ދިވެހިރާއްޖެ
މި ސްކޫލުގެ އިސްވެރިޔާ ހުންނެވުމަށް ގެއެއް ކުއްޔަށް ހިފަން ބޭނުންވެއްޖެ
ޖަނަވަރީ 2120 ން ފެށިގެން 1 އަހަރު ދުވަހުގެ މުއްދަތައް މިސްކޫލުގެ އިސްވެރިޔަކު ހުންނެވުމަށް 2 ކޮޓަރީގެ އެޕާޓްމަންޓެއް ކުޔަށް ހިފުމަށް އިއުލާން ކުރަމެވެ.
ވީމާ ގެ ކުއްޔަށް ދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިސުކޫލުގެ އޮފީހަށް ދުރުވެ މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވެލެއްވުމަށްފަހު، ކަނޑައެޅިފައިވާ ގަޑިއަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް ސްކޫލު އޮފީހަށް ދުރުވެދެއްވުން އެދެމެވެ.
މައުލޫމާތު ދިނުމުގެ ސެޝަނަށް ބައިވެރިވުމަށް ނަންނޯޓްކުރުން |
މަޢުލޫމާތު ދިނުމުގެ ސެޝަން |
އަންދާސީހިސާބު ހުށަހެޅުމާއި ކެނޑުން |
23 ނޮވެމްބަރ 2020 ވަނަ ދުވަހުގެ 09:00 ގެ ކުރިން |
23 ނޮވެމްބަރ 2020 ވަނަ ދުވަހު 10:00 |
30 ނޮވެމްބަރ 2020 ވަނަ ދުވަހު 10:00 |
މިކަމަށް ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައިގަތުން އިސްވެދެންނެވި ގަޑީގައި މި ސްކޫލުގެ އޮފީހުގައި އޮންނާނެއެވެ.
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމުގެ ސެޝަންގައި ބައިވެރިވުމަށް ނަންނޯޓް ނުކުރައްވާ ފަރާތްތަކަށް މައުލޫމާތު ސާފުކުރުމުގެ ސެޝަންގައި ބައިވެރިނުވެވޭނެ ވާހަކަ ދަންނަވަމެވެ. އަދި މައުލޫމާތު ސާފުކުރުމުގެ ސެޝަނަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބާއި އަންދާސީ ހިސާބް ހުށަހަޅަން ހަމަޖެހިފައިވާ ގަޑިއަށްވުރެ ފަހުން ހުށަހަޅާއި އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެ ވާހަކަ މިފުރުޞަތުގައި ދަންނަވަމެވެ.
ޝުކުރިއްޔާ
3 ރަބީޢުލްއަޚިރް 1442