ދިވެހިރާއްޖެ
ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު
މިނިސްޓްރީ އޮފް ޖެންޑަރ ފެމެލީ އެންޑް ސޯޝަލް ސަރވިސަސްއަށް އޮފީސް ޢިމާރާތެއް ކުއްޔަށް ދޭނެ ފަރާތެއް ހޯދުން
މިމިނިސްޓްރީގެ އިދާރީ މަސައްކަތްތައް ކުރުމަށް އޮފީސް އިމާރާތެއް ކުއްޔަށް ހިފުމަށް ބޭނުންވެއެވެ.
ވީމާ، މިނިސްޓްރީން ކުރާ އިޢުލާނާއި އެއްގޮތަށް މި ކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާވާލުގައި ބަޔާން ކުރެވިފައިވާ ތާރީޚުގައި އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅުއްވުން އެދެމެވެ. އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހަޅާއިރު އަންނަނިވި ކަންތައްތައް ޕްރޮޕޯސަލްގައި ހިމަނަންވާނެއެވެ.
- އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހަޅާ ޢިމާރާތުގެ ބޮޑުމިން 6000 (ސކފ) އަށްވުރެ ކުޑަވެގެން ނުވާނެއެވެ.
- ޢިމާރާތަކީ ފަސޭހައިން ވަދެ ނުކުމެވޭ ގޮތަށް ބޮޑު މަގަކަށްވާ ގޮތަށް ހުންނަ ތަނަކަށް ވާންވާނެއެވެ.
- ޢިމާރާތުގައި ސެކުރިޓީ ކެމެރާ އަދި ފަޔާރ އެލާރމް ހަރުކުރެވިފައި ހުންނަން ވާނެއެވެ.
- އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތަކީ އިމާރާތުގެ ވެރިފަރާތް ނޫންނަމަ ވެރިފަރާތާއި އެކު ވެފައިވާ އެއްބަސްވުން ނުވަތަ ވެރިފަރާތުގެ އިޢުތިރާޒެއް ނެތް ކަމުގެ ލިޔުމެއް (ލީގަލް ފާރމް އަކުން އަސްލާއި އެއްގޮތަށް ތައްގަނޑު ޖަހާފައިވާ) ހުށަހަޅަންވާނެއެވެ.
- ކުއްޔަށް ދޫކުރާ ތަނަކީ ގްރައުންޑް ފްލޯ ނޫންނަމަ އިމާރާތުގައި ލިފްޓް ހަރުކުރެވިފައިވާންވާނެއެވެ.
- ޢިމާރާތުގެ ފްލޯރޕްލޭން ޕްރޮޕޯސަލްގައި ހިމަނަންވާނެއެވެ.
- އަމިއްލަ ފަރާތެއްނަމަ ހުށަހަޅާ ފަރާތުގެ އައިޑީ ކާޑް ކޮޕީ ނުވަތަ ކުންފުންޏެއް ނަމަ ކުންފުނީގެ ރަޖިސްޓްރީ ކޮޕީ ހުށަހަޅަންވާނެއެވެ.
- ޢިމާރާތުގެ ކުއްޔަށްދޭ ބައިގައި ފެނާއި ކަރަންޓް ހުންނަށް ވަނީ ވަކިން މީޓަރުހަރުކޮށްފައެވެ. އަދި ކަރަންޓް ވައިރިންގ ހުރީ ތްރީފޭސް/ސިންގަލް ފޭސްކޮށްކަން ޕްރޮޕޯސަލްގައި ހިމެނިފައިވާ ވާންވާނެއެވެ. އަދި ކުނީގެ ބިލްގެ ތަފްސީލް ޕްރޮޕޯސަލްގައި ހިމެނިފައިވާ އޮންނަންވާނެވެ.
- ޢިމާރާތް ކުއްޔަށް ދެވޭނެ އަގަކާއި ޕޭމެންޓް ޓަރމްސް ޕްރޮޕޯސަލްގައި ހިމަނަންވާނެއެވެ.
- ޢިމާރާތް ކުއްޔަށް ހިފާނީ އޮފީހުގެ ފަރާތުން ޓީމެއް އިމާރާތަށް ޒިޔާރަތްކުރުމަށްފަހު ފިޒިކަލް އިންސްޕެކްޝަންއެއް ހަދައި ޝައުޤުވެރިކަން ފާޅުކުރި ފަރާތްތަކުގެ ތެރެއިން ހުރިހާ ގޮތަކުން އެންމެ އެކަށީގެންވާ ޢިމާރާތެއް ބެލުމަށްފަހުގައެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީހުގެ ކުރިން މިނިސްޓްރީގެ އީމެއިލް procurement@gender.gov.mv އަށް 2020 ނޮވެމްބަރ 10 ވާ އަންގާރަ ދުވަހުގެ 11:00ގެ ކުރިން އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅުއްވުން އެދެމެވެ.
2020ނޮވެމްބަރ 10 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 ގެ ފަހުން ލިބޭ އެއްވެސް ޕްރޮޕޯސަލްއެއް ބަލައެއް ނުގަނެވޭނެއެވެ.
ޝައުޤުވެރިކަން ފާޅުކުރައްވާއިރު އިޢުލާންގައިވާ ނުކުތާތަކަށް އިސްކަންދީ މަޢުލޫމާތުތައް ފުރިހަމަކުރައްވައި ހުށަހެޅުއްވުމަށް ދަންނަވަމެވެ. މިކަމާގުޅޭ ގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ ތިރީގައިވާ ނަންބަރު ގުޅުއްވުން އެދެމެވެ.
މިނިސްޓްރީ އޮފް ޖެންޑަރ ފެމެލީ އެންޑް ސޯޝަލް ސަރވިސަސް
ގ.ބިއްލޫރިޖެހިގެ، ފުރަތަމަ ފަންގިފިލާ
މަޖީދީމަގު ، މާލެ، ދިވެހިރާއްޖެ.
ފޯނު ނަންބަރު: 3013017 / 3027515