ދިވެހިރާއްޖެ
އިޢުލާން
"ކޮންޕޭޝަނޭޓް އިންޓަގްރިޓީ ޓްރެއިނިންގ އަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުން"
މި އަހަރުގެ އދ ގެ ބައިނަލްއަޤްވާމީ އަމާންކަމުގެ ދުވަހާއި ގުޅިގެން ދަ ޔުނެސްކޯ މަހާތްމާ ގާންދީ އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން ފޮރ ޕީސް އެންޑް ސަސްޓެއިނަބަލް ޑިވަލޮޕްމަންޓް (އެމް.ޖީ.އައި.އީ.ޕީ) އާއި ލައިފް ޔުނިވަރސިޓީ ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ ކޮންޕޭޝަނޭޓް އިންޓަގްރިޓީ ޓްރެއިނިންގ (ސީއައިޓީ) ކޯހަށް ކުރިމަތިލުމުގެ ފުރުޞަތު ދިވެހިރާއްޖެއަށް ވަނީ ލިބިފައެވެ. މި ކޯސް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ 40 ގަޑި އިރަށް ބަހާލައިގެން އޮންލައިން ކޮށް އިނގިރޭސި ބަހުންނެވެ. އަދި މިކޯހުގައި އެކުލެވިގެންވާ ބައިތަކުގެ ތެރޭގައި އެމްޕަތީ، މައިންޑްފުލްނެސް، ކޮމްޕެޝަން ގެ އިތުރުން އަމާން މުޖްތަމަޢެއް ބިނާ ކުރުމަށް ޒުވާނުންނާ ބޭނުންވާ ފަންނީ ހުނަރުތައް ހިމެނެއެވެ.
ޝަރުތު
- އުމުރުން 18 އަހަރާއި 34 އަހަރާ ދެމެދުގެ ފަރާތެއް ކަމުގައިވުން.
ވީމާ މި ކޯހުގައި ބައިވެރިވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ލިންކް މެދުވެރިކޮށް ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ވަނީ ހުޅުވައިލެވިފައެވެ.
މި ކޯހާއި ގުޅޭ އިތުރުމަޢުލޫމާތު ތިރީގައި ބަޔާންކޮށްފައިވާ ލިންކުން ލިބިލައްވާނެއެވެ.
ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.