ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން
މާލެ، ދިވެހިރާއްޖެ
އިއުލާން ނަމްބަރު: IUL)475/475/2020/146)
އެކްސް ޕްރެޝަން އޮފް އިންޓަރަސްޓް ހުށަހެޅުމުގެ ދައުވަތު
ދިވެހި ސަރުކާރުން ވަރލްޑްބޭންކުގެ އެހީއާއެކު ތަންފީޒުކުރަން ހަމަޖެހިފައިވާ 'މޯލްޑިވްސް: އެންހޭންސިންގ އެމްޕްލޯއިބިލިޓީ އެންޑް ރެޒިލިއަންސް އޮފް ޔޫތު' ޕްރޮޖެކްޓުގެ ފަރާތުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "ލޯކަލް ކޮންސަލްޓަންޓް (އިންޑިވިޖުއަލް) ޓު ޕްރޮވައިޑް ޓެކްނިކަލް ސަޕޯޓް ޓު ދަ ޑިވަލޮޕްމަންޓް އޮފް ޓާރމްސް ރެފެރަންސް ފޯރ އެސްޓެބް ބިލިޝިން އޭން އީލަރނިންގ ޕްލެޓްފޯރމް އެންޑް ސުޕަރވިޜަން އޮފް އިޓްސް ޑިވަލޮޕްމަންޓް ޕްރޮސެސް އިން މޯލްޑިވްސް ޕޮލިޓެކްނިކް" ގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ކޮންސަލްޓަންޓެއް ހޯދަން ބޭނުންވެއްޖެއެވެ.
ބޭނުންވާ އަދަދު: 01 (އެކެއް)
މައުލޫމާތު ދިނުން:
މިމަސައްކަތާ ގުޅޭ ގޮތުން، މަޢުލޫމާތު ދިނުމަށްޓަކައި ބާއްވާ ބައްދަލުވުމެއް، 25 އޮކްޓޯބަރ 2020 ވާ އާދިއްތަ ދުވަހުގެ ހެނދުނު 11:00 ގައި އޮންލައިންކޮށް އޮންނާނެއެވެ. މަސައްކަތަށް ޝަޢުޤުވެރިވާ ފަރާތްތަކުން މިބައްދަލުވުމުގައި ބައިވެރިވާން ބޭނުންވާނަމަ، 24 އޮކްޓޯބަރ 2020، 18:00 ކުރިން ތިރީގައި ބަޔާންކޮށްފައިވާ އީމެއިލް އެޑްރެހަށް އެކަން ބަޔާންކޮށް އީމެއިލް ކުރެއްވުން އެދެމެވެ. އެއީމެއިލްގައި، ޝަޢުޤުވެރިކަން ފާޅުކުރާ ފަރާތުގެ ނަމާއި، ނަމްބަރު އަދި އީމެއިލް އެޑްރެސް އޮންނަންވާނެއެވެ. އަދި އީމެއިލްގެ ސުރުޚީގައި، To register to participate in the information session މިފަދައިން ނުވަތަ، މިނޫންވެސް މަޤްޞަދު އަންގައިދޭ ބަޔާނެއް އޮންނަންވާނެއެވެ. މި އޮންލައިން ބައްދަލުވުމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކޮށްފައިވާ އެންމެހާ ފަރާތްތަކަށް ބައްދަލުވުމުގެ ގަޑި އަދި މީޓިންގ ލިންކު ލަސްވެގެން 25 އޮކްޓޯބަރ 2020 ވާ އާދިއްތަ ދުވަހުގެ 10:00 ގެ ކުރިން، ފޮނުވޭނެއެވެ.
އެޕްލިކޭޝަން ހުށައެޅުން:
ޝައުޤުވެރިވެލައްވާ ފަރާތްތަކުން 1 ނޮވެމްބަރ 2020 ވާ އާދިއްތަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން އެކްސްޕްރެޝަން އޮފް އިންޓަރަސްޓް އާއިއެކު ކަމާ ގުޅުންހުރި ވެލިޑޭޓް ކޮށްފައިވާ ލިޔެކިޔުންތައް އަދި ވަނަވަރު، ތިރީގައި ބަޔާން ކޮށްފައިވާ އީމެއިލް އަށް ފޮނުވުން އެދެމެވެ. ސުންގަޑީގެ ފަހުން ހުށަހެޅޭ އެޕްލިކޭޝަންތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
ޓަރމްސް އޮފް ރެފަރަންސް
މި ކޮންސަލްޓެންސީ ހިދުމަތް ދިނުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުގައި ކިބައިގައި ހުންނަންޖެހޭ ޝަރުތުތަށް އަދި މި މަސައްކަތަށް ހޮވޭ ފަރާތެއްގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް އަދި މަސައްކަތުގެ މުއްދަތު މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާ ޓަރމްސް އޮފް ރެފަރަންސްގައި ބަޔާން ކުރެވިފައިވާނެއެވެ.
ނޯޓް: މި ކޮންސަލްޓަންސީ އަށް ފަރާތެއް ހޮވުމުގައި އަމަލުކުރެވޭނީ ވަރލްޑް ބޭންކުގެ "ވޯލްޑް ބޭންކު ޕްރޮކިއުރމަންޓް ރެގިއުލޭޝަންސް ފޯރ އައި.ޕީ.އެފް ބޮރޯވާރސް ތަކަށް ކޮންސަލްޓަންޓުން ހޮވުމުގައި އަމަލު ކުރާ އުސޫލް ، އޮގަސްޓް 2018 " ގައި ވާ ގޮތުގެ މަތިންނެވެ.
މި އިއުލާނާއި ގުޅިގެން އިތުރު މައުލޫމާތު ހޯއްދެވުމަށް ބޭނުންފުޅުވާނަމަ ތިރީގައިވާ އީމެއިލްއަށް ހުށަހެޅުން އެދެމެވެ.
ހުށަހަޅުއްވާ އެޕްލިކޭޝަން އެޑްރެސް ކުރައްވާނީ ތިރީގައިވާ ފަރާތަށެވެ:
ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް (ޕީ.އެމް.ޔޫ)،
ފެން ބިލްޑިންގް، 2 ވަނަ ފަންގިފިލާ
އީމެއިލް : mohamed.manaan@mohe.gov.mv
ފޯން: 7447203 / 3026975 / 9779004