މާޅޮސްމަޑުލު ދެކުނުބުރީ ކެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ވަގުތީ އެސިސްޓެންޓް މުނިސިޕަލް ސަރވިސް އޮފިސަރަކު ހޯދުން.
މިއިދާރާގެ ތިރީގައި މިދަންނަވާ މަޤާމަށް ވޭޖް އެމްޕްލޯއިމަންޓްގެ ދަށުން މީހަކު ހޯދަންބޭނުން ވެއްޖެއެވެ.
- މަޤާމް: އެސިސްޓެންޓް މުނިސިޕަލް ސަރވިސް އޮފިސަރ (ވަގުތީ)
- މަސައްކަތް ކުރަންޖެހޭ ތަން: މާޅޮސްމަޑުލު ދެކުނުބުރީ ކެންދޫ ކައުންސިލްގެ އިދާރާ
- މުއްދަތު: 03 (ތިނެއް) މަސް ދުވަސް
- މުސާރަ: ދުވާލަކުު 217.33 ރުފިޔާ (ދުއިސައްތަ ސަތާރަ ރުފިޔާ ތެއްތިރީސްލާރި)
- ބޭނުންވާ ޢަދަދު: 1 ( އެކެއް )
ފެންވަރު ނުވަތަ ޝަރުތު:
- 'ސާނަވީ' ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކެންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން އަދި މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
ނުވަތަ
- 'މަތީ ސާނަވީ' ނުވަތަ އެ އާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކެންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން
ނުވަތަ
- މަޤާމުގެ މަސައްކަތާއިގުޅޭ ތަޢުލީމީ ރޮނގަކުން (ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް، ޕަބްލިކް އެޑްމިނިސްޓްރޭޝަން، އާރބަން ސްޓަޑީޒް) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން.
- · ސިޓީ ހުށަހަޅަންވީ ތާރީޚާއި ތަން: 11 އޮކްޓޯބަރ 2020 ވާ އާދިއްތަ ދުވަހުގެ 12.00 ގެ ކުރިން މާޅޮސްމަޑުލު ދެކުނުބުރީ ކެންދޫ ކައުންސިލްގެ އިދާރާއަށް.
- ހުށަހަޅަންޖެހޭ ލިޔުންތައް:
- ތަޢްލީމީ ސެޓްފިކެޓްގެ ކޮޕީ.
- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ.
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
މި ވަޒީފާއަށް އެއްފަރާތަށްވުރެ ގިނަ ފަރާތުން ކުރިމަތިލައިފިނަމަ މީހަކު ހޮވުމުގައި އިސްކަންދޭނީ ތަޢްލީމީ ފެންވަރަށާއި މި އިދާރާއިން ކުރެވޭ އިންޓަރވިއުގެ ނަތީޖާއަށެވެ.
29 ސެޕްޓެންބަރު 2020
ހޯދާ