ދިވެހިރާއްޖެ
މިކުންފުނީގެ ތިލަފުށި ވެސެލް ރިޕެއަރ ޔާޑުގައި އެހެލާފައިވާ 16 ނަންބަރު ހެޗް ބާޖު (ރެޖިސްޓްރީ ނަމްބަރު:C3143A-30-10-T) ވިއްކާލަން ބޭނުންވެއެވެ. ވީމާ، މި ބާޖު ގަތުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ބާޖު ބެއްލެވުމަށްފަހު، 25 ނޮވެމްބަރ 2020 ވާ ބުދަ ދުވަހުގެ 13:30 އަށް މި ކުންފުނީގެ ހެޑް އޮފީހަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއެއްވުން އެދެމެވެ.
މުދާ (ބާޖު) ބެލުން:
22 ނޮވެމްބަރ 2020 ވާ އާދީއްތަ ދުވަހުގެ 15:00 ގައި/ ތިފުށީ ވެސެލް ރިޕެއަރ ޔާޑުގައި.
އަންދާސީ ހިސާބުގައި ހިމަނަންޖެހޭ މަޢުލޫމާތާއި ހުށައަޅަން ޖެހޭ ލިޔުން:
- ބާޖު ގަންނަ ފަރާތުގެ ފުރިހަމަ މަޢުލޫމާތާއި ގުޅޭނެ ނަންބަރު / އީމެއިލް އެޑްރެސް
- ހުށައަޅަން ޖެހޭ ލިޔުންތައް: އަމިއްލަފަރާތެއް ނަމަ އައިޑީކާޑް ކޮޕީ އަދި ކުންފުންޏެއް ނަމަ ކުންފުނީގެ ރަޖިސްޓްރޭޝަންގެ ކޮޕީ
ޕްރޮޕޯޒަލްތައް އިވެލުއޭޓް ކުރާނެ މިންގަޑު:
ޕޮއިންޓް ދިނުން: އަގަށް – 100 މާރކްސް
ބިޑް ހުޅުވުން:
އަންދާސީ ހިސާބު ހުޅުވުމަށް ހަމަޖެހިފައިވަނީ 25 ނޮވެމްބަރ ވާ ބުދަ ދުވަހުގެ 13:30 ގައި މޯލްޑިވްސް ޕޯރޓްސް ލިމިޓެޑް ހެޑްއޮފީހުގައި، މިތަކެތި ގަތުމަށް ޝައުގުވެރިކަން ފާޅުކޮށް އަގުހުށައަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.
ނޯޓް:
- މަޢުލޫމާތު ފުރިހަމަ ނުވާ އަންދާސީ ހިސާބުތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މޯލްޑިވްސް ޕޯރޓްސް ލިމިޓެޑްއަށް ލިބިގެންވެއެވެ.
- ބާޖުބެލުމަށް ވަޑައި ނުގަންނަވާ ފަރާތްތަކުންވެސް ބާޖުގަތުމަށް ޝައުގުވެރިކަން ފާޅުކޮށް އަގު ހުށައެޅުއްވޭނެއެވެ.
- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ:
ފޯނުނަންބަރ:3039255 އެވެ. އީމެއިލް ކުރައްވާނީ: tender@port.mv