ދިވެހިރާއްޖެ
އިޢުލާން
ޕްރޮގްރާމްގައި ކިޔަވާނެ ދަރިވަރުން ހޯދުމާ ބެހޭ
މި އިންސްޓިޓިއުޓާއި ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެން "ބޭސިކް ވޮލީބޯލް ރެފްރީސް ކޯސް" ފުރިހަމަކޮށްފައިވާ ފަރާތްތަކަށް "ބޭސިކް ވޮލީބޯލް ރެފްރީސް ރިފްރެޝަރ ޕްރޮގްރާމް" އެއް ހިންގުމަށްވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ފޯމް ހުށަހެޅުމަށް ފުރުޞަތު ހުޅުވާލަމެވެ.
ކޯހުގެ ނަން: ބޭސިކް ވޮލީބޯލް ރެފްރީސް ރިފްރެޝަރ ޕްރޮގްރާމް |
މުއްދަތު:2 ދުވަސް (4 ގަޑިއިރު) |
ކޯސް ފެށޭ ތާރީޚް: 25 ނޮވެމްބަރ 2020 |
ކޯހުގެ ފީ: ހިލޭ |
ކޯސް ހިންގާނެ ތަން: ވާރޗުއަލް |
ޖާގަ: 50 |
ކޯހުގެ ޝަރުތު ހ. ބޭސިކް ވޮލީބޯލް ރެފްރީސް ކޯސް ފުރިހަމަކޮށްފައިވާ ފަރާތަކަށްވުން
|
ފޯމް ލިބެން ހުންނާނެތަން: www.youth.gov.mv ވެބްސައިޓުން އަދި ތިރީގައިމިވާ ލިންކް އިންނެވެ. |
ފޯމާއިއެކު ހުށަހަޅަންޖެހޭ ތަކެތި: - އައިޑީކާޑުގެ ދެފުށުގެ ކޮޕީ - ބޭސިކް ވޮލީބޯލް ރެފްރީސް ކޯސް ފުރިހަމަކުރިކަމުގެ ސެޓްފިކެޓް
|
ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވާ އެންމެ ފަހުގެ ތާރީޚް: 23 ނޮވެމްބަރ 2020 ވާ ހޯމަ ދުވަހުގެ 12:00 ގެ ނިޔަލަށެވެ. |
ނޯޓް: އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސްގެ ނަންބަރު 3326986 އަށް ގުޅުއްވުން އެދެމެވެ. |
01 ރަބީޢުލް އާޚިރު 1442
|