ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ބ. ފެހެންދޫ އިން 02 (ދޭއް) އަހަރު ދުވަހުގެ މުއްދަތަށް 01 (އެކެއް) ކޮޓަރި ކައްކާ ކެވޭގޮތަށް ކުއްޔަށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.
ޝަރުތުތައް:
- ފަރުނީޗަރާއި، ހިފާ ގެންގުޅޭ ތަކެތި ހިމެނޭހެން ކައްކާ ކެވޭ ގޮތަށް ހުރުން
- ކުނި އުކާލުމުގެ އިންތިޒާމް ހަމަޖެހިފައިވުން
- 1 ކޮޓަރި އަދި ފާހާނާ ވަކިން ވަދެވޭގޮތަށް ހުރުން
- ކުލި 3000.00 ރ އާއި 5000.00 ރ އާއި ދެމެދު
- ރަށް: ބ.ފެހެންދޫ
- ތަން ކުއްޔަށް ނަގަން ބޭނުންވާ ތާރީޚް: 02 ނޮވެމްބަރ 2020 އިން ފެށިގެން 01 (އެކެއް) އަހަރު ދުވަހަށް
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2020 ނޮވެމްބަރ 02 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން އަގު ކަރުދާސް އަދި، ތަނުގެ ފޮޓޯ info@stomaldives.net އަށް ހުށަހެޅުއްވުން އެދެމެވެ.
އަދި ދަންނަވަމެވެ. އަގުތަކާއި، ފޮޓޯތަކަށް ބެލުމަށްމަށް ފަހު އެސްޓީއޯއިން ހިޔާރު ކުރާފަރާތަކާއިއެކު 01 އަހަރު ދުވަހުގެ މުއްދަތަށް އެއްބަސްވުމެއް ހެދި އަމަލު ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
27 އޮކްޓޫބަރ 2020
27 އޮކްޓޫބަރު 2020
ހޯދާ