ދިވެހިރާއްޖެ
އެމްޓީސީސީގެ އާންމު ފެރީ ނިޒާމްގައި ފ. އަތޮޅުގައި ބޭނުންކުރުމަށް ފެރީއުޅަނދު ކުއްޔަށްހިފުމަށް ކުރެވުނު ނަންބަރު MTCC-PD/IU/2020/00135 ( 10 އޮގަސްޓް 2020 ) ޢިޢުލާން ބާޠިލްކޮށް މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހަޅާލުމުގެ ފުރުސަތު އަލުން ހުޅުވާލަމެވެ.
ވީމާ، މި ކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ދުވަސްތަކުގައި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
|
ތާރީޚް |
ދުވަސް |
ވަގުތު |
މައުލޫމާތު ސާފުކުރުން |
11 އޮކްޓޯބަރ 2020 |
އާދިއްތަ |
10:00 |
އަންދާސީ ހިސާބު ހުށަހެޅުން |
18 އޮކްޓޯބަރ 2020 |
އާދިއްތަ |
10:00 |
މަޢުލޫމާތު ސާފުކުރެއްވުމަށް އަދި އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ ޒޮނެއިރިޔާ ބިލްޑިންގ 3 ވަނަ ފަންގިފިލާގެ މީޓިންގްރޫމަށެވެ. އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއް ގައެވެ.މައުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަނޭޅޭނެ ވާހަކަ ދަންނަވަމެވެ.