ދިވެހިރާއްޖެ
ނަންބަރ:R-2020/52A
އިޢުލާން
މި ކުންފުނީގެ ހުޅުމާލެ އިންޖީނުގޭ ގައިހުރި ޖެންސެޓް ސައިލެންސަރެއް ސިޓީލާ ނީލަމުގައި ވިއްކާލަން ކުރެވުނު އިޢުލާން R-2020/52 ނަންބަރާ ގުޅިގެން އެކަށީގެންވާ އަގެއް ލިބިފައިނުވާތީ އެއިޢުލާން ބާތިލްކޮށް އަލުން ނީލަން ކިޔުމަށް ފުރުސަތު ހުޅުވާލެވިފައިވާކަމުގައި ދަންނަވަމެވެ.
މި ނީލަން ފެށޭ އަގަކީ 2,000.00ރ(ދެހާސް) ރުފިޔާ އެވެ. ނީލަމަށް އިތުރު ކުރެވޭނީ މަދުވެގެން 500.00ރ (ފަސްސަތޭކަ) ރުފިޔާ އެވެ.
ވީމާ، މިތަކެތި ބައްލަވައިގަންނަވަން އެދިވަޑައިގަންނަވާ ފަރާތްތަކުން 11 އޮކްޓޫބަރު 2020 ވާ އާދިއްތަ ދުވަހުގެ 10:00 ށް މި ކުންފުންޏަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު، ހުށަހަޅުއްވާ އެންމެ މަތީ އަގު (އައި.ޑީ ކާޑުގެ ކޮޕީއާއެކު) ސިޓީ އުރައެއްގައި ބަންދުކޮށް 15 އޮކްޓޫބަރު 2020 ވާ ބުރާސްފަތި ދުވަހުގެ 10:30 އަށް މިކުންފުންޏަށް ވަޑައިގެން ހުށަހެޅުއްވުން އެދެމެވެ. އަދި 11 އޮކްޓޫބަރު 2020 ގައި ބޭއްވުމަށް ހަމަޖެހިފައިވާ މަޢުލޫމާތު ދިނުމުގެ ސެޝަނުގައި ބައިވެރި ނުވާ ފަރާތް ތަކަށް ވެސް މިނީލަމުގައި ބައިވެރިވެވޭނެ ކަމުގައި ދަންނަވަމެވެ.
މި ނީލަމުގައި ބައިވެރިވެވަޑައިގަތުމަށް ވަޑައިގަންނަވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިއުންތައް ފުރިހަމަ ނުވާނަމަ ނީލަމުގައި ބައިވެރިއެއް ނުވެ ވޭނެއެވެ. އަދި މި ތަކެތީގެ ނީލަން ނިމޭތާ 03 ދުވަސް ތެރޭގައި ނީލަން ކާމިޔާބު ކުރެއްވި ފަރާތުން، ފައިސާ ދެއްކެވުމަށް ފަހު ތަކެތި ގެންދަވަން ވާނެއެވެ. މި މުއްދަތުގައި ތަކެތި ނުގެންދަވައިފިނަމަ ނީލަން ބާތިލްކޮށް އެ ތަކެތި އަލުން ނީލަމަށް ލެވޭނެ ކަމަށާއި، ދެވަނަ ފަހަރަށް ކިޔާ ނީލަމުގައި، ކުރީގެ ނީލަން ކާމިޔާބު ކުރި ފަރާތަށް ބައިވެރި ނުވެވޭނެ ކަމުގައި ދެންނެވީމެވެ.
މި ޖެން ސެޓް ސައިލެންސަރު ބައްލަވައިލައްވަން ބޭނުންފުޅުވެވަޑައިގަންނަވާ ފަރާތްތަކުން ނަންބަރު: 3338365 ފޯނާ ގުޅުއްވުން އެދެމެވެ.
20 ޞަފަރު 1442
07 އޮކްޓޫބަރު 2020