އައި.ޔޫ.އެމް. ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް، އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ސ. މީދޫ - ޝަމްސުއްދީން ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުން

ސ. މީދޫ - ޝަމްސުއްދީން ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުން

                   

އިއުލާން ނަންބަރު:  IUMH-AD/I/2020/41

އިޢުލާން

 

ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގެ އައްޑުއަތޮޅުގައި ކިޔަވާދޭ މަރުކަޒު ހުންނަ ސ. މީދޫ ޝަމްސުއްދީން ސްކޫލް އިމާރާތުގެ  ސެކިއުރިޓީ މީލާދީ އެއްއަހަރު ދުވަހަށް ބަލަހައްޓައިދޭނެ ފަރާތެއް ބޭނުންވެއެވެ.

މިކަމަށްއެދި އަންދާސީހިސާބު ހުށަހަޅާއިރު ، ހުށަހަޅާފަރާތުގެ އައިޑީކޮޕީ، ވިޔަފާރި ރެޖިސްޓްރޭޝަން، ޖީއެސްޓީ ސެޓްފުކެޓް ފަދަ މައުލޫމާތު ހުށަހަޅުއްވަން ވާނެއެވެ. މާރކްސްދިނުމުގައި ބަލާނީ ހުށަހަޅާފަރާތުގެ މަސައްކަތުގެ ތަޖުރިބާޔާއި އަގާއި އަދި މަސައްކަތްކޮށްދޭން ހުށަހަޅާ ހުށަހެޅުމަށެވެ. މިލިޔުންތައް ވެސް އަންދާސީހިސާބާއި އެކުގައި ހުށަހަޅަންވާނެއެވެ.

ވީމާ، މިމަސައްކަތްތައް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން  19 ނޮވެމްބަރ 2020 ވާ ބުރާސްފަތިދުވަހުގެ 14:00 ގެ ކުރިން މި މަސައްކަތަށް އަންދާސީ ހިސާބު info@iumholdings.com.mv އަށް މެއިލްކޮށްދެއްވުން އެދެމެވެ.

މިކަމާބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު 14:00–09:00 ދެމެދު 3022161 ފޯނު ނަންބަރަށް ގުޅުއްވުން އެދެމެވެ.

 

10 ނޮވެމްބަރ 2020

10 ނޮވެންބަރު 2020
ހޯދާ