ދިވެހިރާއްޖެ
ޢިމާރާތެއް ކުއްޔަށް ހިފުމާއިބެހޭ
މިކުންފުނީގެ ބޭނުމަކަށް މާލެއިން (މައްޗަންގޯޅި، މާފަންނު ނުވަތަ ހެންވޭރު ބްރިޖް އިން ފައިބާ ސަރަޙައްދު) ޢިމާރާތެއް ހޯދަން ކުރެވުނު ނަންބަރު ADMHR-MPL/2020/23 (07 ސެޕްޓެމްބަރ 2020) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅުއްވާފައި ނުވާތީ މިއިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، މިފަދަތަނެއް ކުއްޔަށް ދޫކުރައްވަން ބޭނުންވާ ފަރާތްތަކުން ތިރީގައި ބަޔާންކުރާ މަޢުލޫމާތާއި އެއްގޮތަށް 21 ސެޕްޓެމްބަރ 2020 ވާ ހޯމަ ދުވަހުގެ 13:00އަށް މިކުންފުނީގެ މައި ޢިމާރާތް، ޕޯސްޓް ބިލްޑިންގ 7 ވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
ކުއްޔަށް ހިފަން ބޭނުންވާ ޢިމާރާތުގައި ފުރިހަމަވެފައި ހުންނަން ބޭނުންވާ މަޢުލޫމާތު
- 450 އަކަފޫޓާ 1000 އަކަފޫޓާ ދެމެދުގެ ތަނެއް ކަމުގައިވުން
- މައްޗަންގޯޅި/މާފަންނު/ހެންވޭރު)ހުޅުމާލެ ބުރިޖްއިން ފައިބާ ސަރަހައްދުން ތަނެއްކަމުގައިވުން
- ޢިމާރާތުގެ ކަރަންޓާއި ފެން ވަކިން ހުރުން
- · މަގުމަތިން އެތެރެ ފެންނަގޮތަށް ބިއްލޫރި ޖަހާފައިވާ ތަނަކަށްވުން
- · މީހުން ދިރިއުޅޭ ހިސާބެއްގައި ބޮޑުމަގަކަށް ހުންނަ ތަނަކަށް ވުން
- ޢިމާރާތް ކުއްޔަށްދޭ މުއްދަތު މަދުވެގެން 5 އަހަރަށް ދެވޭނެ ތަނެއް ކަމުގައިވުން
- ގްރައުންޑް ފްލޯރގައި ހުންނަ ތަނަކަށްވުން
ހުށަހަޅަންޖެހޭ އިތުރު މަޢުލޫމާތުތައް:
- ބިޑް ހުށަހަޅުއްވާއިރު ބިމާއި ޢިމާރާތުގެ ވެރިފަރާތްކަން ނުވަތަ ހުށަހަޅާ ތަނަކާ އެފަރާތަކާ ހުރިގުޅުން އެގޭނެ ޤާނޫނީ ލިއުންތައް އައި.ޑީ ކާރޑްގެ ކޮޕީ އާއި އެކު ހުށަހެޅުން
- ޢިމާރާތުގެ ރަޖިސްޓްރީ ކޮޕީ ހުށަހެޅުން
މި ބިޑާއި ގުޅިގެން ޕޮއިންޓް ދެވޭނެގޮތް ތިރީގައި އެވަނީއެވެ.
- އަގު: %60
- ތަނުގެ ފެންވަރު: %20
- ލޮކޭޝަން: %20
މިކަމާބެހޭ ގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3009211,3009215 ނަންބަރު ފޯނާއެވެ.
21 މުޙައްރަމް 1442
14 ސެޕްޓެމްބަރ