މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
"ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސް" އިން ކުރަމުންގެންދާ މަސައްކަތްތައް އެހެން އިމާރާތަކަށް ބަދަލުވުމާއި ގުޅޭ
އިޢުލާން
ޤާނޫނުނަމްބަރ 2019/19 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު) ގެ ދަށުން އުފެދިފައިވާ "ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސް" އިން ކުރަމުންގެންދާ މަސައްކަތްތައް 18 އޮކްޓޯބަރ 2020 ވަނަ ދުވަހުންފެށިގެން ހިގަމުން ދާނީ ހެންވޭރު ކަރަންކާގޯޅީގައި ހުންނަ ހ.ހުޅުގަލި ޢިމާރާތުގެ 3 ވަނަ ފަންގިފިލާގައި ކަން ޢާއްމުކޮށް އެންގުމަށް ޓަކައި އިޢުލާނުކުރީމެވެ. އަދި ކުޑަކުދިންނާއި ޢާއިލާތަކަށް ދިމާވާ މައްސަލަތައް މީގެ ފަހުން ހުށައަޅުއްވަމުން ގެންދަވާނީ މިކަމަށްޓަކައި ރަސްމީކޮށް ހުޅުވިފައިވާ މިދެންނެވި އިދާރާ އަށް ކަމުގައި ވެސް ދެންނެވީމެވެ.
14 އޮކްޓޫބަރު 2020
ހޯދާ