ދިވެހިރާއްޖެ
ސަރުކާރުގެ ސްޓްރެޓަޖިކް އެކްޝަން ޕްލޭންގައި ކަނޑައެޅިފައިވާ ދަނޑުވެރިކަމުގެ ސިޔާސަތުތައް ތަންފީޒު ކުރުމުގެ ގޮތުން، ފުރަތަމަ ބުރުގައި 6 (ހައެއް) ފަޅުރަށެއް ބީލަމުގެ އުސޫލުން 21 (އެކާވީސް) އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށްވަނީ ހަމަޖެހިފައެވެ. މި ފަޅުރަށްތައް ކުއްޔަށް ދޫކުރުމުގައި މިނިސްޓްރީގެ މަޤްޞަދަކީ ދިވެހިރާއްޖޭގައި ކާބޯތަކެތި އުފެއްދޭ މިންވަރު އިތުރުކޮށް، ރާއްޖެއަށް އެތެރެކުރަންޖެހޭ ކާބޯތަކެތީގެ މިންވަރު މަދުކޮށް، ކާނާގެ ޔަގީންކަން ކަށަވަރުކޮށް ދިނުމެވެ. މީގެއިތުރުން، ކޯލި (ޕޯލްޓްރީ) އާއި ބަކަރި ގެންގުޅުމާއި ރާއްޖެއަށް ބޭނުންވާ އެކި ބާވަތްތަކުގެ ގަސްގަހާގެހި ރާއްޖޭގައި އުފައްދައިގެން އާމްދަނީ ހޯދުމުގެ ފުރުޞަތުތައްވެސް އިތުރުކުރުމެވެ.
ދަނޑުވެރިކަމުގެ މަސައްކަތުން ލިބޭ ނަފާ އިތުރުކުރުމަށް ކުރަންޖެހޭ ޚަރަދު ކުޑަކުރުމަށް ބާރުއެޅުމުގެ ގޮތުން މިރަށްތަކަށް ދެއްކުމަށް ހަމަޖެހިފައިވާ އަހަރީ ކުއްޔަކީ އަހަރަކަށް އަކަފޫޓަކަށް 10 (ދިހައެއް) ލާރިއެވެ.
މި ރަށްރަށުގެ ބިމުގެ ސަރަޙައްދުން ގިނަވެގެން 30 އިންސައްތައިގައި މި މިނިސްޓްރީން ކަނޑައަޅާ ކާނާގެ ބާވަތްތައް އުފައްދަން ޖެހޭނެއެވެ. އުފައްދާ ތަކެތީގެ އިތުރު ތަފްޞީލު ބީލަން ކަރުދާހުގައި ބަޔާންކޮށްފައިވާނެއެވެ.
މަތީގައި ދަންނަވާފައިވާ މަޤްޞަދުތައް ޙާސިލު ކުރުމަށް، ތިރީގައި މިދަންނަވާ 6 ފަޅުރަށް ބީލަމުގެ އުސޫލުން ހުޅުވާލުމަށް ވަނީ ހަމަޖެހިފައެވެ.
|
އަތޮޅާއިރަށް |
އަންދާޒާކުރާ ރަށުގެ ބޮޑުމިން (ހެކްޓަރުން) |
ރަށުގެ ޖިއޮގްރަފިކަލް ކޯޑިނޭޓްސް |
|
1. |
ހއ. މަޑުލު |
16.1 |
72° 57' 11'' E |
7° 3' 17'' N |
2. |
ށ. ކަކާއެރިޔަދޫ |
14.6 |
72° 54' 8'' E |
6° 28' 40'' N |
3. |
ށ. ނެޔޮ |
20.6 |
73° 3' 35'' E |
6° 27' 0'' N |
4. |
ނ. ތޮޅެންދޫ |
16.8 |
73° 26' 11'' E |
5° 55' 14'' N |
5. |
ބ. މާއްޑޫ |
26.6 |
73° 3' 45'' E |
5° 5' 34'' N |
6. |
ގދ. އޮއިނިގިއްލާ |
13.5 |
73° 3' 53'' E |
0° 16' 33'' N |
ދުނިޔޭގައި މިވަގުތު ފެތުރެމުންދާ ކޯވިޑް-19 ގެ ހާލަތާ ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ) އިން ޢަމަލު ކުރުމަށް ކަނޑައަޅުއްވާފައިވާ ގައިޑްލައިންގައިވާ ގޮތުގެމަތިން، ގިނަ މީހުން އެއްތަނަކަށް އެއްވެއުޅުމަށް ހުރަސްތަކެއް ހުރުމާއެކު 'ބީލަން ފޮތް' ވިއްކުމާއި 'ބިޑް' ބަލައިގަތުމަށް އެދިވަޑައިގަންނަވާނީ މި މިނިސްޓްރީގެ ނަމްބަރު 7755335 (+960) އަށް ޓެކްސްޓް މެސެޖު އަދި bids@fishagri.gov.mv އީމޭލް މެދުވެރިކޮށެވެ.
ބީލަން ފޮތް ވިއްކަން ހަމަޖެހިފައިވަނީ 14 އޮކްޓޫބަރު 2020 ވަނަ ދުވަހުން ފެށިގެން 05 ނޮވެންބަރު 2020 ވަނަ ދުވަހާއި ހަމައަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ 09:00 އިން 14:00 އަށް މި މިނިސްޓްރީގެ ޖަލްސާކުރާ މާލަން (ވެލާނާގެ 2 ވަނަ ފަންގިފިލާ) އިންނެވެ. ބީލަން ފޮތް ބައްލަވައިގަތުމަށް ހަމަޖެހިފައި ވަނީ ތިރީގައި މިދަންނަވާ ގޮތަށެވެ.
- ބީލަން ފޮތް ބައްލަވައިގަތުމަށް ރަޖިސްޓްރީ ކުރުމަށް އެދިވަޑައިގަންނަވާނީ މި މިނިސްޓްރީގެ ނަމްބަރު 7755335 (+960) އަށް ޓެކްސްޓް މެސެޖު އަދި bids@fishagri.gov.mv އީމޭލް މެދުވެރިކޮށެވެ. މިގޮތުން، ބީލަން ފޮތް ބައްލަވައިގަތުމަށް ރަޖިސްޓްރީވުމަށް އެދިވަޑައިގެންނެވޭނީ 11 އޮކްޓޫބަރު 2020 ވަނަ ދުވަހުގެ 9:00 އިން ފެށިގެންނެވެ. މިގޮތުން، ބީލަން ފޮތް ބައްލަވައިގަތުމަށް ރަޖިސްޓްރީވުމަށް އެދެވޭނެ އެންމެ ފަހު ވަގުތަކީ 04 ނޮވެންބަރު 2020 ވަނަ ދުވަހުގެ 12:00 ގެ ނިޔަލަށެވެ.
- ބީލަން ފޮތެއްގެ އަގަކީ -/2000ރ އެވެ.
- ބީލަން ފޮތް ބައްލަވައިގަންނަވާ ފަރާތް ނޫން އެހެން ފަރާތަކުން ހުށަހަޅުއްވާ ބީލަން ޤަބޫލެއް ނުކުރެވޭނެއެވެ.
- ބީލަން ހުށަހަޅުއްވާ ކޮންމެ ރަށަކަށް ވަކި ބީލަން ފޮތެއް ބައްލަވައި ގަންނަވަން ވާނެއެވެ.
- ބީލަމުގައި ބައިވެރިވެ ވަޑައިގަންނަވާ ފަރާތަކަށް ކޮންމެ ރަށަކަށް ހުށަހެޅޭނީ 1 (އެކެއް) ބީލަމެވެ.
- ބީލަން އިވެލުއޭޓްކޮށް މާރކްސް ދޭނެ ކްރައިޓީރިއާ ތިރީގައި އެވަނީއެވެ.
Marks(%) |
Criteria |
No. |
55 |
Investment Plan |
1 |
40 |
Total investment in the first 5 years of the project |
|
10 |
Feasibility study |
|
05 |
Work plan for the first 10 years of the project with production targets |
|
25 |
Production Plan |
2 |
10 |
Improved Technology |
|
10 |
Environment friendly production concepts, waste management and certification for Good Agriculture Practices (GAP) |
|
05 |
Services required for farm management |
|
20 |
Human Resource Plan |
3 |
10 |
Contribution to Government Agriculture Human Resource Fund |
|
10 |
Commitment to train local staff during the first 8 years |
|
ބީލަމާ ބެހޭގޮތުން މަޢުލޫމާތު ދިނުމަށް ބާއްވާ ޕްރީބިޑް މީޓިންގ ބޭއްވުމަށް ހަމަޖެހިފައިވަނީ ޒޫމް މެދުވެރިކޮށެވެ. ޕްރީބިޑް މީޓިންގގައި ބައިވެރިވެވަޑައިގަތުމުގެ ދައުވަތު، ބީލަން ބައްލަވައިގަތުމަށް މިނިސްޓްރީގައި ރަޖިސްޓްރީވެފައިވާ އީމޭލް އެޑްރެހަށް ފޮނުވޭނެއެވެ.
ބީލަމާ ގުޅޭ އިތުރު މަޢުލޫމާތު ބީލަން ފޮތުގައި އެކުލެވޭ 'އިންވިޓޭޝަން ފޮރ ބިޑްސް' އަދި 'އިންސްޓްރަކްޝަން ޓު ބިޑަރސް' އިން ލިބިވަޑައިގަންނަވާނެއެވެ.