ދިވެހިރާއްޖެ
ފުވައްމުލަކު ފުނާޑު ބަޑިދޫގެ ގޯތީގެ ދެކުނުން އިންވެގެން އޮތް ހުސްބިމުގައި ( ކުރީގެ އާސްމާނުވިލާ ގޯތި) ނަންބަރު 01 ޖަހާފައިވާ ރުކުގެ ނީލަންކިޔުން 2020 ނޮވެންބަރު 24 ވާ އަންގާރަ ދުވަހު 09:00 ގައި އެބިމުގައި އޮންނާނެއެވެ.
ވީމާ މިނީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން 2020 ނޮވެންބަރު 24 ވަނަ ދުވަހު 09:00 އަށް އެބިމަށް ވަޑައިގެން ނީލަމުގައި ބައިވެރިވުމަށް ދައުވަތު އަރުވަމެވެ. ނީލަންނަންގަވާ ފަރާތްތަކުން 2020 ނޮވެންބަރު 25 ވަނަ ދުވަހު 12:00 ގެކުރިން ސިޓީ ކައުންސިލް އިދާރާއަށް ފައިސާ ދައްކަވައި 2020 ނޮވެންބަރު 28 ވަނަ ދުވަހުގެ އިރުއޮއްސުމުގެ ކުރިން ރުއް ކަނޑައި ރުކުގެ ހުރިހާ ބައިތަކެއް އެތަނުން ނަންގަވަން ވާނެއެވެ. މުއްދަތު ހަމަވާއިރު ނުނަންގަވާ ހުންނަ ތަކެތި އެއީ ބޭނުންނެއްތަކެތި ކަމުގައި ބަލާ އުކާލެވޭނެއެވެ.
މިހެންވެމިކަން އަންގައި އިޢުލާން ކުރަމެވެ.