ދިވެހިރާއްޖެ
މިކޯޕަރޭޝަންއިން ކޮށްފައިވާ އިޢުލާން ނަންބަރު: (IUL)RDC-HRM-RDC-2020-33 އަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ އެމަޤާމަށް އަލުން އިޢުލާން ކުރަމެވެ.
މަޤާމް: |
ޗީފް އިންޓަރނަލް އޮޑިޓަރ |
ބޭނުންވާ ޢަދަދު: |
01 (އެކެއް) |
މަޤާމުގެ ގިންތި: |
ދާއިމީ |
މުސާރަ: |
މަހަކު 24000-32000 ރުފިޔާއާއި ދެމެދު |
ވަޒީފާ އަދާކުރަންޖެހޭ ތަން: |
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ ހެޑް އޮފީހުގައި (އޯކިޑް މަގު، އެމްއެސްއެލް ބިލްޑިންގ ގެ ފުރަތަމަ ފަންގިފިލާ) |
ފެންވަރު ނުވަތަ ޝަރުތު: |
- އެކައުންޓިންގ، އޯޑިޓިންގ، ފައިނޭންސް ނުވަތަ ގުޅުން ހުރި ދާއިރާއަކުން ބެޗްލަރސް ޑިގްރީއެއް ހާސިލްކޮށްފައިވުން. އަދި، - އޮޑިޓިންގ ދާއިރާގައި މަދުވެގެން 02 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. އަދި، - ހިންގުމުގެ ދާއިރާގައި މަދުވެގެން 01 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. އަދި، - އައި.އެފް.އާރު.އެސް، އައި.އެސް.އޭ އަދި އައި.ޕީ.ޕީ.އެފް ފަދަ އެޕްލިކޭޝަންތައް ބޭނުންކުރަން އެނގުން. |
ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: |
- ކޯޕަރޭޝަންގެ އިންޓަރނަލް އޮޑިޓްގެ އޮނިގަށޑު ވިލަރެސްކުރުން. - ކޯޕަރޭޝަންގެ އިންޓަރނަލް ކޮންޓްރޯލް އަދި ގަވަރނަންސް ނިޒާމް މުރާޖާކޮށް ހަރުދަނާ ކުރުމުގައި އެހީތެރިވެދިނުން. - ތައްޔާރު ކުރެވޭ އޮޑިޓް ޕްލޭނާއި އެއްގޮތަށް އޮޑިޓް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުން. - އިންޓަރނަލް އޮޑިޓްތަކާއި ގުޅިގެން ކޯޕަރޭޝަންގެ މެނޭޖްމަންޓަށާއި ބޯޑަށް ލަފާދިނުމާއި އެކަންކަމާއި ގުޅިގެން އެޅޭ ފިޔަވަޅުތައް ބަލާ މުރާޖަޢާކުރުން. - ރިސްކް މެނޭޖްކުރުމުގައި އެންމެ ފުރިހަމަ އެޕްރޯޗް އެއް ޤާއިމްކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން. - ކޮރަޕްޝަނަށް މަގުފަހިވާނެ ފަދަ ކަންތައްތައް ހުއްޓުވޭނެ ގޮތާ ގުޅޭގޮތުން މެނޭޖްމަންޓަށް ލަފާދީ އެކަންތައްތައް ކޯޕަރޭޝަންގެ މަސައްކަތުގައި އިމްޕްލިމެންޓްކުރުން. - އިންޓަރނަލް އޮޑިޓާ ބޭހޭ އެންމެހާ އުސޫލުތައް ހަދައި އެ އުޞޫލުތަކާއި އެއްގޮތްވާގޮތުގެ މަތިން އިންޓަރނަލް އޮޑިޓްގެ މަސައްކަތް ކުރުން. |
ސުންގަޑި: |
- މިވަޒީފާއަށް އެދޭ ފަރާތްތަކުން، އެޕްލިކޭޝަން ފޯމް ފުރިހަމަކުރުމަށްފަހު، 01 ޑިސެމްބަރ 2020 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން، މިކޯޕަރޭޝަނުގެ ހެޑް އޮފީހަށް ނުވަތަ މި ކޯޕަރޭޝަންގެ އީ މެއިލްinfo@rdc.com.mv އަށް ފޮނުއްވުން އެދެމެވެ. - ވަޒީފާއަށް އެދޭ ފޯމު މިކޯޕަރޭޝަނުގެ ހެޑް އޮފީހުގެ (އޯކިޑް މަގު، އެމްއެސްއެލް ބިލްޑިންގ ގެ ފުރަތަމަ ފަންގިފިލާ / މާލެ) ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އިޢުލާނާއެކު ވަޒީފާ ފޯމް އެޓޭޗް ކުރެވިފައިވާނެއެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. |
ހުށަހަޅަންޖެހޭ ލިޔުންތައް: |
|
އިންޓަވިއު: |
- އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ. - މި މަޤާމަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމުތައް ބާޠިލްކުރެވޭނެއެވެ. މި މަޤާމަށް މީހަކު ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ ޑިސެމްބަރ މަހުގެ ތާރީޚެއްގައެވެ. |
އިތުރު މަޢުލޫމާތު: |
އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ މި ކޯޕަރޭޝަންގެ ނަންބަރު 3339060 ފޯނަށް ގުޅުން އެދެމެވެ. |
11 ރަބީޢުލްއާޚިރު 1442
26 ނޮވެމްބަރ 2020