ދިވެހިރާއްޖެ
އިޢުލާން
މި މިނިސްޓްރީ ހިންގަމުން ގެންދާ ވެލާނާގެ (10 ވަނަ) ފަންގިފިލާ 1 ( އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ފޮޅާ ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މި މިނިސްޓްރީ ހިންގަމުން ގެންދާ ވެލާނާގެ (10 ވަނަ) ފަންގިފިލާ 1 ( އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ފޮޅާ ސާފުކޮށްދޭނެ ފަރާތްތަކުން ތިރީގައި މިދަންނަވާ މައުލޫމާތުތައް ފުރިހަމަ ކުރައްވައި މިނިސްޓްރީގެ އީމެއިލް procurement@homeaffairs.gov.mv އަށް ފޮނުއްވުމުން އަންދާސީ ހިސާބުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކޮށްދެވޭނެއެވެ. އަދި އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރެވުނުކަން އެންގޭނެއެވެ.
- އަންދާސީ ހިސާބު ހުށަހަޅާ ކުންފުނި /ފަރާތް
- އީމެއިލް އެޑްރެސް
- ފޯނު ނަންބަރ
މިކަމާ ގުޅޭ މައުލޫމާތު ޝީޓް މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
އަންދާސީ ހިސާބު ރަޖިސްޓްރީ ކުރެވޭނެ އެންމެ ފަހުވަގުތަކީ 01 އޮކްޓޫބަރު 2020 ވާ ބުރާސްފަތި ދުވަހުގެ 14:00 އެވެ.
އަންދާސީ ހިސާބު ހުށަހެޅުމާއި/ހުޅުވުން އޮންނާނީ 13 އޮކްޓޫބަރު 2020 ވާ އަންގާރަ ދުވަހުގެ 11:00 ގައި މިނިސްޓްރީ އޮފް ހޯމްއެފެއާޒް، ވެލާނާގެ 10 ވަނަ ފަންގިފިލާ ގައެވެ. އަންދާސީ ހިސާބު ރަޖިސްޓްރީ ނުކުރާ ފަރާތްތަކާއި، ގަޑިއަށް ވަޑައި ނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެކަމުގައި ދެންނެވީމެވެ.