ދިވެހިރާއްޖެ
COMSATS University Islamabad Scholarship 2021 |
ޕާކިސްތާންގެ ކޮމްސެޓްސް ޔުނިވަރސިޓީގެ ފަރާތުންވަނީ މާސްޓަރސް ލެވެލްގެ ޕްރޮގްރާމްތަކަށާއި ޕީއެޗްޑީ ލެވެލްގެ ޕްރޮގްރާމްތަކަށް އަމިއްލަގޮތުން ކިޔެވުމަށް ފުރުސަތު ހުޅުވާލާފައިވާކަން އަންގަވާފައިވެއެވެ. މި ފުރުސަތުގެ ދަށުން ހޮވޭ ފަރާތްތަކަށް މާސްޓަރސް ލެވެލްގެ ޕްރޮގްރާމްތަކަށާއި ޕީއެޗްޑީ ލެވެލްގެ ޕްރޮގްރާމްތަކުގެ ކޯސްފީ ވަނީ ހިލޭހަމަޖެހިފައެވެ.
ޔުނިވަރސިޓީ އަދި ކޯސްތަކާއިބެހޭ މަޢުލޫމާތު މި އިޢުލާނާއެކު މިމިނިސްޓްރީގެ ވެބްސައިޓް www.mohe.gov.mv އަށް އަޕްލޯޑް ކުރެވިފައި ވާނެއެވެ. މިސްކޮލަރޝިޕާ ގުޅޭ އިތުރު މަޢުލޫމާތު މި މިނިސްޓްރީގެ ވެބްސައިޓުންނާއި މި ޔުނިވަރސިޓީގެ http://ww3.comsats.edu.pk/internationalstudents/default.aspx ވެބްސައިޓުން ލިބެން ހުންނާނެއެވެ. މި ސްކޮލަރޝިޕްއަށް ކެންޑިޑޭޓުން އެޕްލިކޭޝަން ހުށައަޅުއްވާނީ http://international.admissions.comsats.edu.pk/ މެދުވެރިކޮށެވެ. އެޕްލިކޭޝަންހުށަހެޅުމުގެ ސުންގަޑިއަކީ 15 އޮކްޓޯބަރ 2020 ވާ ބުރާސްފަތި ދުވަހެވެ.
* މިކޯސްތަކަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ) އިން ޤަބޫލުކުރާ ޔުނިވަރސިޓީއެއްތޯއާއި، ހޮވިފައިވާ ކޯހަކީ އެމްކިޔުއޭ އިން ޤަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރެއްވުން އެދެމެވެ. * މި ސްކޮލަރޝިޕް ފުރުޞަތަށް އިޢުލާންކުރުމަށް ލިބުނު ވަގުތު ކުޑަވުމާއެކު އެޕްލިކޭޝަން ހުށަހެޅުމަށް ދެވިފައިވާ ވަގުތު ކުޑަކުރަންޖެހުނީއެވެ. |