ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޅުދުއްފުށި ބަނދަރު، އޮޑިއެހެލާ ސަރަހައްދު، އަދި މިތަންތަނާއި އިންވެގެންވާ ސަރަހައްދުތަކުގައި ހުރި އޮޑިދޯނި ފަހާރާ އެހެނިހެން މުދަލާއި ތަކެތީގެ ވެރިފަރާތް ހޯދުމާއި ނައްތާލުމުގެ ކުރިން އަންގާ އެންގުން

ކުޅުދުއްފުށި ބަނދަރު، އޮޑިއެހެލާ ސަރަހައްދު، އަދި މިތަންތަނާއި އިންވެގެންވާ ސަރަހައްދުތަކުގައި މިފަދަ ތަންތަން ބެލެހެއްޓުމަށް ހެދިފައިވާ ޤަވައިދުތަކާއި އުސޫލުތަކާ ހިލާފަށް އޮޑިދޯނިފަހަރު، މުދާ އަދި ތަކެތި ބަހައްޓާކަމާ، ޤަވައިދުތަކާ އުސޫލުތަކާ ހިލާފަށް އޮޑިދޯނި ފަހަރު އެހެލާ މިއިދާރާއަށް އެންގުމަކާ ނުލާ މަރާމާތު ކުރާކަން ވަނީ ފާހަގަ ކުރެވިފައެވެ. މިހެން ކަންތައް ކުރުމުގެ ސަބަބުން މި ސަރަހައްދުގެ ސާފުތާހިރުކަން ގެއްލުމާއި މިތަންތަން ބޭނުންކުރާ ފަރާތްތަކަށް ނުހަނު ގިނަ ދަތިތަކާ އަންނަނީ ކުރިމަތިވަމުންނެވެ. އެހެންކަމުން މިސަރަހައްދުތަކުގައި އެއްވެސް މުދަލެއް ބަހައްޓާފައިވާ ފާރާތެއްވާނަމަ 19 ނޮވެމްބަރ 2020 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ތަކެތި ނަންގަވައި ތަންސާފުކުރުމަށް އަންގަމެވެ. މިއިދާރާއަށް އެންގުމަކާ ނުލައި އެހެލާފައިވާ އޮޑިދޯނުފަހަރުގެ ވެރިފަރާތްތަކުން އެކަމަށް ކަނޑައަޅިފައިވާ އުސޫލުތަކާއި އެއްގޮތައް މިއިދާރާއަށް ފޯމް ހުށައަޅުއްވައި މިފަދަ އުޅަނދުތަކުގެ މަޢުލޫމާތު 19 ނޮވެމްބަރ 2020 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް މިއިދާރާއާ ހިއްސާކޮށް އޮޑިދޯނި ފަހަރު އެހެލުމަށާއި މަރާމާތު ކުރުމަށް ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން ކަންތައް ކުރުމަށް އަންގަމެވެ. މި އިޢުލާނަށް މުއްދަތު ހަމަވާ ތާރީހްއިން ފެށިގެން ވެރިއަކު ނޭނގޭ މުދަލާއި އޮޑިދޯނިފަހަރު މިސަރަހައްދުން ނަނގާ ނައްތާލެވޭނެކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރަމެވެ.

15 ނޮވެންބަރު 2020
ހޯދާ