ދިވެހިރާއްޖެ
މި އިޢުލާންވަނީ 05 އޮކްޓޫބަރު 2020 12:22 ގައި ބާތިލް ކުރެވިފައެވެ.
ވަޒީފާގެ ފުރުޞަތު
މިކޯޕަރޭޝަންގެ ތިރީގައި މިވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.
މަޤާމް: |
ޗީފް އިންޓަރނަލް އޮޑިޓަރ |
ބޭނުންވާ ޢަދަދު: |
01 (އެކެއް) |
މަޤާމުގެ ގިންތި: |
ދާއިމީ |
ކްލެސިފިކޭޝަން / ރޭންކް: |
މެނޭޖަރ ގްރޭޑް 01 |
މުސާރަ: |
މަހަކު 24000-32000 ރުފިޔާއާއި ދެމެދު |
އެހެނިހެން ޢިނާޔަތްތައް: |
އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. |
ވަޒީފާ އަދާކުރަންޖެހޭ ތަން: |
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ ހެޑް އޮފީހުގައި (އޯކިޑް މަގު، އެމްއެސްއެލް ބިލްޑިންގ ގެ ފުރަތަމަ ފަންގިފިލާ) |
ފެންވަރު ނުވަތަ ޝަރުތު: |
- އެސޯސިއޭޝަން އޮފް ޗާރޓާޑް ސެޓިފައިޑް އެކައުންޓަންޓް (އޭސީސީއޭ)، ސެޓިފައިޑް ޕްރެކްޓިސިންގ އެކައުންޓެންޓް (ސީޕީއޭ)، ޗާރޓާޑް ޕަބްލިކް އެކައުންޓަންޓް (ސީޕީއޭ)، ޗަރޓާޑް އިންސްޓިޓިއުޓް އޮފް މެނޭޖްމަންޓް އެކައުންޓްސް (ސީއައީއެމްއޭ) ގެ މެމްބަރެއްކަމުގައިވުން ނުވަތަ އައިއެފްއޭސީ އިން ޤަބޫލުކުރާ އެ ފެންވަރުގެ އެހެން އޮޑިޓިންގ ބޮޑީއެއްގެ މެމްބަރެއްކަމުގައި ވުމުގެ އިތުރުން، މަދުވެގެން 5 (ފަހެއް) އަހަރު ދުވަހު ތަޖުރިބާ ލިބިފައިވުމާއި އެކު މަދުވެގެން 3 (ތިނެއް) އަހަރުގެ ތަޖުރިބާ އޮޑިޓް ދާއިރާއިން އަދި މަދުވެގެން 3 (ތިނެއް) އަހަރުގެ ސީނިއަރ މެނޭޖްމަންޓް ތަޖުރިބާ ލިބިފައިވުން. ނުވަތަ، - މަސައްކަތުގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލްކޮށްފައިވުމާއެކު، 6 (ހައެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމާއި އެކު މަދުވެގެން 3 (ތިނެއް) އަހަރުގެ ތަޖުރިބާ އޮޑިޓް ދާއިރާއިން އަދި މަދުވެގެން 3 (ތިނެއް) އަހަރުގެ ސީނިއަރ މެނޭޖްމަންޓް ތަޖުރިބާ ލިބިފައިވުން. ނުވަތަ، - މަސައްކަތުގެ ދާއިރާއިން ބެޗެލަރސް ޑިގްރީ ހާސިލްކޮށްފައިވުމާއެކު، 8 (އަށެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމާއި އެކު މަދުވެގެން 3 (ތިނެއް) އަހަރުގެ ތަޖުރިބާ އޮޑިޓް ދާއިރާއިން އަދި މަދުވެގެން 3 (ތިނެއް) އަހަރުގެ ސީނިއަރ މެނޭޖްމަންޓް ތަޖުރިބާ ލިބިފައިވުން. - ވޭތުވެދިޔަ 5 އަހަރު ޖިނާއީ ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައިނުވުން ނުވަތަ އެފަދަ ކުށެއް ހުށައެޅި ބަލަމުންދާ މީހަކު ކަމުގައި ނުވުން. - ސެޓިފައިޓް އިންޓަރނަލް އޮޑިޓަރުންނަށް އިސްކަން ދެވޭނެ. - އައިއެފްއާރްއެސް، އައިއެސްއޭ، އައިޕީޕީ ފަދަ ސްޓޭންޑަރޑްސްތަކަށް އަހުލުވެރިވެފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ. - އީ.އާރު.ޕީ ފަދަ އެޕްލިކޭޝަންތަކުގެ ސިސްޓަމް އޮޑިޓް ކުރުމުގެ ޤާބިލްކަން ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ |
އެހެނިހެން ޝަރުތު: |
- ގިނަވަގުތު މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން. - އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރުމުގެ ތަޖުރިބާ އަދި ޤާބިލުކަން ހުރުން. - ޓީމެއް ގޮވައިގެން މަސައްކަތްކުރުމުގެ ޤާބިލުކަން ލިބިފައިވުން. |
ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: |
- ކޯޕަރޭޝަންގެ އިންޓަރނަލް އޮޑިޓްގެ އޮނިގަށޑު ވިލަރެސްކޮށް ޤާއިމްކުރުން. - ކޯޕަރޭޝަންގެ އިންޓަރނަލް ކޮންޓްރޯލް އަދި ގަވަރނަންސް ނިޒާމް މުރާޖާކޮށް ހަރުދަނާ ކުރުމުގައި އެހީތެރިވެދިނުން. - ތައްޔާރު ކުރެވޭ އޮޑިޓް ޕްލޭނާއި އެއްގޮތަށް އޮޑިޓް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުން. - އިންޓަރނަލް އޮޑިޓްތަކާއި ގުޅިގެން ކޯޕަރޭޝަންގެ މެނޭޖްމަންޓަށާއި ބޯޑަށް ލަފާދިނުމާއި އެކަންކަމާއި ގުޅިގެން އެޅޭ ފިޔަވަޅުތައް ބަލާ މުރާޖަޢާކުރުން. - ރިސްކް މެނޭޖްކުރުމުގައި އެންމެ ފުރިހަމަ އެޕްރޯޗް އެއް ޤާއިމްކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން. - ކޮރަޕްޝަނަށް މަގުފަހިވާނެ ފަދަ ކަންތައްތައް ހުއްޓުވޭނެ ގޮތާ ގުޅޭގޮތުން މެނޭޖްމަންޓަށް ލަފާދީ އެކަންތައްތައް ކޯޕަރޭޝަންގެ މަސައްކަތުގައި އިމްޕްލިމެންޓްކުރުން. - އިންޓަރނަލް އޮޑިޓާ ބޭހޭ އެންމެހާ އުސޫލުތައް ހަދައި އެ އުޞޫލުތަކާއި އެއްގޮތްވާގޮތުގެ މަތިން އިންޓަރނަލް އޮޑިޓްގެ މަސައްކަތް ކުރުން. |
ސުންގަޑި: |
- މިވަޒީފާއަށް އެދޭ ފަރާތްތަކުން، އެޕްލިކޭޝަނަ ފޯމް ފުރިހަމަކުރުމަށްފަހު، 19 އޮކްޓޯބަރ 2020 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން، މިކޯޕަރޭޝަނުގެ ހެޑް އޮފީހަށް ނުވަތަ މި ކޯޕަރޭޝަންގެ އީ މެއިލްinfo@rdc.com.mv އަށް ފޮނުއްވުން އެދެމެވެ. - ވަޒީފާއަށް އެދޭ ފޯމު މިކޯޕަރޭޝަނުގެ ހެޑް އޮފީހުގެ (އޯކިޑް މަގު، އެމްއެސްއެލް ބިލްޑިންގ ގެ ފުރަތަމަ ފަންގިފިލާ / މާލެ) ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އިޢުލާނާއެކު ވަޒީފާ ފޯމް އެޓޭޗް ކުރެވިފައިވާނެއެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. |
ހުށަހަޅަންޖެހޭ ލިޔުންތައް: |
|
އިންޓަވިއު: |
- އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ. - މި މަޤާމަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމުތައް ބާޠިލްކުރެވޭނެއެވެ. މި މަޤާމަށް މީހަކު ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ އޮކްޓޯބަރު މަހުގެ ތާރީޚެއްގައިއެވެ. |
އިތުރު މަޢުލޫމާތު: |
އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ މި ކޯޕަރޭޝަންގެ ނަންބަރު 3339060 ފޯނަށް ގުޅުން އެދެމެވެ. |
18 ޞަފަރު 1442
05 އޮކްޓޯބަރ 2020