށް މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވަނީ 22 ސެޕްޓެމްބަރު 2020 ވާ އަންގާރަ ދުވަހުގެ 10:30ގައި މިއިދާރާގައެވެ. އަދި ދެވޭ މަޢުލޫމާތާއި އެއްގޮތަށް ތެޔޮސެޑް ތަރައްޤީ ކޮށްދިނުމަށް އެދި ހުށަހަޅާ ބިޑްތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 30 ސެޕްޓެންބަރު 2020 ވާ ބުދަ ދުވަހުގެ 11:30 ގައި މިއިދާރާގައެވެ. މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުގެ ތެރެއިން އެއްވެސް ބޭފުޅަކަށް މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގެންނެވެން ނެތްފަދަ ޙާލަތެއް ދިމާވެއްޖެނަމަ ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ ބަދަލުގައި ފޮނުއްވިކަން އެނގޭ ސިޓީއެއް ، އަދި ކުންފުންޏަކުން ފޮނުއްވާނަމަ އެއީ ކޮންކުންފުންޏެއް ތަމްސީލު ކުރުމަށްކަން އެނގޭނެ ކުންފުނީގެ ލެޓަރހެޑުގައި ލިޔެފައިވާ ސިޓީއެއް ހިއްޕަވައިގެން ވަޑައިގެން ދެއްވުން އެދި ދަންނަވަމެވެ. އަދި ހުށަހަޅާ ފަރާތަކީ ކުންފުންޏެއް ނުވަތަ ޕާރޓްނާޝިޕެއް ނުވަތަ އަމިއްލަފަރުދުންގެ ވިޔަފާރި އަކުންނަމަ އެތަނެއްގެ ރަޖިސްޓްރީގެ ކޮޕީ ހުށަހަޅަންވާނެއެވެ. މިމަސައްކަތަށް އެދި ހުށައަޅާ އަންދާސީ ހިސާބް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. މި މަސައްކަތަށް އެދި ހުށައަޅުއްވާ ސިޓީއުރައިގެ ބޭރުގައި " އުނގޫފާރު ކައުންސިލަށް ތަރައްޤީކުރުމަށް ނިންމާފައިވާ ތެޔޮ ސެޑް އިމާރާތް ކުރުމަށް އެދި " މިހެންލިޔެފައި އޮންނަންވާނެއެވެ. އަދި މީގެ އިތުރުން އަންދާސީ ހިސާބު ހުށައަޅާ ފަރާތުގެ ނަމާއި، އެޑުރެސް އަދި ފޯން ނަމްބަރ ސިޓީއުރާގެ ބޭރުގައި އޮންނަން ވާނެއެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި މިއިދާރާގެ 6580118 ނަންބަރު ފޯނާއި ނުވަތަ ކައުންސިލްގެ ނައިބް ރައީސް މުޙަންމަދު އަފްލާހްގެ ނަމްބަރ 9553552 ގުޅުއްވުން އެދެމެވެ.
ތިރީގައި އެވަނީ ތިޔޮ ސެޑް އިމާރާތް ކުރުމުގައި މާކުސް ދިނުމަށް ހަމަޖެހިފައިވާގޮތް
- ތެޔޮ ސެޑް އިމާރާތް ކުރުމަށް ހުށަހަޅާ އަގު (ހަތްދިހަ ފަސް މާކްސް)
- ތަޖުރިބާ ފަންނީ ގާބިލްކަމަށް (ފަސް މާކްސް)
- ހުށަހަޅާ މުއްދަތައް (ދިހަ މާކްސް)
- މާލީތަނަވަސް ކަމަށް (ދިހަ މާކްސް)
ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.
26 މުހައްރަމް 1442
14 ސެޕްޓެންބަރު 2020